...

Support Us

ގެފުޅުގައި އައު އުރަކޮޅެއް ލައްވައިފި

އާދަކާދައިގެ މަތިން މާތްވެގެންވާ ގެފުޅުގެ އުރަކޮޅު މިއަދު ބަދަލުކޮށްފިއެވެ.

ސުޢޫދީ ނޫސް އޭޖެންސީ ބުނިގޮތުގައި އުރަކޮޅު ބަދަލު ކުރުމުގެ މަސައްކަތް ފެށުނީ މިއަދުގެ ފަތިސް ނަމާދަށް ފަހުގައެވެ. މި އުރަކޮޅުގެ އުސްމިނަކީ 14 މީޓަރެވެ. އުރަކޮޅުގެ އެންމެ މަތިން ތިންބައިކުޅަ އެއްބައި ތިރީގައި 95 ސެންޓިމީޓަރުގެ ފުޅައި ފީތާފަށެއް ވެއެވެ. މި ފިތާފަށުގެ ދިގުމިނަކީ 47 މީޓަރެވެ. މި ފިތާފަށުގެ ތިރީގައި ޚާއްޞަ ގިއުގަނޑެއްގެ ތެރޭގައި ކީރިތި ޤުރްއާނުގެ އާޔަތްތައް ލިޔެވިފައި ވެއެވެ. އަދި ކޮންމެ ދެ ގިއުގަނޑެއްގެ ދެމެދުގައި ކަނދިއްޔެއްގެ ސިފައިގައި "يا حي يا قيوم" އާއި "يا رحمن يا رحيم" އާއި "الحمد لله رب العالمين" ލިޔެފައި ވެއެވެ.

ގެފުޅުގެ އުރަކޮޅުގެ ތެރޭގައި ގެފުޅުގެ ދޮރުކޮޅުގެ ފަރުދާކޮޅު ހިމެނެއެވެ. މި ފަރުދާކޮޅުގެ ނަމަކީ ބުރުގާކޮޅެވެ. ބުރުގާކޮޅުގެ އުސްމިނަކީ 6.5 މީޓަރެވެ. ފުޅައުމިނަކީ ތިން މީޓަރެވެ. ބުރުގާކޮޅު ވިޔެފައި ވަނީ ފަށުވީންނެވެ. ބުރުގާކޮޅު ޒީނަތްތެރި ކުރެވިފައި ވަނީ ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުންނާއި އިސްލާމީ ޚާއްޞަ ކުރެހުންތަކުން (ޒަޚްރަފާތަކުން) އެވެ. މި ކުރެހުންތަކާއި އާޔަތްތައް ލިޔެފައި ވަނީ ރަނުން ގިރިޓީކޮށްފައިވާ ރިހި ރޮދިންނެވެ.

ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރެވެނީ މާތްވެގެންވާ ގެފުޅުގެ އުރަކޮޅާ ބެހޭ "އަލްމަލިކު ޢަބްދުލްޢަޒީޒު ވިދާރާ" އިންނެވެ. މި މަސައްކަތް ކުރަނީ  200 އެއްހާ މަސައްކަތްތެރީންނާއި އިދާރީންގެ ބެލުމުގެ ދަށުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *