ލޯބިވާއޭ ލޯތްބަކީ، އިހްސާސެކޭ ދެހިތުން ވެވޭ
ލޯބިވާއަށް ޚާއްޞަވީ، ފޮނިއާރެކޭ ފަހަތުން ދެވޭ
ރޭދުވާ ތިޔަ ފިކުރުގައި، ލޯތްބަށްޓަކައި އުއްމީދުގައި
ހޭދަކޮށް ފަރިޔާދުގައި، ވިންދާއި ހިތް އުފަލުން ރޮވޭ
ފާޅުކުރި ޖަޒުބާތުތައް، ލޯބީގެ މަސްތީ ވިންދުތައް
ރާޅުތަކު ލޭ ހިތުތެރޭ، ޖެހުމުން ވަރަށް ވެސް ލޯބިވޭ
ލޯބި، އޯގާ ބުނެދެމުން، ކުލުނާއެކީ ފިރުމައިދެމުން
ލޯބިވާ ދިން ޚިދުމަތުން، ހިތުގައި ކަލާ އަދު ޚާއްޞަވޭ
ބީހިލާ ހިނދު ޖިސްމުގައި، ވައިރޯޅިފަދައިން މަޑުމަަޑުން
ވާ ހިމޭން ޖަޒުބާތުތައް، އުތުރެންފަށައި ހިނިތުންވެވޭ
ނޭނގުނަސްވެސް ރޭނިދިން، މަޙްރޫމުކޮށް މިތުރަށްޓަކައި
ރޭނގަޑޭ ނިންމާލަނީ، ލޯތްބޭ ކަލާއަށް ހިބަވެވޭ