...

Support Us

ސަޢޫދީ ޢަރަބިއްޔާއިން ބުނަނީ މިހާރު އެއީ ތެޔޮ އުފައްދާ ގައުމެއް ނޫންކަމަށް

ސަޢޫދީ ޢަރަބިއްޔާއަކީ މިހާރު ތެޔޮ އުފައްދާ ޤައުމެއް ނޫން ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ހަކަތައާ ބެހޭ ވަޒީރު އަލްއަމީރު ޢަބްދުލްޢަޒީޒު ބިން ސަލްމާން އިޢުލާންކުރައްވައިފިއެވެ. އެ މަނިކުފާނު އެހެންވިދާޅުވީ ހަގީގަތުގައި އެ މާނައިގައި ނޫންކަމަށް ބައެއް ނޫސްވެރިން ލަފާކުރެއެވެ.

އެސް އެންޑްޕީ ގްލޯބަލް ޕްލެޓްސް އަށް މި ހަފުތާގައި ދެއްވި ބަސްދީ ގަތުމެއްގައި ވަޒީރު ޢަބްދުލްޢަޒީޒު ވިދާޅުވެފައިވަނީ "ސަޢޫދީ ޢަރަބިއްޔާއަކީ މިހާރު ތެލުގެ ގައުމެއް ނޫން"ކަމަށާއި "އެއީ ހަކަތަ އުފައްދާ ގައުމެއް" ކަމަށެވެ. ސައޫދީ ޢަރަބިއްޔާގައި މަތީ ފެންވަރުގެ ފެހި އުންމީދެއް އެބަ އޮތެވެ. އޭގެ ތެރޭގައި ގޭސް އުފެއްދުމާއި އިޢާދަކުރަނިވި ހަކަތައާއި ހައިޑްރޯޖަން އުފެއްދުން ހިމެނެއެވެ.

"އަޅުގަނޑު ދުނިޔެއަށް އިލްތިމާސްކުރަނީ މި ހަގީގަތް ގަބޫލުކުރުމަށެވެ. މި ޙަރަކާތުގައި ކާމިޔާބު ހޯދާ ބަޔަކަށް އަހަރެމެން ވާނަމުއެވެ." ވަޒީރު ވިދާޅުވިއެވެ.

މޫސުމާބެހޭ ޙަރަކާތްތެރީން ވިޔަފާރިތަކާއި އޮފީސްތަކަށް ކުރަމުން ގެސްދާ އިލްތިމާސްތަކަށް އިޖާބަދިނުމުގައި އެގްޒޮންސާއި ޗެވްރަންސާއި ޝެލް ފަދަ ތެލުގެ ކުންފުނިތަކުން އަވަދިނެތި އުޅެމުން ގެންދާއިރު، އެކިއެކި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ޚާއްޞަކޮށް އޯޕެކް ގައުމުތަކުން ވެސް އެކަމުގެ ފައިދާ ނަގާން ވަރަށް ޝައުޤުވެރިވެއެވެ. މިކަމުގެ ސަބަބުން އެއްވެސް ޝައްކެއް ނެތް ގޮތުގައި ތެލުގެ އަގު މައްޗަށްދާނެއެވެ.

އޭޝިއާގެ ގައުމުތަކަށް ޖުލައި މަހު ތެޔޮ ވިއްކާނެ އަގުތައް ސަޢުދީ ޢަރަބިއްޔާއިން މިހާރު ވެސް ވަނީ ބޮޑުކޮށްފައެވެ. އެހެންނަމަވެސް މިކަމުގެ ސަބަބުން އެ ގައުމުގެ "ފެހި އުންމީދަށް"– ފެހި އިސްނެގުމަށް-  ތެލުގެ ވިޔަފާރީގެ ތެރެއިން ޚަރަދުކުރާ ކުރުމަށް ބަދަލެއް ނުގެންނާނެއެވެ. ސައޫދީ ޢަރަބިއްޔާއިން ރާވައިފައިވަނީ 2030 ވަނަ އަހަރު އަންނައިރު އެ ގައުމުން ހޭދަކުރާ ހަކަތައިގެ 50 އިންސައްތަ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކޮށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރާށެވެ. އަދި 1917 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގައި ޙިއްސާކުރި ޖުމުލަ ހަކަތައިގެ 0.02 އިންސައްތަ ވަނީ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކޮށްފައެވެ.

މީގެ މާނައަކީ ސަޢޫދީން އުފައްދާ ތެޔޮ ފީފާގެ ޢަދަދު މަދުކުރުމަށް ރާވައިފައިވުމެއް ނޫނެވެ. އަދި އޭގެ މާނައަކީ ޖައްވަށް ދޫކުރާ ކާރބަންގެ މިންވަރު 2050 ވަނަ އަހަރު އަންނާންވާ އިރަށް 0 އިންސައްތަ އަށް ދަށްކުރާން ބައިނަލްއަޤުވާމީ ހަކަތައާ ބެހޭ އޭޖެންސީ (އައީއޭ) އިން އިލްތިމާސް ކޮށްފައިވާތީ، ތެލާއި ގޭހުގެ އާ މަޝްރޫޢުތަކަށް ޚަރަދުކުރުން މަޑުޖައްސައިލުމެއް ވެސް ނޫނެވެ. ސައޫދީން ވަނީ އެ ޤައުމަކީ ތެލުގެ ބޮޑު ބާރުގެ ގޮތުގައި އެތައް ދަހަރަކަށް ދަމަހައްޓައިފައެވެ. ދާދި ފަހުން އައިއީއޭއިން ނެރުނު ރިޕޯޓް ސައޫދީ ވަޒީރު ސިފަކުރައްވައިފައިވަނީ މިފަދަ ކުރީގެ ރިޕޯޓްތައް ފަދައިން ހިތްތަކަށް އުފާވެރިކަން ގެނެސްދިން އެއްޗެއް ކަމަށެވެ. އަނެއްކޮޅުން، ތެޔޮ އުފައްދާ ގިނަ ގައުމުތަކާއި ތެޔޮ ބޭނުންކުރާ ގިނަ ގައުތަކުން ވަނީ އެ ރިޕޯޓަށް ދެކޮޅު ހަދައިފައެވެ.

ގައުމުގައި ހިނގައިފާނެ ފެހި މަޝްރޫޢުތަކަށް (އިޢާދަކުރަނިވި ހަކައިގެ މަޝްރޫޢުތަކަށް) ޚަރަދުކުރާން ތައްޔާރަށް އޮތް ނަމަވެސް ސައޫދީ ޢަރަބިއްޔާ އަދި ވެސް އޮތީ އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމުގެ ގޮތުގައި، ތެޔޮ އެކްސްޕޯޓްކުރާ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރިގައެވެ. އަދި ތެލާބެހޭ ދައުލަތުގެ ކުންފުނި "އަރަމްކޯ"އަކީ ވޭތުވެ ދިޔަ ދެ އަހަރު ބައިގައި ވެސް ދައުލަތަށް އެންމެ ބޮޑު ފައިދާއެއް ދައްކައިފައިވާ ކުންފުންޏެވެ.

މިކަންކަން މިހެން ހުރުމާއެކު ވެސް ދުނިޔޭގައި އެންމެ ގިނައިން ސާފުނުކުރާ ތެޔޮ ބޭރުކުރާ ޤައުމުކަމުގައިވާ ސަޢޫދީ ޢަރަބިއްޔާއިން، އެއީ މީގެ ފަހުން ތެލުގެ ޤައުމެއް ނޫންކަމަށް ބުނާ ބުނުމަކީ ފާހަގަކޮށް ތަރުޙީބުދޭން އެކަށީގެންވާ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *