Support Us

ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުން: މާދަމާ ގުޅުން ދޭނީ ޓަވަރު 5 އަދި 6 އަށް

ހުޅުމާލޭ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގައި މާދަމާ ގުޅުން ދޭނީ 5 އަދި 6 ވަނަ ޓަވަރަށް ކަމުގައި ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ ތާވަލްކޮށްފައި ވަނީ، ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓު ހިމެނޭ ޓަވަރުތަކުގެ ތެރެއިން ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދޭން ކަމަށާއި މިގޮތުން މިހާރު ވަނީ 7، 8، 11 އަދި 12 ވަނަ ޓަވަރަށް ގުޅުން ދީފައި ކަމަށެވެ.

ސްޓެލްކޯ އިން އިއްޔެ މަސައްކަތްކުރީ 3 އަދި 4 ޓަވަރަށް ކަރަންޓު ދޭށެވެ. ނަމަވެސް އެ ދެ ޓަވަރުގެ ލިފްޓަށް ދިމާވި މައްސަލައަކާ ގުޅިގެން އިއްޔެ ވަނީ މަސައްކަތްކުރެވޭ ގޮތް ނުވެފައެވެ. އެ ދެ ޓަވަރުގެ މަސައްކަތް އަލުން ކުރެވޭނެ ދުވަހެއް އަދި ނޭނގެއެވެ.

ސްޓެލްކޯ އިން ބުނީ 5 އަދި 6 ވަނަ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ހާޒިރުވާންޖެހޭ ގަޑި އެސް.އެމް.އެސް މެދުވެރިކޮށް އަންގާނެ ކަމަށާއި ތަޅުދަނޑިއާއި ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއެކު ޓަވަރުތަކަށް ގަޑިއަށް ހާޒިރުވުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.

ސްޓެލްކޯ އިން ބުނީ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9 ން ހަވީރު 5 އަށް ކުރިޔަށްދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *