...

Support Us

އެޑްވަޓޯރިއަލް: ސްމާރޓް ސިޓީއެއް ސްމާރޓް ވަނީ ކިހިނެއް؟

ސްމާޓް ސިޓީއަކީ ފިސިކަލް އިންފްރާސްޓްރަކްޗަރ އާއިއެކު މައުލޫމާތު ނަގައިގަނެ ހިއްސާ ކުރެވޭ ވަސީލަތްތަކެއް ގާއިމް ވެފައިވާ ތަނެއް ނުވަތަ މުޖުތަމައުއެކެވެ. ނަމަވެސް ޓެކްނޮލޮޖީގެ ކުރިއެރުންތައް ފިޔަވާ ސްމާޓް ސިޓީގެ ބޭނުމަކީ ކޮބައިތޯއެވެ؟ އިންސާނީ ނަޒަރަކުން ބަލާ ނަމަ ސްމާޓް ސިޓީގެ މާނައަކީ ކޮބައިތޯއެވެ؟

އިންސާނުންނަށް އައު އީޖާދުތައް މުހިންމުވަނީ ކިހިނެއްތޯ ބަލާލާއިރު ދިރިއުޅުމުގެ ހުރިހާ މައްސަލަތަކެއް ހައްލު ކުރެވިފައިވަނީ އައު އީޖާގުތަކުގެ އެހީގައެވެ. ކަރަންޓާއި އަލިކަން، ޓީވީ އަދި ސްމާޓްފޯނާއި ގޭގައި ބޭނުންކުރާ ސާމާނަކީ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ފަސޭހަކޮށްދީފައިވާ އީޖާދުކެވެ. އަދި މިއިން ކޮންމެ އެއްޗަކީ ޒަމާނާއެކު ކުރިއަރަމުން ތަރައްގީވަމުން އައިސްފަވާ ތަކެއްޗެވެ. ޓެކްނޮލޮޖީ ކުރިއަރަމުންދާ ވަރަށް ގެންގުޅޭ ވަސީލަތްތައްވެސް އަންނަނީ ބަދަލުވަމުންނެވެ. އެޒަމާނެއްގައި ކުރިމަތިވާ ދަތިތަކަށް ހައްލު ލިބޭނެ ފަދައިންނެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދެކޭ ގޮތުގައި ސްމާޓް ސިޓީއަކީ ޓެކްނޮލޮޖީއަށްވުރެން އެތަނެއްގައި ދިރިއުޅޭ މީހުންގެ ތަރައްގީއާ ގުޅިފަވާ ކަމެކެވެ. ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ އަކީ ފިޒިކަލް ނެޓްވަރކްއެކެވެ. ނަމަވެސް މި ނެޓްވަރކްގެ ސަބަބުން ރަށްވެހިންގެ ދިރިއުޅުމާ ގުޅުންހުރި ކަންކަމުގައި ގިނަ ޓެކްނޮލޮޖީއާއި އީޖާދުތަކަށް މަގުފަހިވާނެއެވެ. ގިނަ މަދަނީ އިޖުތިމާއީ އަދި ތިމާވެށީގެ މައްސަލަތަކަށް ހައްލު ލިބިގެންދާ ފަދަ އީޖާދުތައް ތައާރަފްވެ ދިރިއުޅުން ފަސޭހަވާނެއެވެ.

ސިޓީއެއްގެ އެންމެ މުހިންމު ފަންކްޝަނަކީ އެތަނެއްގައި އުޅޭ މީހުންނަށް ދުޅަހެޔޮ ރަނގަޅު މާހައުލެއް ފޯރުކޮށްދިނުމެވެ. ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރއެއް އުފެއްދުމާއެކު 21 ވަނަ ގަރުނުގެ ދެމެހެއްޓެނިވި ސިޓީއެއް ގާއިމް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ. ކާބަން އެމިޝަން މަދުކުރުމާއި ގުދުރަތީ އަދި ތާރީހީ ތަރިކަ ރައްކާތެރިކުރުމާއި ގިނަ ވަޒީފާ އުފެއްދުމާއެކު މުޖުތަމައުގެ ގިނަ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތައް ރަނގަޅު ކުރިއެރުމެއް ލިބިގެންދާނެއެވެ.

އެޗްޑީސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރގެ އެންމެ މުހިންމު އެއް ބޭނުމަކީ ބަދަހި މުޖުތަމައުއެއް އުފެއްދުމެވެ. ބަދަހި މުޖުތަމައުއެއްގައި ރައްވެހިންގެ މަދަނީ ބައިވެރިވުން އިތުރުވެ ދައުލަތާއި ރައްވެހިން ގުޅިގެން ޒަމާންވީ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރެވޭނެއެވެ.

ޓެކްނޮލޮޖީގެ ނަޒަރަކުން ބަލާނަމަ ދައުލަތުގެ މުއައްސަސާތަކާއި ހިންގުމުގައި ޓެކްނޮލޮޖީއާއި އައު އީޖާދުތައް ބޭނުންކޮށްގެން މައުލޫމާތު އެއްކުރުމާއި ހިދުމަތް ދިނުން ބަދަލު ވެގެން ދިޔުމުން އިޖުރާއަތްތަކާއި ސިޔާސަތުތައް ކަނޑައެލުޅުމުގައި ރައްވެހިންނަށް ފައިދާހުރި ފަސޭހަ ބަދަލުތަކެއް ގެނެވިގެންދާނެއެވެ. މިސާލަކަށް ސިޓީގެ ވަކި ސަރަހައްދުތަކެއް ވަކި ގަޑިތަކެއްގައި ތޮއްޖެހި ޓްރެފިކް ބުރުއަރާނަމަ ޓްރެފިކް މެނޭޖްމަންޓް ސިސްޓަމް ތަކުގެ އެހީގައި މައްސަލަތަކަށް ދިގު ރާސްތާ ހައްލުތައް ދެނެގަނެވޭނެއެވެ. އަދި ކުރިމަގުގައި ތަރައްގީކުރާ އެހެން ސިޓީތަކުގައި މި މައުލޫމާތުގެ އަލީގައި ޓްރެފިކް މެނޭޖްކުރުމަށް ހަރުދަނާ ސިސްޓަމްތަކެއް ގާއިމް ކުރެވޭނެއެވެ.

ގްރޭޓަރ މާލެ އޭރިއާއަކީ ވަރަށް ގިނަ އިޖުތިމާއީ އިގުތިސާދީ އަދި ސިޔާސީ މައްސަލަތަކެއް ހުރިތަނެއް ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ލިބޭ އާމްދަނީ ކުޑަކަމާއި ވަޒީފާއާއި ކުރިއެރުމުގެ ފުރުސަތުތައް މަދުވެފައި ކުލީގެ ގޮތުގައި ތަނާއި ނުބައްދަލު އަދަދުތައް ދައްކަންޖެހުމަކީ އެންމެ އާންމު މައްސަލަތަކެވެ. ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ އެއް އުފެދުމާއެކު އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް މަގުފަހިވާނެއެވެ. އައު ދާއިރާތަކުން ކުރިއެރުން ލިބި ފުރުސަތުތައް ގިނަވާނެއެވެ. މަސައްކަތުގެ ދާއިރާތަކުން ލިބޭ ކުރިއެރުމާއެކު ދިރިއުޅުމަށް ލުއިތަކެއް ލިބިގެންދާނެއެވެ. އަދި ހަމަ އެއާއެކު ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ ދުޅަހެޔޮ އުފާވެރި މުޖުތަމައުއެއް އުފެދޭނެއެވެ.

މިސާލެއް ނަގަމާ ހިނގާށެވެ. ތިން ފިހާރަ ހިންގާ މީހަކު ތިން ތަނުގެ ވިޔަފާރި ހިނގާގޮތް ބަލާލަން ބޭނުންވެއްޖެ ނަމަ ސްމާޓްފޯނުގެ އެޕްލިކޭޝަންއެއްގެ ޒަރީއާއިން ސްޓޮކް ގުނާލާ، ސޭލްސް ރިކޯޑްތައް ބަލާލާ މުއައްޒަފުންގެ މަސައްކަތާ ގަޑިތައް ބަލާލެވޭނެއެވެ. މިފަދަ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ފަސޭހަކަމާއެކު ކުރެވެން ފެށުމުން ދިރިއުޅުމާއި މަސައްކަތުގެ ގިނަ ކަންތައްތައް ވަރަށް ފަސޭހަވެގެންދާނެއެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގިނަ މަސައްކަތްތައް ނިންމާލެވި ވަގުތު ސަލާމަތްވާނެއެވެ.

ސްމާޓް ސިޓީއަކީ ހަމައެކަނި ވަސީލަތްތަކާ ގުޅިފަވުމެއް ނޫނެވެ. ސްމާޓް ސިޓީއަކީ ސިޓީގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކޮށްދޭނެ ތަނެކެވެ. ޒަމާންވީ ދަތިތަކާ މައްސަލަތަކަށް ހައްލު ލިބެން ފެށުމުން ހިތްހަމަޖައްސާލަން ލިބޭ ވަގުތާއި ފުރުސަތުތައް ގިނަވެ އުފާވެރި މުޖުތަމައުއެއް އުފެދޭނެއެވެ.

އެޗްޑީސީގެ އެންމެ ބޮޑު އުންމީދަކީ ސްމާޓް ސިޓީ ވިއުގައިގެ އެހީގައި ގްރޭޓަރ މާލެ ސަރަހައްދުގައި އަމާންކަންމަތީ ދިއިރުޅެވޭނެ އުފާވެރި ތަނަކަށް ހެދުމެވެ. އެޗްޑީސީ ގަބޫލުކުރާ ގޮތުގައި މި ސަރަހައްދުގައި ދިއިރުޅޭ ފަރާތްތަކުށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިކަން ދެނެގަނެ ސަރުކާރާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން ރައްޔިތުންގެ ވެސް ބައިވެރިވުމާ އެކީ މިއީ ހަގީގަތަކަށް ހެދިދާނެ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.