Support Us

ހިޔާ ފުލެޓުތަކަށް މުދާ އެރުވުމަށް ލިފްޓް ބޭނުންކުރުމުގައި ސަމާލުކަން ދިނުމަށް އެޗް.ޑީ.ސީން އިލްތިމާސްކޮށްފި

ހުޅުމާލޭ ހިޔާ ފުލެޓުތަކަށް މުދާ އެރުވުމަށް ލިފްޓް ބޭނުންކުރުމުގައި ސަމާލުކަން ދިނުމަށް މުދާ އެރުވުމަށް ލިފްޓް ބޭނުންކުރުމުގައި ސަމާލުކަން ދިނުމަށް ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ން އިލްތިމާސްކޮށްފިއެވެ.

އެޗް.ޑީ.ސީން ބުނީ ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓަށް ބަދަލުވުމުގެ އަމަލީ މަސައްކަތް ގިނަ ފަރާތްތަކަކުން ފަށާއިރު، އެ ކަމަށް ބޭނުންވާ ތަކެތި އުފުލުމަށްޓަކައި، 16 އެޕާޓްމަންޓްގެ ޓަވަރެއްގައިވާ ތިން ލިފްޓުން ދެ ލިފްޓު އަދި 20 އެޕާޓްމަންޓްގެ ޓަވަރެއްގައިވާ ހަތަރު ލިފްޓުން ތިން ލިފްޓު ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ޓަވަރުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އެޗް.ޑީ.ސީގެ މުވައްޒަފުން ބަލައި، ކަމާ ގުޅޭ އިރުޝާދުދެމުން ގެންދާނެ ކަމަށެވެ.

"މި މަސައްކަތަކީ ގިނަ ބައެއްގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާތީވެ، ފަސޭހަކަމާ އެކު ކުރިއަށް ގެންދެވެން އަންނަނީ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަމުގައި ދަންނަވަމެވެ." އެޗް.ޑީ.ސީން ބުނެއެވެ. "ވީމާ، ފުލެޓު ލިބިފައިވާ ފަރާތްތަކުން ފުލެޓަށް މުދާ ވެއްދުމުގައި މަތީގައިވާ ކަންތައްތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ."

އެޗް.ޑީ.ސީން ބުނީ ހިޔާ ޓަވަރުތަކުގެ ތެރެއިން H15 އަދި H16 ވަނަ ޓަވަރަށް މިއަދުން ފެށިގެން ދާއިމީ ކަރަންޓު ލިބޭނެ ކަމަށެވެ. އަދި ބާކީ ހުރި ޓަވަރުތަކަށް ދާއިމީ ކަރަންޓު ދިނުމަށް ކުރެވެމުންދާ ކަމަށް ވެސް އެޗް.ޑީ.ސީ އަދި ސްޓެލްކޯ އިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *