Support Us

ކުރެންދޫ ފުޓްބޯޅަ އެކަޑަމީގެ ޕްރެކްޓިސްގެ ތެރެއިން.. -ފޮޓޯ: ކުރިމަގު ފައުންޑޭޝަން

ކުރިމަގު ފައުންޑޭޝަންގެ ފަރާތުން ކުރެންދޫގައި ފުޓްބޯޅަ އެކަޑަމީއެއް ފަށައިފި

ކުރިމަގު ފައުންޑޭޝަންގެ ފަރާތުން ޅ. ކުރެންދޫގައި ފުރަތަމަ ފަހަރަށް ފުޓްބޯޅަ އެކަޑަމީއެއް ހިންގަން ފަށައިފިއެވެ.

އުމުރުން 4 އަހަރާއި 15 އަހަރާ ދެމެދުގެ ދެ ޖިންސުގެ ކުދިންނަށް ހުޅުވައިލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ކުރެންދޫގައި ކުޅިވަރުގެ އައު ޖީލެއް ބިނާކުރުން ކަމަށް ކުރިމަގު ފައުންޑޭޝަނުން ބުނެއެވެ.

މި ޕްރޮގްރާމްގައި އިރުޝާދު ދެނީ އޭ.އެފް.ސީ. ސީ ލައިސަން ކޯޗެއް ކަމުގައިވާ ކުރެންދޫ އަލީ މުހައްމަދެވެ.

މި ހަރަކާތް މިވަގުތު ކުރިއަށްގެންދަނީ ކުރެންދޫ ފުޓްސަލް ދަނޑުގައެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ތަރުހީބު ލިބޭ މިންވަރަށް ބެލުމަށްފަހު ކުރެންދޫ ރަސްމީ ދަނޑަށް ޕްރެކްޓިސް ބަދަލު ކުރެވިގެން ދާނެ ކަމަށް ވެސް ކުރިމަގު ފައުންޑޭޝަނުން ބުނެއެވެ.

ކުރެންދޫ ފުޓްބޯޅަ އެކަޑަމީގެ ޕްރެކްޓިސްގެ ތެރެއިން.. -ފޮޓޯ: ކުރިމަގު ފައުންޑޭޝަން

"މިއީ ކުރެންދޫގައި ކުރެންދޫ ރައްޔިތުންގެ މިންނެތް މަސައްކަތުން ޓާރފް ބޮޑު ދަނޑެއް ތަރައްގީ ކުރުމަށް ފަހު ރައްޔިތުން ދެކެން ބޭނުންވި އެއް ހުވަފެނެވެ. ފައުންޑޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވޮލީ ބޯލް، ނެޓްބޯލް، އެތުލެޓިކްސް އަދި ހޭންޑްބޯލް އެކަޑަމީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް އަތޮޅުގެ، މާލޭގެ، ރާއްޖެއިން ބޭރުގެ އެކިއެކި އެކަޑަމީ ތަކުގައި ކުރު މުއްދަތުގެ ތަމްރީން ޕްރޮގްރާމް ތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ." ކުރިމަގު ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *