ޖެހޭ ވައިގާ މިވާ ތާސީރު ހީވޭ ހާދަ ވިހަވާނޭ
އެހޭ އަޑުތައް ކުރާ ތަޢުބީރު ހީވޭ ހާދަ ހިތިވާނޭ
ނުކުޅެދޭ ދުލުކުރީގައި ބަސްމަގެއް ނެތް ހާލު ސިފަވާނޭ
ފިކުރުތައް ބާރުވާ ސިކުނޑީގެ ހީވޭ ނާރު ފެޅިދާނޭ
ޝަރަފުވެރި މާތްވި ދީނާ ގަދަރުވެރި ގައުމިއްޔަ މާތް ރޫޙުން
ދަރަޖަވެރި ކުރުވި ޙަޔަވިއްޔަތު މުލުން ހީވޭ އުފުރިދާނޭ
ރިހުން ވޭނާ ނަގާ ދިލަހޫނަކުން މޭގާ އުދާސް ހިއްލާ
ފިހުން ނޫނީ އަނދާ ހީވޭ މިހިތް ގޮސް ވިރި އޮހޮރިދާނޭ
ސަޒާއިން މާނަވީ ރޮއްވާ މިބިން ހިނދު އޭގެ ބަނޑުގައިވާ
މަޒާރުން މާތްވި އަބްޠާލުންގެ ހީވޭ ކަރުނަ ހިލިދާނޭ
ނެތޭ މިހިތުން ވެވޭ ޝަކުވާތަކެއް ކޮވިޑުގެ ވަބާއެއްގައި
އޮތީ މިނިވަން މަރެއް ވީމާ އެއަށް ހީވޭ ރުހެވިދާނޭ
ބިދޭސީ ކަސްތަޅުން އަޅުވެތިކަމުން ކަނދުރާ ލަނބަން ޖެހުމުން
ލިބެނޭ ކެކުޅުމުން ހިވޭ ހަޔާތުގެ ނޫރު ނިވިދާނޭ