...

Support Us

ރައީސް ބައިޑްން (ކ) ރައީސް އުރްދުޣާން

ބައިޑްންގެ ބައްދަލުވުން- ތެދުވެރި، ބިނާކުރަނިވި ބައްދަލުވުމެއް: އުރްދުޣާން

ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ނޭޓޯ ސަމިޓްގެ ހަވާސާމަތީގައި އެމެރިކާގެ ރައީސް ޖޯ ބައިޑްނާ ރޭ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމަށްފަހު އުރްދުޣާން ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ބައްދަލުވުމަކީ ތެދުވެރި، ބިނާކުރަނިވި ބައްދަލުވުމެކެވެ. އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި ޙައްލު ނުކުރެވޭނެ އެއްވެސް މަސްއަލައެއް ނެތެވެ." އަނެއްކޮޅުން ބައިޑްން ސިފަކުރެއްވި ގޮތުގައި "މިއީ ވަރަށް ރަނގަޅު" ބައްދަލުވުމެކެވެ.

ނޭޓޯ ސަމިޓްގެ ހަވާސާމަތީގައި ބްރަސަލްސްގައި ބޭއްވުނު މި ބައްދަލުވުމަށްފަހު އުރްދުޣާން ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވިއެވެ. ބައިޑްނާއެކު ބޭއްވުނު ބައްދަލުވުމުގައި "ވަރަށް އޮލަކޮށް ވާހަކަދެއްކުންތައް" ކުރިއަށް ދިޔައެވެ. އޭގެތެރޭގައި ސަރަޙައްދީ މަސްއަލަތަކުގައި އެއްބާރުލުން ވަރުގަދަކުރުން ހިމެނުނެވެ. ރައީސް އުރްދުޣާން ވިދާޅުވިގޮތުގައި ރައީސް ބައިޑްނާ އޭނާއާ ދެމެދުގައިވާ ރަޙްމަތްތެރިކަމަކީ ވަރަށް ޒަމާންވީ ރަނގަޅު ރަޙްމަތްތެރިކަމެކެވެ. އުރްދުޣާން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޙައްލު ކުރަން ބުރަ އުދަނގޫ އެއްވެސް މަސްއަލައެއް އެމެރިކާއާ ތުރްކީއާ ދެމެދުގައެއް ނެތެވެ." އޭނާ ވިދާޅުވިގޮތުގައި "އެ ދެ ޤައުމުގެ ދެމެދުގައި ދެ ބަސްވުން ހުރި މަސްއަލަތަކަށްވުރެ އެއްބާރުލުމުގެ މައިދާންތައް މާ މުއްސަނދިވެފައި މާ ތަނަވަހެވެ."

ރައީސް އުރްދުޣާން ވިދާޅުވިގޮތުގައި އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ކުރިއަށް ގެންދިޔުމަށް ޓަކައި މި ބައްދަލުވުމަކީ ވަރަށް އީޖާބީ ބައްދަލުވުމެކެވެ. ތުރްކީވިލާތަށް ޒިޔާރަތް ކުރެއްވުމަށް ދަޢުވަތު އެރުއްވިކަމަށާއި މި ދަޢުވަތަށް ވަރަށް އަވަހަށް އިޖާބަ ދެއްވާނެ ކަމަށް ރައީސް ބައިޑްން ވިދާޅުވިކަމަށް އުރްދުޣާން ހާމަކުރެއްވިއެވެ. ރައީސް އުރްދުޣާން ވިދާޅުވިގޮތުގައި "ގުޅިފައިވާ މަޞްލަޙަތުތަކުގެ މައިދާނުގައި އެއްބާރުލުމުގެ ފުރްޞަތުތައް ބިނާކުރުމާ ބެހޭގޮތުން" މަޝްވަރާކުރެވުނެވެ.

އެމެރިކާއާއި ތުރްކީއާ ދެމެދުގައި އެންމެ ނުތަނަވަސްކަން ބޮޑުވެފައިވާ ރޫސީވިލާތުގެ އެސް– 400 ދިފާޢީ ނިޒާމާއި އެމެރިކާގެ އެފް 35 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުގެ މަސްއލައިގައި އަންކަރާގެ ސާބިތު ސިޔާސަތު ރައީސް ބައިޑްނަށް ސާފުކޮށް ދެއްވި ކަމަށް އުރްދުޣާން ވިދާޅުވިއެވެ. އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ވައިގެ ބަނދަރު އަމާން ތަނަކަށް ހެދުމަށް ޓަކައި ޕާކިސްތާނާއި ހަންގެރީގެ އެހީ ހޯދުމުގެ މަސްއަލައާމެދު އަންކަރާ ދެކޭގޮތް ރައީސް ބައިޑްނާ ޙިއްޞާ ކުރެއްވި ކަމަށް ވެސް އުރްދުޣާން ވިދާޅުވިއެވެ.

ރައީސް ބައިޑްނާއި ރައީސް އުރްދުޣާންގެ ބައްދަލު ކުރެއްވުން 45 މިނެޓު އިރަށް ދެމިގެންދިޔައެވެ.

ބައިޑްނާ ބައްދަލު ކުރެއްވުމުގެ ކުރިން ރައީސް އުރްދުޣާން ޖަރްމަނުގެ މުސްތަޝާރާ އެންޖަލާ މަރކްލާއި ފަރަންސޭސި ރައީސް އިމަނުވޭލް މެކަރޯނާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަނާ ބައްދަލު ކުރެއްވިއެވެ. އުރދުޣާން ވދާޅުވިގޮތުގައި "ސޫރިއާއާއި ލީބިޔާގެ މަސްއަލައިގައި އެ ދެ ޤައުމަށް އެކުގައި މަސައްކަތް ކުރެވިދާނެ ކަމަށް" އުރްދުޣާން ރައީސް މެކަރޯނަށް ދެންނެވިއެވެ.

ނޭޓޯގެ ދައުރު ކުރުންތެރިކުރުން

އުރްދުޣާން ވިދާޅުވިގޮތުގައި "ނޭޓޯގެ ކުޑައަށް ބޭނުންވާ ކޮންމެ ސަރަޙައްދެއްގައި ނޭޓޯއަށް ކުރުންތެރި ދައުރެއް އަދާކުރެވިދާނެ" އެވެ. "މެޑިޓެރޭނިއަން ކަނޑުން ކަޅު ކަނޑަށް ޔޫރަޕުން އޭޝިޔާއަށް ނޭޓޯގެ ދައުރު ފުޅައު ކުރެވިދާނެކަމަށް" އުރްދުޣާން ވިދާޅުވިއެވެ. "ނޭޓޯ ޢަސްކަރީގޮތުން ވަރުގަދަ ކުރުމަށް ޓަކައި ސިޔާސީ ދުރުމިންތައް ހަރުދަނާ ކުރުމަށް ޓަކައި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް" އޭނާ ވިދާޅުވިއެވެ.

އުރްދުޣާން ވިދާޅުވިއެވެ. "ތުރްކީން ސަރަޙައްދުން ބޭރުގައި އެކުވެރީންގެ އަމަންއަމާންކަން ރައްކައުތެރިކުރުމުގައި ޙިއްޞާވާ ގޮތަށް ތަންފީޒު ކުރަމުންދާ ޢަމަލުތަކަކީ އިޚްތިޔާރީ ކަމެއްނޫނެވެ. އެހެނަސް އެއީ އަދާކުރަން ޖެހޭ ވާޖިބެކެވެ. "އޭނާ ވިދާޅުވިގޮތުގައި ތުރްކީގެ އުންމީދަކީ ކުރިމަގުގައި" ސިޔާސީ ހަނި އެކައުންޓްތައް "ބަންދުކޮށް ތުރްކީއާއެކު އެއްބައިވެ އެކަތިގަނޑަކަށްވުން ފުރިހަމައަށް ލިބުމެވެ.

ރައީސް އުރްދުޣާންގެ ވާހަކަފުޅުގައި ނިރުބަވެރިކަމުގެ މަފްހޫމު ރަނގަޅު ގޮތުގައި ދެނެގަތުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ނުބައި މަފްހޫމުގައި މާނަކޮށްގެން ނިރުބަވެރިކަން ނައްތައެއް ނުލެވޭނެއެވެ. އެހެނަސް އެ ފަދަ ޖަމާޢާތްތަކަށް އޭރުން ލިބޭނީ އިތުރު ހިތްވަރެވެ.

ދާޢިޝް އާ ސީދާ ހަނގުރާމަ ކުރީ ތުރްކީ

ނިރުބަވެރިކަމާ ދެކޮޅަށް ތުރްކީން ކުރަމުންދާ ހަނގުރާމައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އުރްދުޣާން ވިދާޅުވިއެވެ. "އަހުރެމެންގެ ސަރަޙައްދުން ބޭރުގައި ނިރުބަވެރީންނާ ދެކޮޅަށް ހަނގުރާމަކޮށް އަހުރެމެން ވާނީ އަށް ހާސް ނިރުބަވެރީންނާއި 200 ކިލޯމީޓަރުގެ ސަރަޙައްދެއް ތާހިރުކޮށްފައެވެ. ދާޢިޝާ ސީދާ ހަނގުރާމަ ކުރި ނޭޓޯގެ ހަމައެކަނި ޤައުމަކީ ތުރްކީއެވެ. އުތުރު ސޫރިއާގައި ތިބި ނިރުބަވެރީން ފުހެލައި ނައްތައިލީ ތުރްކީންނެވެ."

ތިންވަނަ ފަރާތެއް މެދުވެރިނުކޮށް މަސްއަލަތައް ޙައްލު ކުރުން

ރައީސް އުރްދުޣާން ގްރީސްގެ ބޮޑުވަޒީރު ކިރިޔާކޮސް މިތްސޫޓާކީސްއާ ވެސް ބައްދަލު ކުރެއްވިއެވެ. އުރްދުޣާން ސިފަކުރެއްވި ގޮތުގައި މި ބައްދަލުވުން ވަރަށް ރަނގަޅެވެ. "އީޖާ ކަނޑުގެ މަސްއަލައިގައި އަދި އެހެން ވެސް މަސްއަލަތަކުގައި ތިންވަނަ ފަރާތެއް މެދުވެރި ނުކުރުމަށް" ތުރްކީގެ ރައީސް ގްރީސްގެ ބޮޑުވަޒީރަށް ގޮވައިލެއްވިއެވެ. "ޟަރޫރީ ޙާލަތްތަކުގައި އެ ދެ ޤައުމުގެ ކަމާ ބެހޭ ޗެނެލްތައް މެދުވެރިކޮށް  މަސްއަލަތައް ޙައްލު ކުރުމަށް" އެއްބަސްވެވަޑައިގެންނެވުނު ކަމަށް އުރްދުޣާން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *