އެ ތަސްވީރު ވަނީ ހިތްތަކުގައެވެ.
އޭގެ ރީތިކަން ވަނީ ލޯތަކުގައެވެ.
އޭގެ އަަަސަރުތައް ވަނީ ވިންދުތަކުގައެވެ.
އޭގެ ކުލަތައް ވަނީ އިހުސާސްތަކުގައެވެ.
އެ ތަސްވީރު ވަނީ ހެޔޮ އަޚްލާޤުގައެވެ.
އޭގެ ލޭފަވެތިކަން ވަނީ ހިތްތިރިކަމުގައެވެ.
އޭގެ އޯގާވެރިކަން ވަނީ ކެތްތެރިކަމުގައެވެ.
އޭގެ ޝުހުރަތު ވަނީ ޝާންގައެވެ.
އެ ތަސްވީރު ވަނީ ޖަޒުބާތުގައެވެ.
އޭގެ ސޫރަ ވަނީ އުޑުގައެވެ.
އޭގެ ފިޠުރަތު ވަނީ ހަނދުގައެވެ.
އޭގެ ބެބުޅުން ވަނީ ތަރިތަކުގައެވެ.
އޭގެ ޝަޚުސިއްޔަތު ވަނީ ހެޔޮ ނިޔަތުގައެވެ.
އެ ތަސްވީރު ލޮލާއި ހިތުގެ ރޫހާއި ޝައުގުގައި ވަނީ ކަޝްފުވޭވޭމެއެވެ.
އަބަދަށެވެ. ތާއަބަދަށެވެ. ދާއިމަށެވެ.