Support Us

ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހަސަން މުޣުނީ

"އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގ" ސްޓެލްކޯއަށް ލިބިއްޖެ

ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގ"ގެ އެވޯޑް ސްޓެލްކޯއަށް ލިބިއްޖެއެވެ. މި އެވޯޑަކީ 72 އަހަރުގެ ހިދުމަތުގެ ރެކޯޑް އޮތް ސްޓެލްކޯ ކުރިއަރައި ގޮސްފައިވާ ގޮތާއި، އެ ކުންފުނިން ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކާއި ހޯދަމުންދާ ކުރިއެރުންތަކަށް ބިނާކޮށް ދީފައިވާ އެވޯޑެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

އެގޮތުން މާލޭގެ އާބާދީއާއި އުމްރާނީ ތަރައްގީއާ އެއްކޮށް ކަރަންޓަށް ބޭނުންވެފައިވާ މިންވަރަށް ކަރަންޓް ދިނުމަށް ސްޓެލްކޯއިން ނަމޫނާ ދައްކައިފައިވާތީ އާއި ޖާގައިގެ ދަތިކަމާއެކުވެސް، ސްޓެލްކޯގެ ބިމުގެ އެކި ދިމަދިމާލުގައި ޖަނަރޭޓަރު ބަހައްޓައިގެން ކަރަންޓް ދިނުމަށް ކޮށްފައިވާ މަސައްކަތް ފާހަގަކޮށްފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

"މީގެ އިތުރުން މީހުން ބިނާކުރުމުގެ ރޮނގުން ސްޓެލްކޯއިން ކުރަމުންދާ ފުރިހަމަ މަސައްކަތްތަކާއި، ކޮވިޑްގެ ހާލަތުގައި ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދުވަހު މުސާރައަށް މިނިވަން މަސައްކަތްތެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލުމާއި، ޕެރޯލްގައި ތިބި ބައެއް ފަރާތްތައް ރަނގަޅު ގޮތުގައި އަނބުރާ މުޖުތަމައުއަށް ނުކުތުމަށް އެހީތެރިވުމަށް އެ ފަރާތްތަކަށް ސްޓެލްކޯގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުންފުނީގައި އަދާކުރެވިދާނެ ފަދަ ވަޒީފާތައް އެފަދަ ފަރާތްތަކަށް ތަނަވަސްކޮށްދިނުމުގެ އިތުރުން، ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ދިވެހިންނަށްވުން ހިމެނެ އެވެ." ސްޓެލްކޯގެ ބަޔާނުގައިވެއެވެ. "ސާދަ ކިލޯވޮޓްގެ ޖަނަރޭޓަރަކުން ފަށައި، 200 މެގަވޮޓާއި ގާތްކުރާ އަދަދެއްގެ ކޮމްބައިންޑް ކެޕޭސިޓީއެއް ސްޓެލްކޯއިން ވަނީ ގާއިމްކޮށްފަ އެވެ. އަދި ކުންފުންޏަށް އިތުރު އާމްދަނީ ހޯދުމުގެ ގޮތުން، އިސްތިހާރު ކުރުމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ސްކްރީން (ސްޓެލްކޯ މާޓީވީ) ބެހެއްޓުމާއި ސްޓެލްކޯ ސޭލްސް ސެންޓަރުގެ ހިދުމަތާއި ސޯލާ ޕެނަލް ވިއްކުމަށް ހުޅުވާފައިވާ ސްޓެލްކޯ ގްރީންލައިފް ސޯލާ ސެންޓަރާއި ސްޓެލްކޯ ގްރީންލައިފް ބަސް ސްޓޮޕާއި ސްޓެލްކޯ ފްލޯޓިންގ ސޯލާ ޕޮޑްގެ އިތުރުން، ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގައި ބޯފެން ފޯރުކޮށްދިނުމަށް "ސްޓެލްކޯފެން" ބާޒާރަށް ނެރުންވެސް ހިމެނެ އެވެ."

ސްޓެލްކޯ އިން އަދި ބުނި ގޮތުގައި ކޮވިޑްގެ ހާލަތުގައި ކުންފުނީގެ ހިދުމަތް މެދުނުކެނޑި ކަސްޓަމަރުންނަށް ދެވުމާއި، މުވައްޒަފުންގެ ރައްކާތެރިކަމާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކާއި މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް ބައިނަލްއަގުވާމީ މިންގަނޑެއް ކަމުގައިވާ އައި.އެސް.އޯ 9001:2015 އަށް ސެޓިފައިކުރުމާއި ސްމާޓްމީޓަރާއި ސްމާޓް ގްރިޑް ފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް އެ ކުންފުނިން ބޭނުންކުރަން ކުރަމުންދާ މަސައްކަތްތައް އޭ ތެރޭގައި ހިމެނެއެވެ.

ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑަރޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގ"ގެ އެވޯޑް ސްޓެލްކޯއަށް ލިބިފައިވާއިރު، 2019 ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑާއި ސީއެމްޑީއިން ދޭ ކޯޕަރޭޓް ގަވަރނެންސް އެންމެ ރަނގަޅު ކުންފުންޏަށް ދޭ "ސީޖީ އެފަޓްސް އެވޯޑް" އާއި، އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑާއި، ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑްވެސް ސްޓެލްކޯ އަށް ވަނީ ލިބިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *