ފަންސާސް ފަސް އަހަރުވަންދެން ކުރި އިންތިޒާރަށް ނިމުން ގެނެސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އިނގިރޭސިވިލާތް ދަތުރުކޮށްފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި، އެ މީހުންގެ އަމިއްލަ ފަސްގަނޑުގައި ރޭ ޑެންމާކާ އިދިކޮޅަށް ކުޅެ 2-1ގެ ތަފާތަކުން މޮޅުވެގެން އެ މީހުންން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކުރުން މިއީ 1966ގައި ޖަރުމަނުވިލާތާ އިދިކޮޚޮޅަށް ކުޅުނު މެޗްގައި އިތުރު ވަގުތުގައި ލަނޑެއް ޖަހައިގެން ސެމީ ފައިނަލަށް ދަތުރުކުރެވުނު ފަހުން އިނގިރޭސީންނަށް މި ފަދަ ކާމިޔާބީއެއް ކުޅިވަރުގެ މައިދާނުގައި ލިބުނު ފުރަތަމަ ފަހަރެވެ.
ޔޫރޯ2020 ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗްގެ ފުރަތަމަ ހާފުގައި ވެސް އަދި މުޅި މެޗްގައި ވެސް މޮޅަށް ކުޅުނީ އަދި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކުރީ ވެސް އިނގިރޭސީންނެވެ. ނިސްބަތަށް ބަލާއިރު މެޗްގެ 59 އިންސައްތަ ބޯޅަ ކޮންޓްރޯލް ކުރީ އިނގިރޭސީންނެވެ. ގޯލާ އަމާޒުކޮށް އިނގިރޭސީން 20 ބޯޅައެއް ފޮނުވައިލި ނަމަވެސް ޑެންމާކަށް ފޮނުވައިލެވުނީ ހަ ހަމަލާއެކެވެ. އަނެއްކޮޅުން ޑެންމާކުން 21 ފައުލެއް ކޮށްފައިވާއިރު އިނގިރޭސީންގެ ކިބައިން ޑެންމާކަށް ފެނުނީ 10 ފައުލެވެ. އެކަމަކު ކޮންމެ ޓީމަކަށް ވެސް އެއް ރީނދޫކާޑު ދެއްކުނެވެ. އެއީ މެޗްގެ 49 ވަނަ މިނިޓްގައި އިނގިރޭސީންގެ ހެރީ މެގްއާޔަރ އަށާއި 72 ވަނަ މިނިޓްގައި ޑެންމާކުގެ ދާނިއަލް ވާސަށެވެ.
މެޗްގެ ފުރަތަމަ 45 މިނިޓްގެ ތެރޭގައި ޑެންމާކުން ލަނޑެއްޖަހައި އެ މީހުން ލީޑްނެގިއެވެ. އިނގިރޭސީން ސިއްސުވައިލި މި ލަނޑު ޖަހައިދިނީ 30 ވަނަ މިނިޓްގައި މިކޭލް ދަމްސް ގާރޑެވެ. މި ލަނޑަށް ފަހު އިނގިރޭސިން ހިތްވަރު ގަދަކޮށް ކުރާންފެށި މަސައްކަތުގެ ނަތީޖާއަކަށް ވީ 39 ވަނަ މިނިޓްގައި އިނގިރޭސި ހުނަރުވެރި ކުޅުންތެރިޔާ ބާރަށް ފޮނުވައިލި ބޯޅާއަކުން ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްލުމެވެ. މި ލަނޑުން އިނގިރޭސީންގެ އުންމީދުތައް އާކޮށްދިނީ ސިމޮން ކެއާއެވެ.
ދެ ޓީމަށް ވެސް ބަދަލުތަކެއް ގެނައިކަމަށް ވިޔަސް މި ހާފުގައި ވެސް އަދި ފަހުހާފުގައި ވެސް އިތުރު ލަނޑެއް އެއްވެސް ޓީމަކަށް ނުޖެހުނެވެ. އިތުރަށް ދިން ހަ މިނިޓް ހަމަވިއިރު ވެސް ނަތީޖާ ބަދަލުނުކުރެވޭތީ، ގަވާއިދުގައިވާ ގޮތުގެ މަތީން އަނެއްކާ އަލުން 30 މިނިޓްގެ އިތުރު ވަގުތު ކުޅޭންޖެހުނެވެ. މި ވަގުތުގެ ތެރޭގައި އިނގިރޭސީންނަށް ޕެނެލްޓީއެއް ވެސް ދިނެވެ. ނަމަވެސް ތަޖުރިބާކާރު ކުޅުންތެރިޔާ ހެރީ ކޭން 102 ވަނަ މިނިޓްގައި ޖެހި މި ޕެނަލްޓީ ލަނޑަކަށް ބަދަލުކޮށެއް ނުލެވުނެވެ.
ނަމަވެސް މި ގެއްލުމުގެ ބަދަލުގައި މެޗްގެ ހަތަރުވަނަ މިނިތްގައި ހެރީކޭން ލަނޑެއް ޖަހައިދީ މެޗްގެ ލީޑް ނަގައި ހަމަޖެހިލެވެއެވެ. މެޗްގެ ފުރިހަމަ ވަގުތު ނިމުނީ 2-1 ގެ މި ނަތީޖާގައި އޮވެ އިނގިރޭސީން މޮޅުވެގެންނެވެ. މި ނަތީޖާއާއެކު އިނގިރޭސީން ފައިނަލަށް ދަތުރުކުރީއެވެ. ފައިނަލް މެޗްގައި އެ މީހުން ބައްދަލުކުރާނީ މި މަހު 11 ވަނަ ދުވަހު އިޓަލީވިލާތާއެވެ.
އިނގިރޭސީން ސެމީފައިނަލަށް އައީ ގްރޫޕް މަރުޙަލާގައި ދެ މެޗެއްގައި ދެ ލަނޑުޖަހައިގެން ލިބުނު އެއް މެޗްގައި 0-1 ން ބަލިވެގެން ހަ ޕޮއިންޓާއެކު ކުއާޓަރގައި ޖަރުމަނާ ބައްދަލުކޮށް ޖަރުމަނު އަތުން 2-0ން މޮޅުވެގެންނެވެ.