...

Support Us

"ގެދޮރުވެރިޔާ ފުލެޓް"ގެ 1000 ޔުނިޓުގެ މަސައްކަތް ފަށައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިޢުލާން ކުރާ ގެދޮރުވެރިޔާ ފުލެޓް، ސޯޝަލް ހައުސިންގެ ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 1000 ޔުނިޓުގެ މިކްސްޑް ރެސިޑެންޝަލް ހައުސިންގ ޕްރޮޖެކްޓް މިއަދު ފަށައިފިއެވެ.

ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށްވާ އަތް ފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަކީ އެޕޯލޯ ހޯލްޑިންގްސްއާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ބުނެއެވެ. ޑިވެލޮޕަރ ފައިނޭންސިންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢަކީ ރާއްޖޭގެ ކުންފުންޏަކުން އިމާރާތް ކުރާ އެންމެ ބޮޑު ގެދޮރުވެރިކަމުގެ މަޝްރޫޢުއެވެ. 

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންްފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

"މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް ހައުސިންގ އަކީ ކައުންސިލްގެ ފަރާތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ޔުނިޓުތަކެކެވެ. މި ޔުނިޓުތަކަކީ ހަމައެކަނި ލީސްކުރާ ނުވަތަ ލީސް މޮޑެލަށް ދެވޭ ޔުނިޓުތަކެކެވެ. އަދި އެފޯޑަބަލް ހައުސިންގެ ދަށުން ލީސް ޓު އޯން އުސޫލުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ޔުނިޓުތަކަކީ މަހު ކުލި ދައްކާ ޔުނިޓަށްވާ ޖުމްލަ ފައިސާ ދައްކާ ހަލާސް ކުރުމުން އެފަރާތުގެ ނަމުގެ މައްޗަށް ރަޖިސްޓްރީ ބަދަލު ކުރެވިގެންދާނެ ޔުނިޓުތަކެކެވެ. އަދި މި ޔުނިޓުތަކުގެ އަގު ކޮންޓްރޯލު ކުރުމަށް ވީހާވެސް ކުޑަ އަގެއްގައި މި ފަރާތްތަކަށް މި ޔުނިޓުތައް ދިނުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އަދި ސަރުކާރުން މަހު ކުލީގެ ގޮތުގައި ނެގުމަށް ޓާގެޓް އަގުތަކެއް ވަނީ ކަނޑައެޅިފައެވެ." އެޗް.ޑީ.ސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މިޑް ލެވެލް ހައުސިންގ އަކީ ޕްރޮޖެކްޓް ހިންގާ ފަރާތުން ކަނޑައެޅިފައިވާ އަގުތަކަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޔުނިޓުތަކެކެވެ. މިގޮތުން ޑިވެލޮޕަރުގެ ފަރާތުން ވިއްކުމަށް ހަމަޖެހިފައިވާ މިޑް ލެވެލް ހައުސިންގ ޔުނިޓުތަކުގެ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 2،400 ރުފިޔާއަށްވުރެ ބޮޑު ނޫން އަގެއް ހަމަޖެއްސުމަށް މި އެއްބަސްވުމުގެ ދަށުން ވަނީ ކަނޑައެޅިފައި ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ. އެއީ؛

"މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރެވޭ ޔުނިޓުތަކަކީ ޖާގައިގެ ގޮތުންނާއި އަދި އަގުގެ ގޮތުން ވެސް ސަރުކާރުން ކުރިން ހިންގާފައިވާ މަޝްރޫޢުތަކާއި އަޅާބަލާއިރު ގިނަ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ޔުނިޓުތަކެކެވެ. މިގޮތުން ޔުނިޓުތަކުގެ އަގު  ނުވަތަ އިމާރާތް ކުރުމަށް ދާ ޙަރަދު ކަނޑައެޅިފައިވަނީ މިހާރު މާކެޓް ނުވަތަ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގައި ކަނޑައަޅާފައިވާ އަގުތަކަށް ވުރެއް ނިސްބަތުން ކުޑަކުރެވިގެންނެވެ. މިގޮތުން ހިޔާ 7000 ހައުސިންގ ޔުނިޓުތަކާއި އަޅާބަލާނަމަ ކައުންސިލް ހައުސިންގެ ގޮތުގައި ކަނޑައެޅިފައިވާ ޔުނިޓުތަކުގެ އަގު ވަނީ 27 އިންސައްތަ ކުޑަކުރެވިފައެވެ." އެޗް.ޑީ.ސީން ބުނެއެވެ. "1 ވަނަ ސްޓޭޖް 31 މާރިޗު 2023 ނިއްމުމަށް ހަމަޖެހިފައިވާއިރު ސްޓޭޖް 2 އަދި 3 ގެ މަސައްކަތް 31 އޮކްޓޯބަރު 2023ގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށް ފެންވަރު ރަނގަޅު އަދި ޖާގައިގެ ގޮތުން ތަނަވަސް ފުލެޓުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު ރަސްމީކޮށް ފެށިގެން މިދިއަ މަސައްކަތުގެ އިތުރުން ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ވެސް ރޭވިފައި ހުރިކަން މިފުރުޞަތުގައި ފާހަގަކުރަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *