...

Support Us

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 4 ރަށަކުން 9 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު ރަށަކުން ނުވަ މީހުން ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ގޮތުން ގއ. ވިލިނގިލި ގެއެއްގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ހަ މީހަކު ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 31 އަހަރާއި 49 އަހަރުގެ ފިރިހެނުންނެވެ. މި މައްސަލައާ ގުޅިގެން އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 51 ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަޅުކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ވަނީ މުއްދަތު ދީފައެވެ. މިގޮތުން 49 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ބާކީ ތިބި ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

އޭގ އިތުރުން ތ. ކިނބިދޫ ގެއެއްގައި މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރުގެ ދަށުން އެ ގެ ބަލައި ފާސްކުރުމަށްފަހު 29 އަހަރުގެ މީހަކު މި މަހުގެ 10 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގައި އެ ކޮޓަރި ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އަދި ޅ. ހިންނަވަރުގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު 32 އަހަރުގެ މީހަކު މި މަހުގެ 10 ވަނަ ދުވަހު ވަނީ ހައްޔަރު ކޮށްފައެވެ. އޭނާ ހުއްޓުވައި އޭނާ ހުރި ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 14 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އައްޑޫސިޓީ ފޭދޫގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 59 އަހަރުގެ މީހަކު މި މަހުގެ 9 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގައި އޭނާއަށް ފުލުހުން ފެނުމުން އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިލި ވަގުތު ފުލުހުން އެ ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އަދި އައްޑޫސިޓީ ހިތަދޫ ގެއެއްގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިތަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް އަދި ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން ގުޅިގެން މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހިތަދޫ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 14 ރަބަރު ޕެކެޓަކާއި ދަގަނޑު ކަނޑިއަކާއި ޑިޖިޓަލް ކައްޓާއެއް ވަނީ ފެނިފައެވެ. ނަމަވެސް އެ ކަމުގައ އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

އަދި ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި، އެ ރަށު ވަލުތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އޭގެ ބަރުދަނުގައި 1.1 ކިލޯ ގްރާމް ހުރި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަތައް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *