Support Us

އެރިކްސަން ހޭނެތިގެން ދަނޑުމައްޗަށް ވެއްޓިފައި: ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުން

ޑެންމާކްގެ ފުޓްބޯޅަ ތަރި އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓިއްޖެ

މިރޭ ޑެންމާކްގެ ކޫޕަން ހޭގަންގައި ކުޅެމުން ދިޔަ ޔޫރޯ 2020 މުބާރާތުގައި ޑެމްނާކާއި ފިންލެންޑް ބައްދަލު ކުރި މެޗްގެ ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ޑެންމާކްގެ ފުޓްބޯޅަތަރި ކްރިސްޓިއަން އެރިކްސަން ހޭނެތިގެން ދަނޑުމައްޗަށް ވެއްޓިއްޖެއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން އެ މެޗް ވަނީ މިހާރު ފަސްކުރެވިފައެވެ.

މި ހާދިސާ އަކީ ކުޅުމުގެ ތެރޭގައި އެއްވެސް މީހަކު ކުރި ފައުލަކުން ދިމާވި ކަމެއް ނޫނެވެ. ވެއްޓެމުންވެއްޓެމުން ގޮސް ދަނޑުމައްޗަށް އޭނާ ވެއްޓުނީއެވެ. އެ ވަގުތު ޞިއްޙީ އެހީތެރިން އޭނާއަށް ސީޕީއާރު ދިނުމަށް އަވަސްވެގަތެވެ. ނަމަވެސް ސީޕީ އާރު ދީގެން ވެސް ހޭ އަރާ ގޮތެއް ނުވިއެވެ. އެހެންކަމުން އޭނާ ވަނީ ކުއްލި ޙާލަތުގައި މިހާރު ހޮސްޕިޓަލަށް ގެންދެވިފައެވެ.

އެރިކްސަންއާ ބެހޭ ގޮތުން ތަފްޞީލު ޚަބަރެއް ނުލިބެއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ދެ ޓީމުގެ ކުޅުންތެރީންގެ ލޮލުން ވެސް ކަރުނަ އޮހޮރުނުތަން ފެނުނެވެ. އެރިކްސަންގެ އަންހެނުން ވެސް ކަރުނަ އަޅަމުން ދަނޑުމައްޗަށް ނުކުތްތަން ފެނުނެވެ.

ފެބްރުއަރީ، 14، 1992 ގައި ދުނިޔެއަށް އުފަންވި އެރިކްސަންއަކީ އިންޓަރމިލާން އާއި ގައުމީ ޓީމުގެ މެދުތެރެއަށާއި ކުރިއަށް ކުޅޭ މަޝްހޫރު ފުޓްބޯޅަ ތަރިއެކެވެ. ފުޓުބޯޅައަށް ލޯބިކުރާ އެންމެން ވެސް ތިބީ އެރިކްސަނާ ބެހޭ ގޮތުން ހެޔޮ ޚަބަރެއް ދާދި އަވަހަށް ލިބި ދާނެ ކަމުގެ އުންމީދުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *