(ލަވައެއް، އަމިއްލަ ރާގެއް)
ތަރަތަރަ ޖަހައިލާނެ ރަންވިލާ
ތަޚުތުގަ ރެދަލި ވީމަ ޖާދިރާ
މަރިޔާދު ވާނޭ މިތަން، ފިލައި
ދުކު ދަތިތަކާ އަދި އިފްތިރާ
ބިރުތައް ދުރަށް ދާނެ ދުވެ ފިލައި
މަކަރާއި ޙީލަތް ތަ؟ މޭކަރާ
ބަރަކަށް ބަރެއް ވެ ތަފާޞިލާ
ތާޖިރު ނިކަން ދޭނެ މިނެކިރާ
ދުރުއެ އަޅައިދޭނެ ވޮށުފިލާ
އެކި ޒާތު އަކުރުންމެ ކުރިއަރައި
ގުރަޔާ މުފައްކިރުނަށް ބަލައި
ވަކިކޮށްލަ ދޭނޭ މުޙާޟިރާ
ދެރަސޮރުގެ ޙައްޤު އޮޅުން ފިލައި
އެކުވެރިވެގެން ފުޤަރާ، ޘަރާ
ވަރަލައި އުދުހިލާނެ ބުލްބުލާ
އެކު ދަށުގަ ހިރިޔާ އެ ފާތުރާ