Support Us

ބޭރު ޤައުމުތަކަކަށް މި އަހަރުވެސް ޙައްޖެއް ނެތް

މިއަހަރުވެސް ޙައްޖުގެ ފަރީޟާ އަދާ ކުރެވޭނީ އެ ޤައުމުގެ ރައްޔިތުންނަށާއި އެ ޤައުމުގައި އުޅޭ މީހުންނަށް އެކަނިކަމަށް ސުޢޫދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާއިން މިއަދު އިޢުލާންކޮށްފިއެވެ.

އެ ވުޒާރާގެ ބަޔާން ބުނާގޮތުގައި މި އަހަރު ޙައްޖުގެ ފަރީޟާ އަދާކުރުމަށް ހުއްދަ ދެވޭނީ ޖުމްލަ 60 ހާސް މީހުންނަށެވެ. މި ގޮތަށް ސުޢޫދީ ސަރުކާރުން ހަމަޖެއްސީ ކޮރޯނާ ވައިރަސް ބަލި ފެތުރުން ކޮންޓްރޯލްވަމުން ނުދާތީއާއި އައު ވައްތަރުތައް ފާޅުވަމުންދާތީ ރައްކައުތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މި އަހަރު ޙައްޖުގެ ފަރީޟާ އަދާ ކުރުމަށް ހުއްދަދެވޭނީ ޢުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށެވެ. ކްރޯނިކް ބައްޔެއް ޖެހިފައިވާ މީހަކަށް ޙައްޖުގެ ފަރީޟާ އަދާކުރުމަށް ޓަކައި ޙަރަންފުޅުގެ ސަރަޙައްދަކަށް ނުދެވޭނެއެވެ. ސުޢޫދީ ޢަރަބިއްޔާ ބުނާގޮތުގައި އެ ޤައުމުގެ ސަރުކާރުން އަބަދު ވެސް އެންމެ އިސްކަން ދެނީ އިންސާނުންގެ ފުރާނަ ރައްކައުތެރިކުރުމަށާއި ޙައްޖުގެ މަނާސިކުތައް ލުއިފަސޭހަކަމާއެކު އަދާ ކުރެވޭނެ މަގު ޙައްޖުވެރިންނަށް ތަނަވަސްކޮށް ދިނުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް