Support Us

ޔޫރޯ2020: އިނގިރޭސީންގެ އުންމީދުތައް ފެނަށް، ޕެނަލްޓީ ޖަހައިގެން ތަށި އިޓަލީއަށް

އިނގިރޭސީންގެ 55 އަހަރުގެ އުންމީދުތައް ފެނަށް ދުއްވައިލުމަށް ފަހު ޔޫރޯ2020ގެ ތަށި އިޓަލީން އުފުލައިލައިފިއެވެ. އިނގިރޭސިވިލާތުގެ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ 12:00 ގައި ކުޅުނު ފައިނަލްމެޗްގައި އިނގިރޭސީންނާ ބައްދަލުކޮށް މި މެޗު އިޓަލީން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެން 3-2 ންނެވެ.

މެޗް ފަށައިގެން މެޗްގެ ފުރިހަމަ ވަގުތު ހަމަވަންދެން ވެސް މޮޅަށް ކުޅެ މެޗް ކޮންޓްރޯލްކުރީ އިޓަލީންނެވެ. މެޗްގެ 65 އިންސައްތަ ކުޅުން ކޮންޓްރޯލް ކުރީ އިޓަލީންނެވެ. އިނގިރޭސީން ހަ ބޯޅައެއް ގޯލަށް ފޮނުވައިލައިން އެއިން ދެ ބޯޅަ ގޯލާ އަމާޒުކޮށް މެޗްގެ ދެ ވަނަ މިނިޓްގައި ލިޔުކް ޝޯ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑް ނެގިއެވެ. ނަމަވެސް އެ މީހުންނަށް ވެސް ލީޑް އިތުރަށް ފުޅާކުރެވޭނެ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފު ނިމުނީ ވެސް މި ނަތީޖާގައި އޮވެއެވެ.

އިޓަލީ ވިލާތުން 18 ބޯޅައެއް ގޯލާ ދިމާލަށް ފޮނުވައިލި އިރު، އޭގެ ތެރެއިން ހަ ބޯޅައެއް ގޯލާ އަމާޒު ވެސް ކުރިއެވެ. ނަމަވެސް މެޗްގެ 67 ވަނަ މިނިޓްގައި ލިއޯނާޑް ބައުންސީ ފޮނުވައިލި ބޯޅައިން ދެ ވަނަ ހާފުގައި ކާމިޔާބުކުރި ލަނޑު ފިޔަވައި އިތުރު ލަނޑެއް އެ މީހުންނަށް ވެސް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އެއިން އެއްވެސް ބޯޅައެއް ލަނޑަކަށް ބަދަލުކޮށެއް ނުލެވުނެވެ. އެހެންކަމުން މެޗް ނިމުނީ 1-1ން ދެ ޓީމު އެއްވަރުވެގެންނެވެ.

މި ނަތީޖާގައި އޮވެ މެޗު ނިމުމުން ނަތީޖާއެއް ނެރުމަށް ޓަކައި 15 މިނިޓްގެ އިތުރު ދެ ހާފު ކުޅެގެން ވެސް ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޓަކައި ޖެހުނީ ފެނަލްޓީ ޖަހާށެވެ. ފުރަތަމަ ޕެނަލްޓީ ޖެހީ އިޓަލީންނެވެ. ޑޮމޭނިކޯ ބަރަންޑި ފޮނުވައިލި ބޯޅަ ކާމިޔާބުކުރިއެވެ. ޖަވާބުގައި އިނގިރޭސީންގެ ޓީމުން ހަރީ ކޭން ބޯޅައެއް ފޮނުވައިލައިގެން ނަތީޖާ ހަމަހަމަ ކުރިއެވެ.

އިޓަލީން އެންޑްރިއާ ބެލޮޓީ ފޮވައިލި ބޯޅަ އިނރިރޭސި ހުޝިޔާރު ކީޕަރު މަތަކޮށްގެން އެ މީހުން އުންމީދުއާކުރިއެވެ. އިނގިރޭސީންގެ ޕެނަލްޓީ ދެން ފޮނުވައިލީ ހެރީ މެގްޔައަރއެވެ. އޭނާ ވެސް ބޯޅަ ކާމިޔާބުކުރިއެވެ. ނަމަވެސް އިނގިރޭސި ޓީމުން ދެން ބޯޅަ ފޮނުވައިލި މާރކަސް ރަޝްފޯލްގެ ބޯޅަ އަމާޒުވީ ކަނާތްފަރާތު ދަނޑިއާއެވެ. އިޓަލީގެ ހަތަރު ވަނަ ބޯޅަ ބާރނާރޑެޝްޗީ ކާމިޔާބުކުރިއެވެ. އިނގިރޭސީންގެ ހަތަރުވަނަ ބޯޅަ ވެސް ގެންލުނީއެވެ. އިޓަލީގެ ފަސްވަނަ ބޯޅައާއި އިނގިރޭސީންގެ ފަސްވަނަ ބޯޅަ ވެސް ނާކާމިޔާބުވީއެވެ. ނަތީޖާއަކަށްވީ 3-2ން އިޓަލީއަށް ނާކާމިޔާބުވީއެވެ. ފަންސާސް ފަސް އަހަރުގެ އުންމީދުތައް ހާޞިލުކުރުމަށް ޓަކައި އަމިއްލަ ފަސްގަނޑުގައި ކުޅުނު މެޗް ނާކާމިޔާބުވެ އަނެއްކާ ވެސް އެ މީހުންގެ އުންމީދުތައް ފެނަށް ދިޔައީއެވެ.

މި ދެ ޓީމުގެ ކުރީގެ މެޗްތަކަށް ބަލާއިރު 2014 ވަނަ އަހަރު ޖޫންމަހު ފީޕާ ވޯލްޑްކަޕްގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކޮށް 2-1ން ކާމިޔާބުކުރީ އިޓަލީންނެވެ. އަދި 2012 ވަނަ އަހަރު ޖޫންމަހު މި ދެ ޓީމު ވޯލްޑްކަޕް ކުއާރޓަރ ފައިނަލްގައި ބައްދަލުކޮށް އޮތީ 0-0ން ދެ ޓީމު އެއްވަރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *