Support Us

ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށް ނެގި މީހަކު ހޯދަނީ

އެމް.އެން.ޑީ.އެފުން ބަލަހައްޓާ ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށް ނަގައިފައިވާ މައްސަލައާ ގުޅިގެން މީހަކު ހޯދަން އޭނާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހަކީ މެއި 12 ވަނަ ދުވަހުގެ ވަގުތެއްގައި ކުޑަކުދިންގެ ބަގީޗާ ތެރޭގައި ހުރި ދޫނި ކޮއްޓަކުން ދޫންޏެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ބަންދުކޮށްފައި ހުރި ތަނެއްގެ ތެރެއަށް ވަދެ އެއްޗެއް ހިފައިގެން މީހަކު ދާތަން ފެނެއެވެ.

"ވީމާ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 486858 އެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އާ!ތީދެން ނުވެ އޮތް ކަމަކީ. ރަގަޅު ތިމީހާވެސް ފެނިއްޖިޔާ! އާނދޮގެ… މިއޮތްހުރިހާ ގޮތް ނޭނގޭ މަރުތައް ބަހައްޓާފައި އެެ ދުވަނީ އެސޮރު ފަހަތުންވިއްޔާ… މީހަކު އަޅެ ބުރާންޗެއްނުވާނެތާ…މިހާރު ގޭމު ކޮމާންޑް ދޭންވެސް އެހުރީ ދީނީ ބޭފުޅެއްވިޔާ… ކުޑަމިނުން އަފްރާޝީމްގެ މަރުގެ ވެރިން ހޯދަން އިނގިއްޔެއްވެސް އުފުލިއްޔާ ވާނީ ކީއް!!!ހުސް ހުދުމުހުތާރުން…ނަންވާނީ މައުމޫންފަކީރު!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް