Support Us

ލޯންޗަކުން ބުރަފަތި ނައްޓާލައިގެން ގެންދަނީ --ފޮޓޯ ސޯޝަލް މީޑިއާ

ފަޅުގައި އޮތް ލޯންޗެއްގެ ބުރަފަތި ވަގަށް ނަގައިގެން ދަނިކޮށް އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފި

މާލޭ ދެކުނު ފަރާތު ފަޅުގައި އަޅައިފައި ހުންނަ ލޯންޗުފަހަރުން އެކިއެކި އާލާތްތައް ވަގަށް ނަގާ މީހަކު، ލޯންޗެއްގެ ބުރަފަތި ނައްޓާލައިގެން ދަނިކޮށް އަތުލައިގަނެ މިއަދު ފުލުހުންނާ ހަވާލުކޮށްފިއެވެ.

މަންޒަރު ދުށް މީހަކު ބުނީ މޭރީ ބްރައުނުން ފެށިގެން ފިއުލް ސަޕްލައިއާ ދެމެދު ފަޅުގައި އަޅައިފައި ހުންނަ ލޯންޗުފަހަރުން ބުރަފައްޗާއި ހުންގާނާއި ގިއަރުބޮކްސް އާއި މީޓަރު ފަދަ ތަކެތި އަބަދުވެސް ވަގަށް ނަގާ ކަމަށާއި މިއަދު ހަވީރު ޒުވާނަކު އަތުލައިގަތީ ލޯންޗެއްގެ ބުރަފަތި ނައްޓާލައިގެން ކޮނޑަށްލައިގެން ދަނިކޮށް ކަމަށެވެ.

"މިއީ ވަރަށް ބޮޑުވެއްޖެ މައްސަލައެއް މިހާރު. ކޮންމެވެސް ލޯންޗަކުން ކޮންމެވެސް އެއްޗެއް ހަމަ ކޮންމެ ދުވަހަކު ވެސް ވަގަށް ނަގާ. ޕާޓޭންގެ ކަންތައް މިއީ. މިއަދުވެސް ލޯންޗަކުން ބުރަފައްޗެއް ނައްޓާލައިގެން ކޮނޑަށްލައިގެން ދަނިކޮށް އެ މީހާ އަތުލައިގަތީ،" އޭނާ ބުންޏެވެ.

މިއަދު އިރުއޮއްސުނު ގަޑީގައި ބުރަފަތި ނައްޓާލައިގެން އެ މީހާ ހިފައިގެންދާ މަންޒަރު، އެހެން ލޯންޗެއްގެ ފަޅުވެރިއަކު ވަނީ ވީޑިއޯވެސް ކޮށްފައެވެ. އެ ވީޑިއޯ އާއި އޭނާގެ ފޮޓޯތައް ވަނީ މީސްމީޑިއާގައި ދައުރުވާން ފަށައިފައެވެ.

އެ ސަރަހައްދުގައި ހުންނަ ބައެއް ލޯންޗުފަހަރަކީ ރަށްރަށަށް ދަތުރުކުރާ ލޯންޗުފަހަރު ކަމަށް ވިޔަސް، ބައެއް ލޯންޗުފަހަރަކީ މަސް ދަތުރު ދިއުމަށް ޒުވާނުން ބޭނުންކުރާ ލޯންޗުފަހަރެވެ.

ލޯންޗަކުން ބުރަފަތި ނައްޓާލައިގެން ގެންދިޔަ މީހާ އަތުލައިގެންފައި -ފޮޓޯ ސޯޝަލް މީޑިއާ

"މަސް ދަތުރު ނިންމައިފައި (ގެއަށް) ދަނީ ޖީ.ޕީ.އެސް ހިފައިގެން. ޖީ.ޕީ.އެސް ގެންދިޔަސް، އިންޖީނާއި ބުރަފައްޗާއި ގިއަރުބޮކްސް އާއި މީޓަރު ބޮކްސް ކޮންމެ ފަހަރަކު ނައްޓާލައިގެން ގެއަކަށް ނުގެންދެވޭނެ ދޯ. އަނެއްކާ 24 ގަޑިއިރު މީހަކު ވެސް ނުބެހެއްޓޭނެ ލޯންޗު ބަލާކަށް،" މަސް ދަތުރުދާ ލޯންޗެއް ދުއްވާ މީހަކު ޝަކުވާ ކުރިއެވެ. "މިއީ ކޮންމެވެސް ގޮތަކުން ހުއްޓުވެން ޖެހޭ ކަމެއް. ވަރަށް ބޮޑެތި ގެއްލުންތައް މިއީ. މީޓަރު ބޮކްސް އެއްވެސް މި ލިބެނީ 18 ހާސް ރުފިޔާ އަށް."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. އެމީހާ ގެންދާގޮތަަށް ގެންގޮސްް ދޫކޮށްލާާ. އޭރުންދޯޯ އެހެންތާކުން މީހަކަށް ކޮންމެސްް ގެއްލުމެއްް ދޭންް ހުންނާނީީ. ގެއްލުމެއްް މީހަކަށް ދިނަސްް ބަދަލެއްވެސް ދެވޭވަރުު މީހަކުު ނުހުރޭއްނުު މައްސަލަ ޖައްސާމީހާާ އިތުރުު ތަކުލީފެއްގަައި އުޅެންް ޖެހޭނީީ. ވަގުންް ހަމަަ މިނިވަންކަންމަތީީ ދޫވެފަަ ތިބޭނީ. މީވާާ ގައުމެއް

  2. ގިނަ ޕާޓޭއިން ތިބެނީ ފުލުހުންނާ ގުޅިފަ.. ގިނަފަހަރަށް ފުލުހުންގެ ގިނަބަޔަކުވެސް ތިބެނީ އެޕާޓޭންގެ ކޮންމެވެސް ހިއްސާޔަކާ ގުޅިފަ.. އެހެންވީމާ ދެން ވާގޮތަކީ އަތުލައި ގަނެވުނުއެތި ފުލުހުންނާ ހަވާލްކޮށްފަ ގެންދާ މަގުމަތީން އެމީހުން މިނިވަންވެ އަނެއްކާވެސް އަނެއް ވައްކަމަށް އެމީހުން ދަތުރު ފަށާ.. މީ އަސްލަކީ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް