...

Support Us

މިމަހުގެ ބިލްގައި ޑިސްކައުންޓް ހިމެނޭނެ: ސްޓެލްކޯ

ސްޓެލްކޯގެ ކަރަންޓާއި ފެނުގެ ހިދުމަތްދޭ ރަށްރަށުގެ މެއި މަހުގެ ޔޫސޭޖަށް ހަދާ ބިލްތަކުގައި، ސަރުކާރުން އިއުލާން ކުރައްވާފައިވާ ގޮތަށް ގޮތަށް ޑިސްކައުންޓު ހިމެނިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވައި، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މިދިޔަ ހަފުތާގައި ވަނީ، ފެނާއި ކަރަންޓުގެ ބިލް ތަކުން އެއް މަހު ޑިސްކައުންޓެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ޑިސްކައުންޓް ހަމަޖެހިފައިވާ ގޮތް:

  • އާންމު ގޭބިސީތަކުން ބޭނުންކުރާ ކަރަންޓަށް ދައްކަންޖެހޭ އަދަދުގެ 40 ޕަސަންޓް
  • އާންމު ގޭބިސީތަކުން ބޭނުންކުރާ ފެނަށް ދައްކަންޖެހޭ އަދަދުގެ 30 ޕަސަންޓް
  • އާންމު ވިޔަފާރިތަކުން ބޭނުންކުރާ ފެނާއި ކަރަންޓަށް ދައްކަންޖެހޭ އަދަދުގެ 20 ޕަސަންޓް

ސްޓެލްކޯ އިން ބުނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެ އޮފީހުގެ ބިލިން ކައުންޓަރުތައް ބަންދުކޮށްފައިވާ ކަމަށާއި އެހެންވެ، ބިލްތައް ދެއްކުމަށް ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ވެބްސައިޓް މެދުވެރިކޮށް އެއް ފަހަރާ އެއް ބިލަށްވުރެ ގިނަ ބިލަށް މިހާރު ފައިސާ ދެއްކޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *