Support Us

އެމެރިކާގެ ދުއިސައްތައެއްހާ ކުންފުންޏަކަށް ސައިބަރާނީ ޙަމަލާތަކެއް

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email

އެމެރިކާގެ ދުއިސައްތައެއްހާ ގިނަ ކުންފުނިތަކަކަށް ސައިބަރާނީ ޙަމަލާތަކެއް ރޭ ދީފިއެވެ. އެމެރިކާގެ މުއައްސަސާއަކުން ތުހްމަތު ކުރާގޮތުގައި ރޭންސަމްވެއަރ ބޭނުންކޮށްގެން މި ދިން ޙަމަލާގެ ފަހަތުގައި އޮތީ ރަޝިއާގެ ޖަމާޢަތެއް ކަމަށް ބެލެވެއެވެ.

ރަޝާއިން އެމެރިކާގެ މުއައްސަސާތަކަށާއި ކުންފުނިތަކަށާއި މަރްކަޒުތަކަށް ސައިބަރާނީ ޙަމަލާތައް ދެމުންދާ މަސްއަލައަކީ އެމެރިކާ ރަޝިޔާ ދެކެ ރުޅި އަންނަ މަސއަލަތަކުގެ ތެރޭގައި ހިމެނޭ މަސްއަލައެކެވެ. އެންމެފަހުން ސުވިސްރާގައި ބޭއްވުނު އެމެރިކާ– ރަޝިޔާ ސަމިޓްގައި ވެސް މި މަސްއަލައާމެދު ބަޙުސްކުރެވުނެވެ.

ހަންޓްރެސް ލެބްސް އާ ޙަވާލާދީ މިއަދު ބީބީސީ ބުނިގޮތުގައި މި ޙަމަލާގެ އަމާޒަކަށް ވެފައިވަނީ ފްލޮރިޑާގައި ހުންނަ މައުލޫމާތާ ބެހޭ ފަންނިއްޔާތު ކުންފުންޏެއް ކަމުގައިވާ ކާސިޔާ ކުންފުންޏެވެ. މި ޙަމަލާ މި ކުންފުނީގެ ޕްރޮގްރާމުތައް ބޭނުން ކުރާ ކުންފުނިތަކުގެ ވިއުގައަށް ފެތުރިގެން ދިޔަ ކަމަށް ބީބީސީ ބުންޏެވެ.

ކާސިއާގެ އޮންލައިން ޞަފްޙާ ބުނާގޮތުގައި އެ ކުންފުނިން ދަނީ އެ ކުންފުނީގެ އިލެކްޓްރޯނިކް ނިޒާމަށް ދީފާނެ ކަމަށް "ލަފާކުރެވޭ ޙަމަލާއެއް" ތަޙްޤީޤު ކުރަމުންނެވެ. އެ ކުންފުނީގެ އިންޓަރނެޓްގެ އަމާންކަމާ ބެހޭ ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި މިއީ ރަޝިއާގެ "ރެވޭލް" ޖަމާޢަތުން ދިން ޙަމަލާއެއް ކަމަށް ލަފާކުރެވެއެވެ. ރޭންސަމްވެއަރ އުފައްދަނީ އެ ޖަމާޢަތުން ކަމުގައިވާތީއެވެ.

އިލެކްޓްރޯނިކް ސަލާމަތާއި ބިނާރާ ބެހޭ އެމެރިކާގެ އޭޖެންސީ ބުނާގޮތުގައި މި ޙަމަލާ ހުއްޓުވުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ދަނީ އަޅަމުންނެވެ.

ރޭންސަމްވެއަރ އަކީ ކޮމްޕިޔުޓަރަށް ޙަމަލާދޭ ވަރަށް ވަރުގަދަ ވައިރަހެކެވެ. މި ވައިރަހުގެ ސަބަބުން ކޮމްޕިޔުޓަރުގެ މަސައްކަތް ހުއްޓުވާލައެވެ. ނުވަތަ ކޮމްޕިޔުޓަރުގައި ރައްކައުކޮށްފައި ހުންނަ ހުރިހާ މަޢުލޫމާތުތަކެއް ގަޑުބަޑުކޮށްލައެވެ. މި ޙަމަލާދޭ މީހުން މި ކޮމްޕިޔުޓަރ އަލުން މަސައްކަތް ކުރާގޮތް ހަދައިދެނީ "ފިދްޔައެއް" ދެއްކީމައެވެ.

ތުހްމަތުގެ އިނގިލި ރަޝިއާގެ ރެވޭލް ޖަމާޢަތަށް

މި ޙަމަލާ ދިންކަން އެނގުނީ ހުކުރު ދުވަހު މެންދުރުފަހުން ދިގު ޗުއްޓީއަކަށް ކުންފުނި ބަންދުކުރަން އުޅެނިކޮށްނެވެ. މި ދިގު ޗުއްޓީ ނިމޭނީ ހޯމަ ދުވަހުންނެވެ. ކާސިއާ ލަފާކުރާ ގޮތުގައި މި ޙަމަލާ ދީފައިވަނީ އެ ކުންފުނީގެ ސަރވަރަށާއި ޑެސްކްޓޮޕް ކޮމްޕިޔުޓަރުތަކަށާއި ކުންފުނީގެ ނެޓްވަރކިންގ ޓޫލްސް އަށެވެ.

މި ޙަމަލާގެ ސަބަބުން ނުބައި އަސަރު ފޯރި އެއްވެސް ކުންފުންޏެއްގެ ނަމެއް ކާސިއާއިން ހާމައެއް ނުކުރެއެވެ. އެހެނަސް ކާސިއާގެ ކުންފުނިތައް 10 ޤައުމެއްގައި ހުރެއެވެ. އެ ކުންފުނީގެ 10 ހާސް އޭޖެންޓުން ތިބެއެވެ. ކާސިއާއިން މި ހުރިހާ ކުންފުނިތަކަކަށް އެ ކުންފުނިތަކުގެ ސަރވަރުތައް ބަންދު ކުރުމަށް ވަނީ އަންގައިފައެވެ.

ރެވޭލް ޖަމާޢަތަކީ ސައިބާރާނީ ޙަމަލާދިނުމުގައި ވަރަށް މަޝްހޫރު ޖަމާޢަތެކެވެ. އެ ޖަމާޢަތުން ދުނިޔޭގެ ފެންވަރުގައި މި ދޭ ޙަމަލާތަކުން އެ ޖަމާޢަތަށް ވަރަށް ބޮޑެތި ފައިދާތައް ލިބެއެވެ. މި އަހަރުގެ ކުރީކޮޅުގައި އެ ޖަމާޢަތުން Quanta ކުންފުންޏަށް ވަނީ ވަރަށް ވަރުގަދަ ސައިބަރާނީ ޙަމަލާއެއް ދީފައެވެ. މި ކުންފުންޏަކީ އެޕަލްއާއި އޭސަރ މަރުކާގެ ކޮމްޕިޔުޓަރ ސާމާނު ވިއްކާ ކުންފުންޏެކެވެ.  Business Insider ބުނާގޮތުގައި އެ ފަހަރު ރެވޭލް ކުންފުނިން 50 މިލިއަން ޑޮލަރުގެ ފިދްޔައަކަށް އެދުނެވެ.

އެމެރިކާގެ ދާޚީލީ އަމްނާ ބެހޭ އޮފީސް (އެފްބީއައި) ބުނާގޮތުގައި މި ހުސްވި ޖޫންމަހު ދުނިޔޭގެ އެންމެ ބޮޑު މަސް ކާރުޚާނާއަށް ދިން ސައިބާރާނީ ޙަމަލާގެ ފަހަތުގައި ވެސް އޮތީ މި ޖަމާޢަތެވެ. މި ޙަމަލާގެ ސަބަބުން އެމެރިކާގެ އެތައް ތަނެއްގައި ނަޢަމުސޫފި ކަތިލުން ހުއްޓިގެން ދިޔައެވެ.

ރެވޭލް ޖަމާޢަތަކީ ސައިބަރާނީ އަމްނާ ބެހޭ ތަޖްރިބާކާރުން ތަކެއް ހިންގާ 40 ޖަމާޢަތުގެތެރެއިން ޖަމާޢަތެކެވެ. މި ޖަމާޢަތުގެ އޮންލައިން ސައިޓަކީ "Happy Blog" އެވެ .މި ޖަމާޢާތުން ހުށައަޅާ މިންވަރަށް ފައިސާ ނުދައްކައިފިނަމަ މި ޖަމާޢަތުން ވަގަށް ނަގައި ލިޔުންތައް މި ބްލޮގްގައި ޝާއިޢު ކުރާނެކަމުގެ އިންޒާރު ދެއެވެ.