...

Support Us

ހަޔާތުގެ މާނައަކީ..؟

ހަޔާތުގެ މާނައަކީ ކޮބައިހޭ މީހަކު އެއްސެވެ. ޖަވާބުގައި، އެހެން މީހަކު، މީސްމީހުން ހަޔާތަކީ ކޮބައިކަން ބުނެދިނުމުގެ ގޮތުން ކިޔައިފައި ހުރި ބައެއް ވާހަކަ ބުންޏެވެ. "ހަޔާތަކީ ނަރަކައެކެވެ، ރޫސީ ލިޔުންތެރިޔާ ދޫސްތުވިސްޓްސްކީ ބުނެފައިވެއެވެ. ހަޔާތަކީ އިމްތިހާނެކެވެ، ޔޫނާނީ ފަލްސަފާވެރިޔާ ސޮކްރާޓިސް ބުނެފައި އޮވެއެވެ. ހަޔާތެއް ލިބިގަނެވޭނީ ބުއްދި ބޭނުންކޮށްގެން ކަމުގައި ޔޫނާނީ އެހެން ފަލްސަފާވެރިއެއް ކަމުގައިވާ އަރިސްޓޯޓުލިސް ބުނެފައި އޮވެއެވެ. ހަޔާތަކީ ބާރެވެ. ހަޔާތެއް ލިބެނީ ބާރެއް ލިބިގެންނެވެ. ޖަރުމަނުގެ ފަލްސަފާވެރިޔާ ނީޗްޝޭ ބުނެފައި އޮވެއެވެ. ހަޔާތަކީ މަރެވެ. އާދެ، ހަޔާތަކީ މަރުން ނިމޭ، އޭގެ ބޭނުމެއް ނެތް އެއްޗެކޭ ދޭހަވާ ގޮތަށް ނަފްސާނީ ތަހުލީލީ އިލްމުގެ ބާނީ ފްރޯއިޑު ބުނެފައި އޮވެއެވެ. ހަޔާތެއް އުފައްދާލެވެނީ ފިކުރުގެ ޒަރިއްޔާއިން ކަމަށް ކޮމިޔުނިސްޓު އަގީދާގެ ބާނީ ކާރލް މާކްސް ބުނެއެވެ. ކުރެހުންތެރި ފަންނާނު ޕިކާސޯ ބުނަނީ ހަޔާތަކީ ފަންނު ކަމުގައެވެ. އިންޑިޔާގެ މިޒަމާނުގެ ބައްޕަކަމުގައި ބެލެވޭ ގާންދީ ބުނަނީ ހަޔާތަކީ ލޯބިކަމުގައެވެ. ހަޔާތެއް ލިބެނީ އެންމެން ދެކެވެސް ލޯބިވެވި، އެންމެނަށް ކަމޭ ހިތައިގެން ކަމެވެ. ފަލްސަފާވެރި ޝޯޕެންހާއޯރ ބުނަނީ ހަޔާތަކީ ވޭނާއި ކެކުޅުން ތަހައްމުލުކުރުން ކަމުގައެވެ. އެޕަލް ކުންފުނީގެ ބާނީ ސްޓީވެ ޖޮބްސް ބުނަނީ ހަޔާތަކީ އީމާން ކަމެވެ. އެމީހަކު ގަބޫލުކުރާ ކުރުމުގެ މައްޗަށް އަމަލުކޮށް އެމީހަކު ބޭނުންވާ ކަމެއް ހަގީގަތަކަށް ހަދާލަން ލިބޭ ފުރުސަތެއް ކަމެވެ. ސައިންސު އިލްމުވެރިޔާ އައިންސްޓަައިން ބުނަނީ ހަޔާތަކީ މައުރިފާކުރުން ކަމުގައެވެ. ސިކުނޑި ބޭނުންކޮށްގެން ކަންކަން ދެނެގަތުމަށް ލިބޭ ފުރުސަތެއްކަމެވެ. ލިޔުންތެރި އަދީބު ކަފްކާ ބުނަނީ ހަޔާތަކީ ފެށުމެއް ކަމެވެ. ތިމާ ކުރަން ބޭނުންވާ ކަންކަން ކުރުމުގެ ފެށުމެއް ކަމެވެ.

ކޮންމެ އަކަސް މަތީގައި އެވަނީ އެކި މީސްމީހުން، ހަޔާތާ ބެހޭ ގޮތުން ބުނެފައިވާ ވާހަކައެވެ. ދެން ސުއާލުކޮށްލެވުނީ ކިޔުންތެރިޔާގެ ނަޒަރުގައި ހަޔާތަކީ ކޮބައިތޯއެވެ؟ އެއް ކިޔުންތެރިއެއް ބުނި ވާހަކައިގައި އަޅައިގަތެވެ. އޭނާ ބުނީ ހަޔާތަކީ ބާރަށް ދަތުރުކުރަމުންދާ ރޭލެއް ފަދަ އެއްޗެކެވެ. ދޭތެރެ ދޭތެރެއިން، އިޝާރާތެއް ވެސް ކޮށްލުމަކާ ނުލައި އެ ރޭލު މަޑުޖައްސާލައެވެ. އެއްބަޔަކު ބާލައި އަނެއް ބަޔަކު ހަޔާތުގެ ރޭލުގެ ދަތުރުގައި ބައިވެރިކޮށް، ދުއްވާލައި އަލުން ހަޔާތުގެ ދަތުރު ފަށައި ކުރިއަށް ދިޔުމަށެވެ! އާދެ، މިކަން އެންމެ ސާފުކޮށް ފެނިގެން މިދަނީ ކޮވިޑުގެ ރޯގާގެ ތެރެއިންނެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.