ފީވެގެންނެއް ނޫން މިއަދު ޖިފުޓީގެ ހާލަތު ރޯން މިވީ
ބީވެގެން ކުރިބޯށިތައް ގަނޑުވަރުގެ ދާތީ މާނަވީ
ރަނުގެ ތަޅުދަނޑިތައް ހަވާލުވެ ދޮރުތަކަށް ތިބި ފާރަލާން
ތަނުގެ އަހުލުން އެދުމުގައި ތިބެގެން ނިދާތީ ދުންޔަވީ
ހައްގުތައް ލިޔެ ސިލްޖަހާ ރައްކާކުރަން ބުނެ ވައުދުވީ
ހައްދުތައް ގޮސް ފަހަނަޅައި ޣައްދާރު ވާތީ ބޮޑެތިވީ
މުއްދަތެއްގައި ދާދި ކުރުކުރު ހުއްޖަތެއް ދެއްކެން ނުވާ
ހުއްދަ ނޫން ޢަމަލީ ބަހުން ކުށްތައް ކުރާތީ އައިބުވީ
އޭނައަށް ދީފާ ތުޅާ ބޮނޑިބަތް ތިބާ އަށް ހެން ލިބޭ
ދޭ ނުހައްގު މަގުން ބަހާ ބައިތައް އަޅާތީ ފަރަގުވީ
ސީދަލަށް ކުރިއަށް ހިނގެން އޮތް އަލިމަގަށް ކަށި ކުނި އަޅާ
ވީދަމުން ނޮޅަމުން ވަލުން ދާން ބާރުލާތީ އަނދިރިވީ
ހަށިތަކަށް ނޭވާ ނުފެތިގެން ވަށިވަށިން ބޭރަށް ބަހާ
ކަށިމަތީގައި ތިބެ އަމިއްލަ ކަނޑިން ޖަހާތީ ތޫނުވީ