...

Support Us

"ފޯނަށް ޖާސޫސު ކުރާ ފަންނިއްޔާތު އިސްރާއީލު އަތުން ސުޢޫދީ ޢަރަބިއްޔާ ގަނޭ" 

އިސްރާއީލުގެ ސިއްރު ސައިބަރާނީ ކުންފުންޏަކުން ޖާސޫސީ ފަންނިއްޔާތު ސުޢޫދީ ޢަރަބިއްޔާއިން ގަނެފައިވާ ކަމަށް އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައި ހާއާރްޓިސް އިން އިއްޔެ ހާމަކޮށްފިއެވެ. މި ނޫސް ބުނާގޮތުގައި އެ ކުންފުނީގެ ނަމަކީ Quadream އެވެ. އެ ކުންފުންޏަކީ މޯބައިލް ފޯނުގެ ޙަރަކާތްތަކުގެ ތެރެއަށް ވަދެގަތުމަށް ބޭނުންވާ ތަފާތު ޕްރޮގްރާމުތައް އުފައްދާ ކުންފުންޏެކެވެ. އެ ކުންފުނިން އުފައްދާ ސާމާނުތައް ބޭނުންކޮށްގެން އެހެން މީހުންގެ މޯބައިލް ފޯނުތަކުން ސިއްރު މަޢުލޫމާތުތައް ދުރުގައި ހުރެގެން ހޯދޭނެއެވެ. އެމީހުންނަށް ނޭނގި އެ ފޯނުތަކަށް ޖާސޫސްކޮށް އެ ފޯނުގެ ކޯލްތައް ރެކޯޑް ކުރެވޭނެއެވެ.

އެ ނޫސް ބުނާގޮތުގައި އެ ކުންފުނި ހުންނަނީ ތައްލު އަބީބުގެ ރުމާތު ގަން އަވަށުގެ ޢިމާރާތެއްގެ 19ވަނަ ބުރީގައެވެ.

ކުންފުންޏާ ބެހޭ މަޢުލޫމާތު

އެ ނޫސް ބުނާގޮތުގައި އެ ކުންފުންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ނެޓަކުން ނުލިބޭނެއެވެ. އެ ނޫހުގެ ދިރާސާ ބުނާގޮތުގައި އެ ކުންފުނީގެ ޤާނޫނީ އޭޖެންޓުންނާއި ޣައިރު ޤާނޫނީ އޭޖެންޓުން ތިބެއެވެ.

މި ދިރާސާ ބުނާގޮތުގައި ސުޢޫދީ ޢަރަބިއްޔާގައި ޙަރަކާތްތެރިވާ ޖާސޫސީ ފަންނިއްޔާތު ވިއްކާ ކުންފުންޏަކީ ހަމައެކަނި Quadream އެއް ނޫނެވެ. އެ ކުންފުނީގެ އިތުރަށް NSO ނަމަކަށް ކިޔާ ކުންފުންޏެއް ވެސް ސުޢޫދީ ޢަރަބިއްޔާއަށް ޖާސޫސީ ސާމާނު ވިއްކައެވެ.

އިސްރާއީލުގެ ދުވަހު ނޫސް ބުނާގޮތުގައި Quadream އުފައްދާފައި ވަނީ 2016ގައި އިސްރާއީލުގެ ތިން މީހަކު ވެގެންނެވެ. މީގެ ތެރެއިން ދެ މީހުންނަކީ ފަނިއްޔާތުގެ ދެ މާހިރުންނެވެ. ތިންވަނަ މީހަކީ އިސްރާއީލުގެ ޖާސޫސީ އިދާރާގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ މީހެކެވެ. އިސްރާއީލުގެ އެ ކުންފުނިން ބޭރަށް ވިއްކާ އެއްޗެހި ވިއްކަނީ ސައިޕްރަސްގެ InReach ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން Reign ނަމަކަށް ކިޔާ ސައިބަރާނީ ވައްކަމަށް ޚާއްޞަ ޗިޕެއް ވިއްކައެވެ. އެއްވެސް ލިންކަކާ ނުލައި މި ޗިޕަށް އައިފޯނަށް ވަދެވެއެވެ. އެންޑްރޮއިޑް ފޯނުތަކަށް ވަދެވޭނީ ފޮނުވާލެވޭ ލިންކަކަށް ފޯނު ބޭނުންކުރާ މީހާ ފިތައިލުމުންނެވެ. Reign ޕްރޮގްރާމުގެ ތެރެއިން ލައިފާ އެ ފޯނުގައި ހުންނަ ނެޓް މެސެޖްތަކާއި ވަޓްސްއަޕާއި ޓެލެގްރާމް މެސެޖްތަކާއި ފޯނުގައި ހުންނަ ފޮޓޯތައް ޖަހައިގަނެވޭނެއެވެ. އަދި އެ ފޯނުން ކުރާ ހުރިހާ ކޯލްތަކެއް އަޑުއެހޭނެއެވެ. ޖީޕީއެސްގެ ޒަރީޢާއިން ފޯނު ގެންގުޅޭ މީހާގެ ޙަރަކާތްތަކަށް ފާރަލެވޭނެއެވެ.

މި ނޫސް ބުނާގޮތުގައި InReach ން ދޭ ޚިދްމަތްތައް ދުރުގައި ހުރެގެން ހުއްޓުވައެއް ނުލެވޭނެއެވެ. މި ޕްރޮގްރާމު ބޭނުން ކުރާ މީހާ އެއިން ނާޖާއިޒު ފައިދާ ނެގިޔަސް އެ ޕްރޮގްރާމު ހުއްޓުވާލުމުގެ ބާރު ކުންފުންޏަށް ވެސް ލިބިގެން ނުވެއެވެ.

ފޯނު ފޫއަޅުވައިލުމުގެ މަސްއަލަ

ސައިބަރާނީ މައިދާނުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި ފޯނު ފޫއަޅުވައިލުމުގައި ކުރިމަތިވާ އެންމެ ބޮޑު މަސައަލައަކީ އެ ޚިދްމަތް ކޮންމެ ވަގުތެއްގައި ވެސް ހުއްޓިގެން ދިޔުމެވެ. އަދި 100 އިންސައްތަ ޚިދްމަތް ލިބޭނެކަމުގެ އެއްވެސް ޖާމިނުވުމެއް ނެތެވެ.

ފޯނު ރީސެޓް ކޮށްލުމުން އެ ޚިދްމަތް ހުއްޓިގެން ދާނެއެވެ. އެހެންކަމުން ފޯނަށް 24 ގަޑިއިރަށް ފާރަލައިދޭ އޭޖެންޓުންނަށް ބޭނުންވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.