Support Us

އޮލިމްޕިކްސްގައި ޗައިނާއިން އެމެރިކާ ބަލިކުރީ ޒަމާނީ ފަންނިއްޔާތުން

ޖަޕާނުގައި ކުރިއަށްދާ ޓޯކިޔޯ އޮލިމްޕިކްސް2020ގެ ކުޅިވަރުތަކުގައި ޗައިނާއިން އެމެރިކާ ބަލިކޮށްލީ ފަންނިއްޔާތުގެ މައިދާނުގައި ޗައިނާ ހޯދަމުންދާ އަރުތަތަކުގެ ސަބަބުން ކަމަށް މުޙައްލިލުން ވިދާޅުވެއްޖެއެވެ.

ޔޫރޭޝިއަން ޓައިމްޒް ބުނާގޮތުގައި ޓޯކިޔޯ އޮލިމްޕިކްސްގައި ޗައިނާގެ ކުޅުންތެރިން ހޯދަމުންދާ ކާމިޔާބީތަކުގެ ސަބަބަކީ ޗައިނާގެ ފަންނިއްޔާތެވެ. މި ފަންނިއްޔާތުތައް ވަނީ ކުޅުންތެރީންނަށް ވާގިވެރިވެފައެވެ.

ޓޯކިޔޯގެ އޮލިމްޕިކްސްގެ މެޑެލިތަކަށް ބަލާއިރު ޗައިނާ އޮތީ އެއްވަނައިގައެވެ. ދެވަނައިގައި އޮތީ އެމެރިކާއެވެ. ތިން ވަނައިގައި އޮތީ މެހެމާންދާރީ އަދާކުރާ ޖަޕާނެވެ. ޗައިނާގެ ކުޅުންތެރީން ވަނީ ހުރިހާ ކުޅިވަރުތަކެއްގައި މަތީ ވަނަތައް ހޯދައިފައެވެ.

ޗައިނާގެ ފެތުންތެރީންނަށް ލިބުނު ކާމިޔާބީގެ ސަބަބަކީ ހަވައާއި މިސައިލާ ބެހޭ ފަންނިއްޔާތު

ޓޯކިޔޯ އޮލިމްޕިކްސްގައި ޗައިނާގެ ފެތުންތެރީން ހަ މެޑެލި ހޯދިއެވެ. އޭގެތެރޭގައި ތިން ރަން މެޑެލި ހިމެނެއެވެ. މިއީ ޗައިނާގެ ފެތުންތެރީން ފަތާފެންގަނޑެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

ޗައިނާގެ ގްލޯބަލް ޓައިމްޒްގެ ރިޕޯޓެއް ބުނާގޮތުގައި ޓޯކިޔޯ އޮލިމްޕިކްސްގައި ބައިވެރިވި ޗައިނާގެ ފަތާ ޓީމަށް ތަމްރީނު ދިނުމުގައި ހަވައާ ބެހޭ އިލެކްޓްރޯނީ ފަންނިއްޔާތުގެ ވިދާރާ (CASC) އިން ވަރަށް ޙަޔަވީ ދައުރެއް އަދާކޮށްފައި ވެއެވެ.

ވައިގެ އުދުހުންތަކުގެ ބާރުމިން ބަލާ އާލަތްތައް ބޭނުންކޮށްގެން ފަތާ ޓީމަށް ތަމްރީނު ދެވުނު ކަމަށް މި ރިޕޯޓް ބުންޏެވެ. ޓީމުގެ ކޮންމެ މެންބަރަކަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ތައްޔާރު ކުރެވުނެވެ. ޢިލްމީ ވާގިވެރިކަމާއެކު ކޮންމެ މީހަކަށް ދެވުނު ތަމްރީނުގެ ސަބަބުން އެ މީހުންގެ ކުރުންތެރިކަމާއި ޤާބިލުކަން އިތުރުވެގެން ދިޔައެވެ.

ފެތުންތެރީންނަށް ތަމްރީނު ދިނުމުގައި ނިޔަމިކަމުގައި ބޭނުންކުރެވޭ (INS) ނިޒާމު ބޭނުންކުރެވުނެވެ. މިއީ ބައްރުތައް ފަހަނަޅައި ދަތުރުކުރާ ބޮލިސްޓިކް މިސައިލްގައި ބޭނުންކުރާ ނިޒާމެކެވެ. މި ނިޒާމު ބޭނުންކޮށްގެން ފަންނީ ހުނަރުތައް ކުރިއަރުވަން މަސައްކަތް ކުރެވުނެވެ. އޭގެތެރޭގައި ނޭވާ ދިގުކުރުމާއި ވަގުތު ކުރުކުމާއި އިރުކޮޅަކަށް ސިކުނޑީގެ މަސައްކަތްކުރުން ހުއްޓުވައިލުން ހިމެނެއެވެ.

ޖީރޮސްކޯޕާއި އެކްސަލަރޭޓަރ ނިޒާމާއި ދަގަތްފާނަ މިނުމަށް ބޭނުންކުރާ އާލަތާއި ކުޅިވަރު ކުޅޭ މީހާ ހުރިތަނުގެ އުސްމިން ބެލުމާއި އޭނާ އޭނާގެ އަމާޒަށް މިސްރާބު ކުރުން ފަދަ ތަމްރީނުތައް ދެވުނީ މި ފަންނިއްޔާތުގެ ތެރެއިންނެވެ. ޗައިނާގެ ސައެންސީން ފެތުންތެރީންނަށް ތަމްރީނު ދިނުމަށް ޓަކައި INS ގެ ކުޑަ އާލަތެއް އީޖާދު ކުރިއެވެ. މި ނިޒާމުގެ ތެރެއިން ފެތުންތެރީންނަށް ގައިގައި ފެން އެޅުން ކުޑަކުރާނެ ގޮތްތައް ދަސްކޮށްދެވުނެވެ.

މިސައިލްގައި ބޭނުންކުރާ ނިޒާމު ކުޑަކުރުން

ޗައިނާގެ CASC އެކަޑަމީން، ބޮލިސްޓިކް މިސައިލްގައި ބޭނުން ކުރާ ފަންނީ ބައެއް އެއްޗެހި ފެތުންތެރީންނަށް ބޭނުން ކުރެވޭ މިންވަރަށް ކުޑަކުރިއެވެ. އެމީހުންނަށް އެސްޓްރޮނޯޓުންގެ ހެދުމުގައި ވައިގެ ބިންގަރާހެއްގެ ތެރޭގައި ވަޔާ ދެކޮޅަށް ފަތަން ތަމްރީނު ދެވުނެވެ. މިކަމުގެ ސަބަބުން އެމީހުންނަށް ފެތުމުގެ ބުންވަރު ވަރުގަދަވިއެވެ.

މީގެ އިތުރަށް ޗައިނާގެ ފަލިޖެހުންތެރީންނަށް ވެސް CASC ނިޒާމު ބޭނުންކޮށްގެން ތަމްރީނު ވަނީ ދީފައެވެ.

ޓޯކިޔޯގައި ބައިވެރި ޗައިނާގެ ފަލިޖަހާ ޓީމަށް ތަމްރީނު ދިނުމުގައި ވައިގެ ޑައިނަމިކްސް ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ ކަމަށް ލަފާކުރެވެއެވެ. މި ތަމްރީނުގެ ސަބަބުން ޗައިނާގެ ފަލިޖަހާ އަންހެން ޓީމް ވަނީ ރަން މެޑެލި ހޯދައިފައެވެ. އަދި އަންހެނުންނާއި ފިރިހެނުންގެ މަސްހުނި ޓީމުން ވަނީ ލޮއި މެޑެލި ހޯދައިފައެވެ.

އެމެރިކާ ކިހިނެއް

ފެތުންތެރީންނަށް ތަމްރީނު ދިނުމަށް ޓަކައި ޒަމާނީ ފަންނިއްޔާތު ބޭނުންކުރި ފުރަތަމަ ޤައުމަކީ ޗައިނާއެއް ނޫނެވެ. ޗައިނާގެ މާކުރިން އެމެރިކާއިން ވަނީ ފަންނިއްޔާތު ބޭނުންކޮށްގެން އެމެރިކާގެ ފެތުންތެރީންނަށް ތަމްރީނު ދީފައެވެ.

ބޭޖިންގްގައި 2008ވަނަ އަހަރު ބޭއްވުނު އޮލިމްޕިކް ކުޅިވަރުތަކުގައި ބައިވެރިވި އެމެރިކާގެ ފަތާ ޓީމަށް Rensselaer ޔުނިވަރސިޓީގެ މެކޭނިކަލް އިންޖިނިއަރިންގ ޑިޕާޓްމެންޓުން ތަރައްޤީ ކުރި ފަންނިއްޔާތު ބޭނުންކޮށްގެން ތަމްރީނު ދެވިފައި ވެއެވެ.

ރިއޯގައި 2016ވަނަ އަހަރު ބޭއްވުނު އޮލިމްޕިކްސް ކުޅިވަރުތަކުގައި ބައިވެރިވި އެމެރިކާގެ ފެތުންތެރީންނަށް ތަމްރީނު ދިނުމަށް ޓަކައި BMWގެ އިންޖިނޭރުން ކޯމަހާ އެއްގޮތަށް ފީނާށާއި ފެތުމަށް ތަމްރީނު ދިނުމަށް ޚާއްޞަ ނިޒާމެއް އީޖާދު ކުރިއެވެ. މި ނިޒާމުގެ ދަށުން ފަތާފެންގަނޑުގައި ހުންނަ ފެން ތަޙްލީލުކޮށް އޭގައި ހުންނަ މާއްދާތައް ދެނެގަތެވެ. އެއަށްފަހު މި މާއްދާތަކާ ދެކޮޅަށް ފަތާނެ އުކުޅުތައް ދަސްކޮށް ދެވުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *