Support Us

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ސަރުކާރާއި އިންޑިޔާއާ ގުޅިގެން ހިންގާ މީޑިޔާ ޕްރޮޕެގެންޑާއާ ދެކޮޅަށް މަސައްކަތް ކުރުމަށް އުމަރު ގޮވާލައްވައިފި

ދިވެހި ސަރުކާރާއި އިންޑިޔާއާ ގުޅިގެން ހިންގާ މީޑިޔާ ޕްރޮޕެގެންޑާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.

އިސްތިއުމާރީ ގޮތުން އިންޑިއާ އިން ރާއްޖެއަށް އަތްގަދަކުރުމާ ދެކޮޅަށް އެންމެ ގަދަޔަށް އަޑު އުފުއްލަވާ އުމަރު ނެރުއްވި ބަޔާނެއްގައި މިއަދު ވިދާޅުވީ، "ރާއްޖެއަށް ޖަމާކުރަމުންދާ އިންޑިޔާގެ ސިފައިންނާއި އަޅަމުންދާ މަރުކަޒުތަކާއި ގެންނަމުންދާ މިލިޓަރީ އުޅަނދުތަކާއި ބަހައްޓަމުންދާ ރާޑަރުތަކާއި، މި މަސައްކަތް ދެމެހެއްޓޭނެކަމުގެ އުއްމީދުގައި ޖަހަމުން ގެންދާ ފައިސާގެ ދަންތޫރަތަކާއި މި ކަމަށް މަގުފަހިކޮށްދޭ ސިޔާސީ ފަރާތްތަކާއި ޕާޓީތަކަށް ދޭ ހަދިޔާތަކާ ބެހޭ ގޮތުން އެކިއެކި ޚަބަރުތަކާއި މަޒްމޫނުތައް ގެނެސްދެއްވާ ނޫސްތަކަށް ސަރުކާރުން ދަތިކޮށް ހުރަސްއަޅަމުން ގެންދާއިރު، މިފަދަ ވާހަކަތަކުގައި މަތިޖަހައި އޮމާންކޮށްގެން ޚަބަރު ގެނެސްދޭ ނޫސްތަކަށް އިންޑިޔާގެ އެމްބަސީން ގެންދަނީ އެކި ބާވަތްބާވަތުގެ ސްޕޮންސަރދީ، ދިވެހިންގެ ކަންބޮޑުވުންތަކުގެ އަޑު ކަނޑުވައިލުމަށް މަސައްކަތް ކުރަމުން" ކަމަށެވެ.

"މި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމުގެ ހައްޤުގައި ލިޔުއްވަމުން ގެންދަވާ ލިޔުއްވުންތެރިންނަށް ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި އެ ބޭފުޅުންގެ ލިޔުއްވުންތަކާއި ޚަބަރުތައް ވީހާވެސް ގިނަ ބޭފުޅުން ސޯޝަލް މީޑިޔާގައި ޝެއަރ ކޮށްދެއްވައި، ލައިކް ދެއްވައި، ރީ-ޓްވީޓް ކޮށްދެއްވުމަކީ މި ޤައުމީ މަސައްކަތަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެކެވެ." އުމަރު ވިދާޅުވިއެވެ. "މި ފަދަ ލިޔުއްވުންތަކާއި ޚަބަރުތަކުގެ ލިންކް ޑީ.އެން.އޭގެ އަދި އަޅުގަނޑުގެ ފޭސްބުކް ޕޭޖް، ޓުވިޓަރ އަދި ވައިބަރ ކޮމިޔުނިޓީ ގްރޫޕް ތަކުގައި ލިބެން ހުންނާނެއެވެ."

އުމަރު އަދި ވިދާޅުވީ "’އައްޔަކަސް އަނދިރިއަކަސް ތިމަންނަމެނަށް ހެވޭ' ބުނާ ޚާއިނުންގެ އަޑުތަކާ ދެކޮޅަށް އެންމެހާ ބޭފުޅުން ޝުއޫރު ފާޅުކުރައްވައި، ކޮމެންޓް ކުރައްވައި، ސަރުކާރާއި އިންޑިޔާއާ ގުޅިގެން މި ހިންގާ މީޑިޔާ ޕްރޮޕެގެންޑާއާ ދެކޮޅަށް މަސައްކަތް ކޮށްދެއްވައި، ސައްޚަ ޚަބަރުތަކާއި ޤައުމީ މަޒުމޫނުތަކަށް ބާރުދެއްވައި، ޤައުމިއްޔަތު ހޭލައްވައިލެއްވުމުގެ މަސައްކަތުގައި ބައިވެރިވެލެއްވުމަށް" ގޮވާލައްވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ނޫސް ވެރިންނޭ ލާރިކޮޅެއްގެ ދަހިވެތި ކަމުގަ ގައުމަށް ޣައްދާރު ނުވާތި. ވަރަށް ގިނަ ވާހަކަ…….

  2. ދިވެހިފަސްގަނޑަށް ހަރާމްކޯރުވުން ހުއްޓާލާ އެމްޑީޕީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް