Support Us

ޔޫރޯ2020: ފޯރިގަދަ މެޗަކާއެކު ކްރޮއޭޝިއާ ރޮއްވައިލުމަށް ފަހު، ސްޕެއިން ގަދަ އަށަކަށް

ޔޫރޯ2020 ގައި ސްޕޭނާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗް 5-3ގެ ނަތީޖާއަކުން ސްޕޭން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ. މި ނަތީޖާއަކީ ޔޫރޯގެ ތާރީޚުގައި ވެސް ފެނުނު ދެވަނައަށް އެންމެ ފާހަގަކޮށްލެވޭ ނަތީޖާކަން މެޗްގެ ކޮމަންޓޭޓަރު ވެސް ފާހަގަކުރިއެވެ.

މިރޭ މާލޭ ގަޑިން 9:00 ގައި ޑެންމާކްގެ ކޯޕަންހޭގަންގެ ޕާރކެން ސްޓޭޑިއަމްގައި މެޗަށް ނުކުތުމުގެ ކުރީން ސްޕެއިންގެ ކޯޗު ލުއީސް އުންރީކޭ ފާހަގަކޮށްފައިވާ ގޮތުގައި މި މެޗް ވާނީ މުބާރާތުގައި މިހާތަނަށް ސްޕެއިން ކުރިމަތިލާންޖެހޭ އެންމެ އުނދަގޫ މެޗަށެވެ. ކްރޮއޭޝިއާގެ ވަރުގަދަ ހަމަލާތަކާއި ފަހަތުން ކުޅޭ ސުލޫކީ ކުޅުން އޭނާ ފާހަގަކުރިއެވެ. އެހެންކަމުން އެ ޓީމުގެ އަތުން މޮޅުވުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް ކޯޗު ފާގަހަކޮށްފައިވެއެވެ. ނަމަވެސް ހުރިހާ ކުޅުންތެރިން ވެސް ޒަޚަމެއް ނެތި ރަނގަޅު ޙާލަތެއްގައި ތިބިކަން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް ލުރީސް އުންރީކޭ ބުނެފައިވެއެވެ.

ސްޕެއިނާ ދެކޮޅަށް ކްރޮއޭޝިއާ ނުކުތް އިރު ވެސް އެ ޓީމަށް ގިނަ މައްސަލަތަކަކާ ވަނީ ކުރިމަތިވެފައެވެ. އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއަކު ކޮވިޑަށް ފައްސިވުމާއި، އަނިޔާގެ ބައެއް މައްސަލަތައް ޓީމަށް ކުރިމަތިވެފައިވުމަކީ ލިބޭ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ކޯޗް ފާހަގަކޮށްފައިވެއެވެ. ނަމަވެސް ބެންޗުގައި އެ މަގާމުތަކަށް ރަނގަޅު ކުޅުންތެރިން ތިބި ކަމަށާއި މާ ބޮޑު ތަފާތެއް ފެންނާނެކަމަށް ގަބޫލުނުކުރެވޭ ކަމަށް ކޯޗު ޒްލެޓްކޮ ޑާލިޗް ބުންޏެވެ.

މެޗް ފެށުމަށް ޓަކައި ގުރުލިބިގެން ފުތަރަމަ ބޯޅަ ކޮއްޓީ ސްޕޭނުންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފުރަތަމަ ކޮޅު ކްރޮއޭޝިއާގެ ތަޖުރިބާކާރުންގެ ހުނަރުވެރި ކުޅުމާއެކު ކްރޮއޭޝިއާއިން މެޗް ކޮންޓްރޯލް ނެގިއެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 20 ވަނަ މިނިޓްގައި ސްޕޭންގެ ގޯލު ސަރަހައްދަށް ބާރުބޮޑުކޮށްލި ވަގުތު ދިފާޢަށް ޓަކައި ސްޕޭންގެ ޕެޑްރީ ދިން ބޯޅައެއް ގޯލުކީޕަރު އުނައި ސިމޯންގެ ފައިގައި ޖެހި، ކޮންޓްރޯލް ނުކުރެވިގެން، ބައި ކޮޅަށް ވަދެގެން ކްރޮއޭޝިއާއަށް މެޗްގެ ލީޑް ލިބުނެވެ. ނަމަވެސް އެ ބާރު މިނުގައި ކްރޮއޭޝިއާއަށް ހިފަހައްޓައިލެވޭ ގޮތެއް ނުވިއެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅަށް އައި އިރު ސްޕޭންގެ ކުޅަދާނަ ކުޅުންތެރީން ކްރޮއޭޝިއާގެ ގޯލަށް ބާރުބޮޑުކުރާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 38ވަނަ މިނިޓްގައި ޕަބްލޯ ސަރާބިއާ ޖަހައިދިން ލަނޑުން ސްޕެއިނަށް އުންމީދު އާކޮށްދިނެވެ. މި ބޯޅައަކީ ކީޕަރުގެ ފައިގައި ޖެހިފައި ނުކުތް ބޯޅައެއް ކްރޮއޭޝިއާގެ ދިފާޢީ ކުޅުންތެރީންނަށް ސަލާމަތް ނުކުރެވިގެން އުޅެނިކޮށް ޕަބްލޯ ސަރާބިއާ ގޯލަށް ބޯޅަ ފޮނުވައިލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

ދެވަހަ ހާފު ފަށައިގެން ވެސް ފެނުނީ ވަރަށް ފޯރިގަދަ ކުޅުމެކެވެ. އެއް ޓީމުން އަނެއް ޓީމަށް ބާރު ބޮޑުކުރަމުން ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 57 ވަނަ މިނިޓްގައި ސީޒާރ އާސްޕީލީކްވެޓާ ބޮލުން ފޮނުވައިލި ބޯޅައަކުން ސްޕޭނުން ދެވަނަ ލަނޑު ކާމިޔާބުކޮށް އެ މީހުންގެ ލީޑް ފުޅާކުރިއެވެ. ފަހަރަކަށްވުރެ ފަހަރެއް ބާރު ބޮޑުކުރަމުން ގޮސް މެޗްގެ 77 ވަނަ މިނިޓގައި ޕައު ޓޮރޭސް ދިން ބޯޅައަކުން ފެރާން ޓޮރޭސް ޖެހި ހިތްގައިމު ބޯޅައާއެކު ތިން ވަނަ ލަނޑު ކާމިޔާބުކޮށް ގާތްގަނޑަކަށް މެޗްގެ ކާމިޔާބީ ޔަގީންކޮށްދިނެވެ.

ނަމަވެސް ކްރޮއޭޝިއާ ވެސް ހިތްވަރު އެލުވައިނުލައި މަސައްކަތްކުރަމުން ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 85 ވަނަ މިނިޓްގައި ކްރޮއޭޝިއާގެ މިސްލާވް އޮރްސިޗް ޖެހި ލަނޑުން ކްރޮއޭޝިއާއަށް އަލުން އުންމީދު އާކޮށްދިނެވެ. މި ލަނޑު ސްޕޭންގެ ދިފާޢީ ކުޅުންތެރިއެއް ގޯލުތެރޭގައި ހުރެ ދިފާޢު ކުރި ނަމަވެސް ގޯލު ފަންނިއްޔާތުން އެ ބޯޅަ ގޯލު ރޮނގު ހުރަސްކުރިކަމަށް ރެފްރީގެ ގަޑިން ދެއްކިއެވެ. އެހެންކަމުން ސްޕޭނުން މައްސަލަ ޖެއްސި ނަމަވެސް އެއީ ލަނޑެއް ކަމަށް ފަންނިއްޔާތު ސާބިތުކޮށްދިނެވެ. އަދި އިތުރު ވަގުތުގައި މިސްލާވް އޮރްސިޗް ފަހިކޮށްދިން ބޯޅައެއް މާރިއޯ ޕަސަލިޗް ގޯލަށް ފޮނުވައިލައިގެން ނަތީޖާ ހަމަހަމަކުރިއެވެ. މެޗްގެ އަސްލު ވަގުތު ނިމުނީ މި ނަތީޖާގައި އޮވެއެވެ.
ނަމަވެސް ގަވާއިދު ބުނާ ގޮތުން ނަތީޖާ ނެރުމަށް ޓަކައި 15 މިނިޓްގެ އިތުރު ދެ ބުރެއް ކުޅޭންޖެހެއެވެ. އެ ގޮތުން އިތުރު ވަގުތުގައި ކުޅެ، މެޗުގެ ޖުމުލަ 100 ވަނަ މެޗްގައި ދާނީ އޮލްމޯ ދިން ބޯޅައެއް ގޯލަށް ފޮނުވައިލައިގެން އެލްވަރޯ މޮރާޓާ ކާމިޔާބުކޮށްދިން ލަނޑާއެކު ސްޕޭނަށް އަލުން އުންމީދު އާކޮށްދިނެވެ. މެޗްގެ 103 ވަނަ މިނިޓްގައި އަނެއްކާ ވެސް ދާނީ އޮލްމޯ ފަހި ކޮށްދިން ފުރުޞަތެއްގައި މިކެލް އޮޔަރްޒަބާލް ޖެހި ލަނޑުން ސްޕޭން ލީޑް ފުޅާކޮށް އުންމީދު ވަރުގަދަކޮށްދިނެވެ. މެޗް ނިމުނީ 5-3ގެ މި ނަތީޖާއާއެކު ސްޕޭން މެޗް ކާމިޔާބުކޮށްގެންނެވެ.

މި ރޭ 12 ޖަހާއިރު ވެސް ޔޫރޯ 2020ގެ މެޗެއް އެބަ އޮތެވެ. ނަމަވެސް ފަރަންސޭސީންނާއި ސްވިޒަރލޭންޑް ބައްދަލުކުރާ މި މެޗްގެ ވާދަވެރިކަން މާ ބޮޑު ވެދާނެ ކަމަކަށް ނުބެލެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *