ރާގު: ތޭރާ މޭރާ ޕިޔާރު އަމަރު ޕިރް ކިޔު މުޖްކޯ…
ލިބެނީ އިވެނީ ހިތްދަތި ޚަބަރު
ތެމެނީ ފުރެނީ ކަރުނުން ވެ ބަރު
ނާމާން ވެ މުޅީން މީހުންވެ މަރު
ސަހަރާ ފުރެނީ ވަޅުލެވި ގަބުރު
ހާލަތާ މެދަށް މިހެން ވިސްނުމުން ރޮވޭމެޔޭ
ހާލު ހުރި ގޮތުން ސަފުން ގައިމު ގިސްލެވޭމެޔޭ
ހާލާތު މުޅީން ބިވެރިވެ އަދު
ހާލޭ ނެތެނީ ކުޅަޔަސް ސަބުރު
ހާސްވެ ނޭވަޔާ ހިތާ ތާށިވާ ގޮތުން މެޔާ
ބާރު ހޭ ހަށީ ވިޔަސް ބާރު ނެތި ދަނީ ހެޔާ
ހާހުން މީހުން ފައްސިވެ އަދަދު
މާޔޫސް މި ވަނީ ކުރުމުން އަސަރު
ހެޔޮ ދުޢާ ކުރޭ ކަތުން ދެއްވަވާށިޔޭ ޝިފާ
ހެޔޮ އަމަލު ކުރޭ ސަފުން ލައްވަވާށިޔޭ ދިފާ
ހެޔޮހައި ގޮތުގައި ދޭށޭ މަދަދު
ހެޔޮ ކޮށް ހިތަމުން އެދި ހެޔޮ އަޖުރު