...

Support Us

ލަނޑުދަނޑިއަކީ ތުރްކީ- ޕާކިސްތާނު ވިޔަފާރި 5 ބިލިއަން ޑޮލަރަށް އިތުރުކުރުން

ލަނޑުދަނޑިއަކީ 2023އާ ހަމައަށް ދެވޭއިރު ތުރްކީއާއި ޕާކިސްތާނާ ދެމެދުގައި ބަދަލު ކުރެވޭ ވިޔަފާރި ފަސް ބިލިއަން ޑޮލަރަށް އިތުރުކުރުން ކަމަށް ތުރްކީ– ޕާކިސްތާނު ވަރކިނގް ގްރޫޕްގެ ރައީސް އަޙްމަދު ޖަންކީޒު އޮޒްދަމީރު ވިދާޅުވެއްޖެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި ޢަދަދަކީ މި ހުސްވި އަހަރު ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އަރްދުގާން އިސްލާމްއާބާދަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވެވި ވުނަކުރުމާބެހޭ ސިންތާގައި ހާމަކުރެއްވި ޢަދަދެކެވެ.

އޮޒްދަމީރު ވިދާޅުވިގޮތުގައި އެ ދެ ޤައުމު އެއްބަސްވެފައިވާ އިޤްތިޞާދީ އިސްތިރާތީޖީ ގިއުގަނޑުގެ ދަށުން ވިޔަފާރިއާއި ވުނަކުރުން ތަރައްޤީ ކުރެވޭނެއެވެ. މި ކަމުގެ ސަބަބުން އެ ދެ ޤައުމުގެ ދެމެދުގައި ބަދަލު ކުރެވޭ ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެއެވެ. އޭނާ ހާމަކުރެއްވިގޮތުގައި މި ހުސްވި އަހަރު މި ވިޔަފާރި ވަނީ 889 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި އެ ދެޤައުމުގެ ޤާބިލުކަން މިއަށްވުރެ މާބޮޑެވެ.

އޮޒްދަމީރު ވިދާޅުވިގޮތުގައި ކޮވިޑް-19ގެ ސަބަބުން ޕާކިސްތާނުގެ އިޤްތިޞަދަށް ކޮށްފައިވާ ނުބައި އަސަރުތަކާ ކުރިމަތިލުމަށް ޓަކައި އިސްލާމްއާބާދުން ވަނީ 1.2 ޓްރިލިއަން ރުޕީގެ މަދަގު ޕާރުސަލެއް ތައްޔާރުކޮށްފައެވެ. މި ޕާރުސަލުގެ ތެރެއިން 150 ބިލިއަން ރުޕީ ޚާއްޞަ ކުރެވިފައި ވަނީ އުދެލިކާރުންނަށާއި އާމްދަނީކުޑަ މީހުންނަށެވެ. އަދި 280 ބިލިއަން ރުޕީ ޚާއްޞަކުރެވިފައިވަނީ ކާބޯތަކެއްޗަށެވެ. އޭގެ އިތުރުން 100 ބިލިއަން ރުޕީ ޚާޢްޞަކުރެވިފައި ވަނީ ދަނޑުވެރިކަމަށާއި ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިވެރީންނަށެވެ.

އޮޒްދަމީރު ވިދާޅުވި ގޮތުގައި ޕާކިސްތާނަކީ ތުރްކީގެ ކުންފުނިތަކަށް ވަރަށް މުހިއްމު ޤައުމެކެވެ. އެ ޤައުމުގައި ހަކަތައާއި ބިނާރުގެ މައިދާނުގައި ތުރްކީއަށް ވަރަށް ގިނަ ފުރްޞަތުތައް އެބަ އޮތެވެ. އޭޝިޔާ ބައްރުގައި ޕާކިސްތާނު އޮތް ހިސާބަށް ބަލާއިރު އެ ޤައުމަކީ ވަރަށް އިސްތިރާތީޖީ ހިސާބެއްގައި އޮތް މުހިއްމު ޤައުމެއްކަން އެނގެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މިއަދު ވެސް ޕާކިސްތާނަކީ ދަނޑުވެރިކަމުގެ މަތީގައި އެ ޤައުމުގެ އިޤްތިޞާދު ބިނާވެފައި އޮތް ޤައުމެކެވެ. އެ ޤައުމުގެ ހަތަވިވަރުގެ 22.9 އިންސައްތަ އަކީ ދަނޑުވެރިކަމެވެ. ޞިނާއަތުގެ މިންވަރަކީ 17.9 އިންސައްތަ އެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި ތުރްކީން ޕާކިސްތާނަށް 2019ވަނަ އަހަރު އެތެރެކުރި މުދަލުގެ މިންވަރަކީ އެންމެ 0.8 އިންސައްތަ އެވެ. އެ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ވަރުގަދަ ގުޅުމަށް ބަލާއިރު މިއީ ވަރަށް ކުޑަ މިންވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ތުރްކީގެ ކުންފުނިތަކުގެ ދައުރު

އޮޒްދަމީރު ހާމަކުރެއްވި ގޮތުގައި ކާބޯތަކެއްޗާއި މި މަސައްކަތަށް ބޭނުންވާ ފަންނިއްޔާތުގެ މައިދާނުގައި ތުރްކީގެ ކުންފުނިތަކަށް ވަރަށް މުހިއްމު ދައުރެއް އަދާ ކުރެވިދާނެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ދަނޑުވެރިކަމަށް ބޭނުންވާ އާލަތްތަކާއި މެޝިންތައް ތުރްކީން ގެނެވިދާނެއެވެ. އޮޒްދަމީރު ހާމަކުރެއްވި ގޮތުގައި ބިނާރީ މަޝްރޫޢުތަކާއި ޑޭމްތަކާއި މަގުތައް ހެދުމުގެ މަޝްރޫޢުތަކަކީ ތުރްކީއަށް ފަހި މައިދާންތަކެކެވެ. އޭނާ ހާމަކުރެއްވި ގޮތުގައި 3.4 ބިލިއަން ޑޮލަރުގެ އަގުހުރި 68 މަޝްރޫޢެއް ތުރްކީން ވަނީ ޕާކިސްތާނުގައި ތަންފީޒުކޮށްފައެވެ.

ހަކަތައިގެ މައިދާނުގައި އެއްބާރުލުން

ތުރްކީގެ މި މަސްއޫލުވެރިއާ ހާމަކުރެއްވި ގޮތުގައި ޕާކިސްތާނުން ރާވާފައިވާ ރޭވުންތައް ބުނާގޮތުގައި 2030 އާ ހަމައަށް ދެވޭއިރު ޕާކިސްތާނުގައި އިޢާދަކުރަނިވި ހަކަތަ 30 އިންސައްތައަށް އިތުރު ވެގެންދާނެއެވެ. އަދި ފެނުން އުފައްދާ ކަރަންޓުގެ މިންވަރު ވެސް 30 އިންސައްތައަށް އިތުރުވެގެންދާނެއެވެ.

ހަކަތައިގެ މައިދާނުގައި ހުރި ފުރްޞަތުތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން އޮޒްދަމީރު ވިދާޅުވިއެވެ. "ޠަބީޢީ ގޭހާއި، އިޢާދަކުރަނިވި ހަކަތައާއި ތެޔޮނެގުމާއި ގޭސް ހޯދުމާއި ކަރަންޓްގެ ވިއުގަތަކާއި ބޯޓުދެލީގެ މައިދާންތަކަކީ ބޭރުގެ ކުންފުނިތަކަށާއި ވުނޭރުންނަށް ޕާކިސްތާނުގައި ހުޅުވިފައިވާ ދޮރުތަކެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.