Support Us

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. ޢަބްދުލްޙަންނާން ވަޙީދު

އެމް.ކިޔު.އޭގެ ސީއީއޯ އަކަށް އަނެއްކާ ވެސް ޑރ. ޢަބުދުލްޙަންނާން

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ޑރ. ޢަބްދުލްޙަންނާން ވަޙީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަންކުރައްވައި އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު އުފައްދަވައި ބޯޑަށް މެންބަރުން ޢައްޔަންކުރައްވައިފިއެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ"އަށް، އެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން، ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ޑރ. ޢަބުދުލްޙަންނާން ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމާ އެއް ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ޤާނޫނުގެ ދަށުން "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" އުފެއްދެވުމުގެ ކުރިން ވެސް އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމު ފުރުއްވަމުން ގެންދެވީ ޑރ. ޢަބުދުލްޙަންނާނެވެ. ޑރ. ޢަބުދުލްޙަންނާނަކީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް)ގެ ސީ.އީ.އޯގެ މަޤާމާއި ތައުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ޑރ. ޢަބުދުލްޙަންނާން ޕީއެޗްޑީ ޙާޞިލުކުރައްވާފައި ވަނީ އެޑިއުކޭޝަންގެ ދާއިރާއިން، އޮސްޓްރޭލިޔާގެ ކްއީސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރީޓީގެ އެޑްވައިޒަރީ ބޯޑް" އުފައްދަވައި އެ ބޯޑަށް ތިރީގައި ދަންނަވާފައިވާ މެންބަރުން ޢައްޔަންކުރައްވާފައެވެ.

  1. ޑޮކްޓަރ ޢަބްދުލްޙަންނާނު ވަޙީދު، ދަފްތަރު. ނަންބަރު ރސ 2968
    (ޗީފް އެގްޒެކެޓިވް އޮފިސަރ) (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ)
  2. ޚަދީޖާ އާދަމް، ގ.އަލަފަރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިޔުކޭޝަން
    (މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ 1 މެންބަރު)
  3. އަޙްމަދު ޢަލީމަނިކު، މއ.މާނިކަ (މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން ޢައްޔަންކުރާ 2 މެންބަރުންގެ ތެރެއިން މެންބަރެއް)
  4. ޑރ. ޢާއިޝަތު ރީޝާ، މ.ސްނޯޑައުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
    (މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން ޢައްޔަންކުރާ 2 މެންބަރުންގެ ތެރެއިން މެންބަރެއް)
  5. ޑރ. މުޙައްމަދު ޝަރީފް، މ.ޏަމްޏަމްގެ، ވައިސް ޗާންސެލަރ/ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
    (ދިވެހިރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކުގެ ވައިސް ޗާންސެލަރުންގެ ތެރެއިން ޢައްޔަންކުރާ 1 މެންބަރު)
  6. އާދަމް ޙަލީމް، ދަފްތަރު ނަންބަރު ރސ 2064 ޑިރެކްޓަރ އޮފް ޕްރޮގްރާމް/ މޯލްޑިވްސް އިންސްޓިޓޫޓް އޮފް ޓެކްނޯލޮޖީ (ޓެކްނިކަލް އެންޑް ވޮކޭޝަނަލް ދާއިރާއިން ޢައްޔަންކުރާ 1 މެންބަރު)
  7. މޫސާ މުޙައްމަދުމަނިކު، ސޯސަންގެ/ރ.ފައިނު، ޑިރެކްޓަރ/ ވިލާ ކޮލެޖް
    (ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމު ފޯރުކޮށްދޭ އަމިއްލަ ކޮލެޖްތަކުގެ ހިންގުމުގެ ދާއިރާއިން ޢައްޔަންކުރާ 1 މެންބަރު)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *