...

Support Us

މިނިވަންދުވަހުގެ ބަނދި

އިސްމުފުޅުން މަތިވެރިވީ    ބިސްމި ކިޔައިގެން ފަށަނީ

ދަންނަ ރިވެތި ބަސްމަގަކުން   ޙަމްދާ ޞަލަވާތް ކިޔަނީ

 

އަދަކީ މިނިވަން ދުވަހޭ    ދިވެހީންނަށް އައި ދުވަހޭ

ޖުލައި މަހުގެ ސައްބީހޭ   ފާހަގަވާ މީ ދުވަހޭ

 

މިނިވަން ކަމަކީ އުފަލެއް    ފިނިކަން ލިބިދޭ ހިޔަލެއް

ގިނަގިނައިން ޙަމްދާކޮށް     ޝުކުރުގެ ކުރަމާ ޢަމަލެއް

 

ބައެއްގެ ހުރި އިހުސާނުން    ތަނަށް އެވީ ގުރުބާނުން

ގެނައި މި ބޮޑު މިނިވަންކަން   ޖެހޭ މިތާ ދަމަހައްޓަން

 

އަމާނަތޭ އަމާނަތޭ      ގައުމީ ބޮޑު އަމާނަތޭ

ދީނުގެ މާތް ކަރާތޭ      ގައުމީ ހެޔޮ ސަގާފަތޭ

 

ރައްކާތެރި ވާން ޖެހެއޭ    ރައްކާ ކުރެވެން ޖެހެއޭ

ޝައްކާ ވަހުމެއް ނުވެއޭ    ފައްކާ މީ ދިވެހީންނޭ

 

ގައުމީ އެކިއެކި ބަޠަލުން    ގައުމަށް އޮހޮރާލި ދަލުން

ގައުމަށް އައި ނުރައްކަލުން    ގައުމު ސަލާމަތް ކުރިއޭ

 

ބޮޑުތަކުރެއް ހަނދުމަ ވެއޭ    އޮޑިއާ ދަތުރަށް ފުރިއޭ

ކޮނޑުގާ ވާޖިބު އެޅިއޭ      ބޮޑުވި ޖިހާދެއް ކުރިއޭ

 

ގޯވާ ކަޅު ރާޖާއޭ     ޕޯޗުގިޒީ ފައުޖާއޭ

ދޯކާދީ ބޭރުކުރީ      ލޯބިން ޖެހި އުންޑައިންނޭ

 

ބޭރުން އައި ހޮޅިންތަކޭ  ފޭރިގަތީ މިބިންތަކޭ

ރޭރުވެގެން މަގުދެއްކީ   އޭރުގެ ޚާއިނުންތަކޭ

 

އޮތް ވެރިކަން ފުރޮޅައިލީ  ކޮށް އަނިޔާ ގިނަގުނަވީ

އޮތް ހާލަށް ހިތް މޮޅިވީ   ދޮންބަންޑާރައިން ތެދުވީ

 

ރައްކާތެރި ވީ މަގަކުން  ދައްކާ ހިއްވަރު އަމުދުން

ފައްކާވީ ހެވި ހުނަރުން  ލަޝްކަރު އޮތް ދުއްވާލީ

 

ދާދި ފަހުން އައި ބައެކޭ  ޚާއިނަކާ ގުޅިގެންނޭ

ބާޣީ ކެހިވެރި ބައެކޭ   ޕްލޮޓް ކިޔާ ބައިގަނޑެކޭ

 

ދިން ހަމަލާ ކުރިމައްޗަށް   ހިންދެމިލީ ފައިމައްޗަށް

ވެއްޓެންދެން ބިންމައްޗަށް   ހިއްވަރު ކުރި މާ މައްޗަށް

 

ޒުވާން ހުސެން އާދަމަކީ   އެއީ ފަހުގެ ކުޑަތަކުރޭ

ސަލާމަތުން ގައުމު އެކީ    ސަމާލު ކުރި ޝަހީދެކޭ

 

ނޫކަށި އަދު ޒުވާނުނޭ   ރޫހު އަލުން ދިރިގެންނޭ

ހޫނު ލެޔާ ވިންދުންނޭ    ދޫނުމެކޮށް އަންނާށޭ

 

ވިހާ ބޮޑުވި އިމާރާތޭ    އިހާނަތެއް ނުމެ ވާށޭ

އިހާ ފަހަށް ވިސްނައިގެން   ޖިހާދު ގައި ތެދުވާށޭ

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *