...

Support Us

"ސަލަފް އީދު އުފާ ޓީޓީ ޓޯނަމަންޓު 1442"ގެ ތަށި އަލީ ރަމީޒާ ހަވާލުކުރަނީ -ފޮޓޯ: ސަލަފް

ހުރިހައި މެޗަކުން މޮޅުވެ ޓީޓީ ޗެމްޕިއަންކަން އަލީ ރަމީޒު ހޯދައިފި

އަޟްހާ އީދުގެ މުނާސަބަތުގައި ޖަމިއްޔަތުއް ސަލަފުގެ ފަރާތުން ބޭއްވި ޓޭބަލް ޓެނިސް (ޓީޓީ) މުބާރާތުގައި ކުޅުނު ހުރިހައި މެޗަކުން މޮޅުވެ، ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ އަލީ ރަމީޒު މިއަދު ޗެމްޕިއަންކަން ހޯދައިފިއެވެ.

ބާރަ ކުޅުންތެރިންގެ މެދުގައި ދެ ދުވަހަށް ކުރިއަށް ގެންދިޔަ "ސަލަފް އީދު އުފާ ޓީޓީ ޓޯނަމަންޓު 1442″ގެ ފައިނަލްގައި އަލީ ރަމީޒާ ވާދަކުރީ ޝެއިޚް އިބްރާހިމް މުހައްމަދެވެ. އަލީ ރަމީޒު ސީދާ ދެ ސެޓް ގެންދިޔައީ، 21-11 އަދި 21-18 އިންނެވެ.

މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިއުން ބައްސަވައިދެއްވީ ސަލަފްގެ ނައިބު ރައީސް ޝެއިޚް އަހުމަދު ސަމީރެވެ.

މަޝްހޫރު ލަވަކިއުންތެރިއެއްގެ ގޮތުގައި ވިދާލުމުގެ ކުރިން އީ.ޕީ.އެސްގައި ކިޔަވަން އުޅުނުއިރު އަލީ ރަމީޒަކީ މޮޅު ފުޓުބޯޅަ ކުޅުންތެރިއެކެވެ. ރާއްޖޭގެ އެންމެ މަގުބޫލް ލަވަކިއުންތެރިޔާގެ ގޮތުގައި މަޝްހޫރުކަން ހޯދި އަލީ ރަމީޒު ލަވަކިއުން ހުއްޓައިލުމަށްފަހު މިހާރު ހަރަކާތްތެރިވަނީ ދީނީ ދައުވަތު ފެތުރުމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
47
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *