...

Support Us

އަހަންނަކީ ޑްރަގް އެއްވެސް ނެޓްވޯކަކާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން، ފުލުހުން އެ ހަދަނީ ހުސް ދޮގު: މިސްބާހު

އޭނާ އަކީ ޑްރަގް އެއްވެސް ނެޓްވޯކަކާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމަށާއި އޭނާއޭ ކިޔައިގެން ފުލުހުން އެ ހަދަނީ ހުސް ދޮގު ކަމަށް، ޑްރަގް ނެޓްވޯކެއްގެ ޑްރަގު ޑީލެއްގައި ޕާކިސްތާނުގައި ތާށިވެފައި ހުރި ކަމަށް ފުލުހުން ބުނާ މިސްބާހް މުހައްމަދު ބުނެފިއެވެ.

ފުލުހުން ބުނެފައި ވަނީ ގެއްލިގެން ހޯދާތާ ހަތް މަސް ވެފައިވާ، ހދ. ނޮޅިވަރަންފަރު، މޯނިންގސަން، މިސްބާހް މުހައްމަދު ގުޅިފައި ވަނީ ޑްރަގް ނެޓްވޯކަކާ ކަމަށާއި އޭނާ މި ވަގުތު ހުރީ ޑްރަގު ޑީލެއްގައި ޕާކިސްތާނުގައި ތާށިވެފައި ކަމަށެވެ.

"އަހަންނަކީ ޑްރަގް އެއްވެސް ނެޓްވޯކަކާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން. އަހަންނޭ ކިޔައިގެން ފުލުހުން އެ ހަދަނީ ހުސް ދޮގު،" ރީނދޫ ގޮޅިޖެހި ގަމީހެއް ލައި، އަވިއައިނެއް އަޅައިގެން ހުރެ އޭނާ އަމިއްލަ އަށް ނަގައިފައިވާ ވީޑިއޯގައި މިސްބާހު، 25، ބުނެއެވެ.

މި މަހު ދެ ވަނަ ދުވަހު ފުލުހުން ބުނީ، މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ މާލޭން ފުރި ފްލައި ދުބާއީގެ ފްލައިޓުން މިސްބާހް، ދުބާއީއަށް ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ. އޭނާ ދުބާއީއަށް ގޮސްފައި ވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާ އެކު ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިސްބާހުގެ ދައްތަ ފާތުމަތު ހުދާ މިއަދު ބުނީ އެ ވީޑިއޯ އޭނާ އަށް ވެސް މިއަދު ހަވީރުކޮޅު ފެނުނު ކަމަށާއި، އެއީ ކިހިނެއް ލިބިގެން އުޅޭ އެއްޗެއްކަން އޭނާ އަށް ވެސް ނޭނގޭ ކަމަށެވެ. އަދި މިސްބާހު ގެއްލުނު ފަހުން އެއްވެސް ހަބަރެއް ނުވާ ކަމަށެވެ.

"މިސްބާހު ނުވެސް ގުޅާ އަދިވެސް،" ހުދާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް