Support Us

50 އިންޗީގެ ޓީވީ އާއި ސްމާޓްފޯނާއި ފްރިޖު ލިބޭ އިނާމުތަކަކާއެކު ކޮކާކޯލާގެ ޚާއްސަ ޕްރޮމޯޝަނެއް

ފަންސާސް އިންޗީގެ ޓީވީ އާއި ސްމާޓްފޯނާއި ފްރިޖާއި އެ ނޫން ވެސް އަގުހުރި ތަފާތު އިނާމުތަކެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ކޮކާކޯލާ އިން ފަށައިފިއެވެ. ރާއްޖޭގެ ކޮކާކޯލާ ކުންފުނިން ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ސީޒަން ފެށެން ތައްޔާރުވަމުން އަންނައިރު، މި ޕްރޮމޯޝަން މެދުވެރިކޮށް، ގޭގައި ތިބެގެން ވެސް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ ކަމަށެވެ.

"ކޯކް، ފުޑް އެންޑް ފުޓްބޯލް"ގެ ނަމުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބެއިވެރިވެވޭނީ 300 އެމް.އެލް، 500 އެމް.އެލް, 1.25 ލީޓަރ އެދި ދެ ލީޓަރުގެ ކޯކު ފުޅި ގަނެގެންނެވެ. އެގޮތުން ޕްރޮމޯޝަނަށް ހާއްސަކޮށް ބާޒާރަށް ނެރެފައިވާ ރަން ކުލައިގެ މަތިޖެހި ކޯކުފުޅީގެ މަތިގަނޑުގެ އެތެރޭގައި އޮންނަ ކޯޑު "2626″ އަށް އެސް.އެމް.އެސް ކުރުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އިނާމު ބަލައި ދާއިރު ގުރުއަތުން ހޮވޭ ކޯޑު ހިމެނޭ މަތިގަނޑު ގެންދަންވާނެ ކަމަށް ކޮކާކޯލާ ކުންފުނިން ބުނެއެވެ.

މި ޕްރޮމޯޝަންގައި ހުށަހަޅައިފައިވާ އިނާމުތަކުގެ ތެރޭގައި 20 ސްމާޓްފޯނާއި 50 އިންޗީގެ 25 ޓީވީ އާއި ކޯކުގެ ލޯގޯ ޖަހައިފައިވާ 45 ލިމިޓެޑް އެޑިޝަން ކުދި ފްރިޖް (މިއީ ކޮންމެ ދުވަހަކު ދޭ އިނާމެއް) އަދި ކޯކުގެ ބްރޭންޑްކޮށްފައިވާ 225 މާޗެންޑައިޒް ހިމެނެއެވެ.

"ކޮކާކޯލާ އާއި ފުޓްބޯޅަ ވަނީ ގުޅި ލާމެހިފައި. ގޭގައި ތިބެގެން ރައްކާތެރިކަމާއެކު ފުޓްބޯޅަ ބަލައިލުމުގެ ފުރުސަތު ދިވެހިންނަށް ފަހިކޮށްދިނުމަށްޓަކައި ކޯކުގެ މީރު ރަހައިން ކާބޯތަކެތި އިތުރަށް ފުރިހަމަކޮށްލައި އަދި އަގުހުރި އިނާމުތައް ހޯދޭނެ މި ޕްރޮމޯޝަން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. ދިވެހީންނަކީ ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ލޯބިކުރާ ބަޔަކަށްވާއިރު، މި ފޯރީގައި ކޮކާކޯލާ އިން ބައިވެރިވުމުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ،" ކޮކާކޯލާގެ ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ޕަންކަޖު ސިންހަ ވިދާޅުވިއެވެ.

"ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 135 އަހަރު ވަނީ ވެފައެވެ. ރާއްޖޭގައި ކޮކާކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އޭރޭޓެޑް ވޯޓަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވައިލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފައެވެ. މީގެ އިތުރުން އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާކޯލާ ބްރޭންޑުން ކުރިއަށް ގެންދެއެވެ." ކޮކާކޯލާ ކުންފުނިން ނެރުނު ބަޔާނުގައިވެއެވެ. "ގޭގައި ތިބެގެން މިހާ އަގުހުރި ބަދަލެއް މީގެ ކުރިން ލިބިފައެއް ނުވެއެވެ! އާއިލާ އަދި ރަށްޓެހިންނާއެކު ޕްރިމިއަރ ލީގުގެ މެޗުތައް ބަލައިލަން އެއްތަންވެލައި ކޯކުގެ މީރު ރަހައާއެކު ލުއިކާނާއަށް އިންސާފުކޮށްލައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފުޓުބޯޅަ އަށް ލޯބިކުރާ ފަރާތްތަކަށް މިހާރު މި ވަނީ ފަހިވެފައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *