...

Support Us

ޔޫރޯ2020: ހިތްވަރާއެކު މޮޅަށް ކުޅެ ޗެކް ރިޕަބްލިކް ކަޓައިފި

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި މިރޭ (މާލޭ ގަޑިން) 9:00 ގައި ކުޅުނު މެޗުން މޮޅުވެގެން ޑެންމާކު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. އަޒަރުބައިޖާންގެ ބާކޫ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ޗެކްރިޕަބްލިކާ ބައްދަލުކޮށް އެ ޓީމު މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގެ 5 ވަނަ މިނިޓްގައި ޗެކް ރިޕްބްލިކަށް މެޗަށް ސަމާލުކަން ވެސް ނުދެވި އުޅެނިކޮށް ޑެންމާކުން އެ މީހުންގެ ފުރަތަމަ ލަނޑު ޖަހައި މެޗްގެ ލީޑް ނެގިއެވެ. ޑެންމާކުގެ ޖެންސް ސްޓްރީޖަރ ލާރސެން ފަހިކޮށްދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ހުނަރުވެރި ކުޅުންތެރިޔާ ތޯމަސް ޑިލާނޭއެވެ. ޑެންމާކުން ލަނޑެއް ޖެހި ކަމުގައި ވިޔަސް ޗެކްރިޕަބްލިކުން އެ މީހުންގެ ޢަޒުމު ދުލެއް ނުކުރެއެވެ. ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ދެ ޓީމުން ވެސް ފޯރިގަދަ ކުޅުމެއް ކުޅެމުން ގެންދަނިކޮށް ޑެންމާކުން ދެ ވަނަ ލަނޑެއް ޖަހައި އެ މީހުންގެ ލީޑު ފުޅާކުރިއެވެ. މެޗްގެ ފުރަތަމަ ހާފު ނިމެމުން ދަނިކޮށް ހުނަރުވެރި ކުޅުންތެރިޔާ ޔޯކިން މޭއިލެ ފަހިކޮށްދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކޭސްޕާރ ޑޮލްބާރގެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެއެވެ. ނަމަވެސް ފުރަތަމަ ހާފުގައި ކުޅުމުގެ 55 އިންސައްތަ ކޮންޓްރޯލްކުރީ ވެސް ޗެކް ރިޕަބްލިކެވެ.

ދެވަނަ ހާފުގެ ކުޅުން ޗެކުން ފަށައިގަތީ ވެސް ހަމަ ހިތްވަރާއި އަޒުމާއެކީގައެވެ. ކުޅުން ރަނގަޅުކުރުމަށް ޓަކައި ޗެކްރިޕަބްލިކުން މި ހާފުގައި ދެ ކުޅުންތެރިޔަކު ބަދަލުވެސް ކުރިއެވެ. ތޯމަސް ހޯލްސްގެ ބަދަލުގައި ކުޅެން ނުކުތީ ޔައުގޫބު ޔަމްބްތޯއެވެ. ލޫކަސް މަސޯޕުސްތުގެ ބަދަލުގައި ކުޅޭން އެރީ މިޚައިލް ކްރުމެންޗިކެވެ. ހިތްވަރާއެކު ޗެކުން ކުޅެމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން ފަހު ހާފުގެ ހަތަރުވަނަ މިނިޓްގައި އެ މީހުން ލަނޑެއް ޖަހައި ޑެންމާކްގެ ލީޑް ހަނިކުރިއެވެ. އެއީ ވްލަޑްމީރް ކޯފާލް ފަހިކޮށްދިން ބޯޅައެއް ހުނަރުވެރި ކުޅުންތެރިޔާ ޕާތުރިކް ޝިކް ފޮނުވައިލި ބާރު ބޯޅައަކުންނެވެ. މި ބޯޅައަށް ގޯލް ކީޕަރު ހަރަކާތްކުރި ނަމަވެސް އޭނާގެ އަތުގައި ނުޖެހި ބޯޅަވަނީ ގޯލުގެ ކަނަށެވެ.

ފަހު ހާފުގައި ވެސް ލަނޑު ޖަހާނެ ކިތަންމެ ފުރުޞަތެއް ދެ ޓީމަށް ވެސް ލިބުނެވެ. ޑެންމާކަށް ލިބުނު ހުސް ދެ ފުރުޞަތެއް ވެސް ނާކާމިޔާބުކޮށްލީ ޗެކް ރިޕަބްލިކްގެ ކުޅަދާނަ ގޯލްކީޕަރެވެ. ގޯލެއް ޖެހޭތޯ ހިތްވަރާއެކު ޗެކްރިޕްބްލިކުން ކުރި ހުރިހާ މަސައްކަތެއް ފެނަށް ހަދައިލީ ޑެންމާކްގެ ހުނަރުވެރި ދިޕާޢީ ކުޅުންތެރިންނެވެ. ގޯލު ދިފާޢުކުރުމަށް ޓަކައި ޑެންމާކުން މެޗްގެ 81 ވަނަ މިނިޓްގައި މުހިންމު ދެ ބަދަލެއް ވެސް ގެނައެވެ. ތޯމަސް ޑިލާނޭގެ ބަދަލުގައި މަތިއާސް ޖެންސެން އަދިއެންޑްރިއާސް ކްރިސްޓެންސެންގެ ބަދަލުގައި ޔޯހިމް އެންޑަރސަން ކުޅެން ނެރުނެވެ.

މުޅި މެޗަށް ބަލާއިރު މުޅި މެޗްގެ 55 އިންސައްތަ ކޮންޓްރޯލް ކޮށްފައިވަނީ ވެސް ޗެކްރިޕަބްލިކެވެ. ފަހު ހާފުގައި ޑެންމާކްގެ ގޯލަށް ކިތަންމެ ބާރު ބޮޑުކުރި ނަމަވެސް އެއްވެސް ބޯޅައެއް ގޯލަކަށް ބަދަލުކޮށްލާކަށް ޗެކް ރިޕަބްލިކަށް ނަސީބު އެހީއެއް ނުވިއެވެ. ކޮންމެއަކަސް މިރޭ ގެ މެޗް 1-2ން ކާމިޔާބުކޮށްގެން ޗެމީ ފައިނަލުން ޖާގަ ހޯދީ ނަސީބުގަދަ ޑެންމާކެވެ. މި ނަތީޖާއާއެކު ޗެކް ރިޕަބްލިކް މުބާރާތާ އަލްވަދާޢުކިޔާން ޖެހުނީއެވެ.

މި ދިޔަ ޖޫން މަހު 12 ވަނަ ދުވަހުގެ ރޭ ޑެންމާކްގެ ކޯޕަން ހޭގަންގައި ޑެމްނާކާއި ފިންލެންޑް ބައްދަލު ކުރި މެޗްގެ ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ހޭނެތިގެން ކްރިސްޓިއަން އެރިކްސަން ދަނޑުމައްޗަށް ވެއްޓުނު ފަހުން ނަސީބު ވަނީ އެ މީހުންނަށް ހިނިތުންވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *