...

Support Us

ޔޫރޯ 2020: ޕޮލެންޑްގެ މައްޗަށް ފަސްވަނަ މޮޅެއް ސްލޮވޭކިއާއިން ހޯދައިފި

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި މިރޭ ރާއްޖޭ ގަޑީން 9:00 ގައި ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ސްލޮވޭކިއާ ކާމިޔާބުކޮށްފިއެވެ.

ޕޮލޭންޑްގެ ގްރްޒެގޯޒް ކްރިޝޮވިއާކް ރަތް ކާޑަކާއެކު ކުޅުމުން ދުރަށް ދާން ޖެހުމުގެ ސަބަބުން 10 ކުޅުންތެރީންނާއެކު ޕޮލެންޑަށް ކުޅޭން ޖެހުނު މި މެޗަކީ މުބާރާތުގެ ގްރޫޕް "އީ"ގައި ހިމެނޭ އެންމެ ވަރުގަދަ ދެޓީމު ކަމަށް ބެލެވެއެވެ. ރަޝިއާގެ ސެއިންޓް ޕީޓަރސްބާގް ސްޓޭޑިއަމްގައި މި މެޗު ކުޅުނުއިރު މެޗް ބަލާން ސަޕޯޓަރުން ވަނުމުގެ ފުރުޞަތުވަނީ ކޮވިޑާގުޅޭ ޚާއްޞަ އުޞޫލެއްގެ ދަށުން ދީފައެވެ. މިއީ 67،800 މީހުންގެ ޖާގައިގެ އިސްޓޭޑިއަމެއް ކަމަށް ވިޔަސް އިޖުތިމާޢީ ގައިދިރުކަން ބެހެއްޓުން ލާޒިމުކުރާތީ ކުޅިބަލާން ވަންނާން ހުއްދަ ކުރީ މީގެ ދެބައިކުޅައެއްބައަށްވުރެ ވެސް މަދު ޢަދަދެއްގެ ބަޔަކަށެވެ.

މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗްގެ 18 ވަނަ މިނިޓްގައި ސްޒްޒެސްނީ ޖެހި ލަނޑާއެކު ސްލޮވެކިއާއިންނެވެ. ނަމަވެސް މެޗްގެ ފަހުބައިގެ ކުޅުން ފެށުނުތަނާ، މެޗްގެ 45 މިނިޓް 32 ސިކުންތުގައި ކެރޯލް ލިނެޓީ ޖެހި ލަނޑާއެކު ދެ ޓީމު އެއްވަރުވިއެވެ. މިއީ ޔޫރޯގެ ތާރީޚުގައި ވެސް ޖެހި ދެވަނައަށް އެންމެ އަވަސް ގޯލެވެ.

ދެވަނަ ހާފަށް ނުކުތް އިރު އެ މީހުން އަދަދުގެ ފައިދާ ސްލެވޭކިއާއިން ނެގިއެވެ. ނަތީޖާއެއްގެ ގޮތުން އިންޓަރމިލާންގެ ދިފާޢީ ކުޅުންތެރިޔާ މިލާން ސްކްރިނިއާރ 69 ވަނަ މިނިޓްގައި ޖެހި ލަނޑާއެކު ނަތީޖާ ބަދަލުކޮށްލިއެވެ.

މި ރޭ ކުޅުނު މެޗްގެ އިތުރަށް މި ދެ ޓީމު މީގެ ކުރީން ވެސް އަށް ފަހަރެއްގެ މަތިން ބައްދަލުކޮށްފައި ވެއެވެ. މި އަށް މެޗްގެ ތެރެއިން ހަތަރު ފަހަރަކު ސްލޮވާކިއާ މޮޅުވެފައިވެއެވެ. ޕޮލޭންޑް މޮޅުވީ ތިން ފަހަރަކުއެވެ. ދެ ޓީމު އެއްވަރުވީ އެއް ފަހަރުއެވެ.

މިރޭ 12:00 ގައި ދެން ކުޅޭން ހަމަޖެހިފައިވަނީ ސްޕޭނާއި ސްވިޑްން ބައްދަލުކުރާ މެޗެވެ. މިއީ ވެސް ގްރޫޕް "އީ"ގެ މެޗެކެވެ. މި ގްރޫޕްގައި މިހާރު އެންމެ ކުރީގައި އޮތީ މިރޭ ކުޅުނު މެޗުން ހޯދި 3 ޕޮއިންޓާއެކު ސްލޮވޭކިއާ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *