...

Support Us

ކީއްކުރާ މެޖޯރިޓީއެއް؟

ކަމަކަށް އިރާދަ ކުރެއްވުމުން އެކަމަށް ވަގުތު ޖެހުމާއެކީ
ﷲ އަށް ބޭނުންވެ ވޮޑިގެންނެއް ނުވާނެ މެޖޯރިޓީ

ނެތުމުގެ ތެރެއިން ﷲ އަޅަމެން ހައްދަވާކަށް ދުނިޔެއަށް،
އެކަމަށްޓަކާ ބޭނުންވެ ވޮޑިގެންނެއް ނުވާނެ މެޖޯރިޓީ

ބޭނުންވުމުން ﷲ މަތިވެރިވީ ޝަރީޢަތް ބަދަލުކޮށް
ބޭނުންގޮތެއް ނުހެދޭނެ އޮވެގެންނެއް މި ފޭކު މެޖޯރިޓީ

ކަމަކަށް އިރާދަ ކުރެއްވުމުން ﷲ އެކަމެއް ވާކަށެއް
އަލަކުން ދެނެއް ބޭނުންވެ ވޮޑިގެންނެއް ނުވާނެ މެޖޯރިޓީ

ދަންނާށެ! ފިރްޢައުނާއި ހާމާނާ، އަބޫޖަހުލުގެ ނިމުން،
ﷲ އަށް ބޭނުންވެ ވޮޑިގެންނެއް ނުވާނެ މެޖޯރިޓީ

ފިރްޢައުނު ހާމާނާ އަބޫޖަހުލާ އެކީ އޮތް ބައިގަނޑެއް،
ކުޑަ ހިނދުކޮޅެއްގެ ތެރޭ ނިމުން އައިއިރު ކޮބައިހެ މެޖޯރިޓީ

ޤުރްއާނުގައި ﷲ އެންގެވި މާތް ޝަރީޢަތް ބަދަލުކޮށް
ނުފުށުން ޖަހަން ނޫޅޭ "ޚަބަރުދާރޭ" އޮތީމަ މެޖޯރިޓީ

ﷲ ދެއްވެވި ނިޢުމަތަށް، ޝުކުރެއް ނުކޮށް، ކާފިރު ވުމުން،
ﷲ ކޯފާ އަންނަ ހިނދު، ކިހިނެއް ހަދާނީ؟ މެޖޯރިޓީ

ދީނުގެ ޢަދުއްވުންނަށް ވެގެން، ދީނު ޝަރީޢަތް ބަދަލުކޮށް،
ވީއެއް ނުވީއެއް ނޭނގި ތިއްބާ ގެއްލިދާނެ މެޖޯރިޓީ

އިހަކަށް ދުވަހު ކަންވީގޮތާ ލިބިފައި އަތުން ނެތިދިޔަ ގޮތާ
މިއަދަށް އަލުން ދެއްވެވިގޮތާ އެ ހަނދާން ކުރާށެ މެޖޯރިޓީ

ﷲ އެކަމެއް ނިންމަވަން "ސުންގަޑި އަރައި ހަމަވާއިރަށް"
"ﷲ، كن فيكون މީ، ހުރިހާ ކަމެއްގެ މެޖޯރިޓީ"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *