...

Support Us

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު މުލީއާގޭ ދޮރުމަތީގައި -ފޮޓޯ:ރައީސް ސޯލިހު/ޓްވިޓަރ

ބޮން ގޮއްވާލި ހާދިސާ އާއި ރައީސް ސޯލިހާ ގުޅުވައި ނަޝީދު ޓްވީޓު ކުރައްވައިފި

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މީގެ ދެތިން ހަފުތާ ކުރިން ބޮން ގޮއްވާލި ހާދިސާއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްވާ ކަހަލަ ގޮތަކަށް ގުޅުވައި، ރައީސް ނަޝީދު މިރޭ ޓްވީޓެއް ކުރައްވައިފިއެވެ.

މޭ ހަވަނަ ދުވަހުގެ ރޭގެ ބޮމުގެ ހާދިސާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް މި ވަގުތު ޖަރުމަންގައި ހުންނެވި ނަޝީދު މި ގޮތަށް ޓްވީޓް ކުރައްވާފައި ވަނީ އެ މަނިކުފާނު ގެންގުޅުއްވާ "އެލްކްސް އަހުމަދު" (އަނެއް ދިވެހިރާއްޖެ) ހެންޑްލް އިންނެވެ.

ނަޝީދުގެ ފުރަތަމަ ޓްވީޓުގައި ވަނީ އަހުމަދު އާރިފު ކިޔާ މީހަކު މި މަހުގެ 21 ވަނަ ދުވަހު ކޮށްފައި އޮތް ޓްވީޓެއްގެ ސްކްރީން ޝޮޓެކެވެ. އޭގައި އާރިފު ބުނެފައިވެއެވެ. "މީގެ ތިން މަސް ކުރިން ނިކަމެތި އަޅު ދެންނެވިން މި ހަމަލާ އެބަ ރާވަޔޭ. އެތަނަށް ސޯލިހު ވެސް އަރާ އިނދެޔޭ."

ރައީސް ނަޝީދު މިރޭ ކުރެއްވި އެހެން ޓްވީޓެއްގައި ވެސް އާރިފުގެ ޓްވީޓްތަކެއްގެ ސްކްރީން ޝޮޓްތަކެއް ވަނީ ހިމަނުއްވައިފައެވެ.

ފުރަތަމަ ޓްވީޓު: "ރައީސް ނަޝީދުގެ ހަށިފާރަވެރިން ސަމާލުވާންޖެހޭ. ގައްސާން މައުމޫން ދީނީ ހައްދުފަހަނައެޅި ތިން ޖަމާއަތަކަށް ފައިސާ ދީގެން އެ ގަންނަ ގަނޑު."

ދެވަނަ ޓްވީޓު: "ނަޝީދު މަރާލުމުގެ ސައްލާގަ އިސްކޮށް ތިބީ އުމަރާއި ދުންޔާ."

ތިން ވަނަ ޓްވީޓު: "ރައީސް ނަޝީދު އަދު ގަބޫލްފުޅު ކުރައްވަންޖެހޭ މަނިކުފާނުގެ އަޑު ކޮންމެ ތަނަކުންވެސް ދެނެގަނެވޭ ވައިގެ ޒަރީޔާއިން ހަމަ އެ މާލަމަށް ގޮޅާއަކު ގެނައި ބަޔަކު ތިއްބާ ގަތުލް ކުރާނެ ސައްލާކުރީވެސް ގުޅީ އީސާ ކަލޭފާނުގެ ގޯތީގައި."

ހަތަރު ވަނަ ޓްވީޓު: "ނަޝީދު ހެދި ޕާޓީއަކުން ބެހެއްޓި ހަރުގަނޑަކުން އަރާ ނޫނީ އެމް.ޑީ.ޕީގެ އެއްވެސް މަގާމެއް ލިބި ހުރި މީހަކު އަޅުގަނޑަކު ނުދަންނަމު."

ފަސް ވަނަ ޓްވީޓު: "ސައުތު ތައުފީގަކީ އަޅުގަނޑު އެދުނު ކޮންމެ ކަމެއް ކޮންމެ ވަގުތަކު ކޮށްދިނުމުގައި އަޅުގަނޑު އަތު ބައިރުފިޔާފޮއްޗެއް ނެތް ހިނދު ލައްކަ ދަރަނި އެމް.ޑީ.ޕީ އާއެކު އިސްލާހަށް އިތުބާރުކުޅަ ހެޔޮ ލަފާ ވިޔަފާރިވެރިއެކެވެ."


ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.

އެ ހާދިސާ އަށް ދެ ހަފުތާ ވީތަނާ، މި މަހު 22 ގައި، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ، "ބޮންގޮއްވާލައި އަޅުގަނޑު މަރާލަން އުޅުމުގައި ފައިސާ ޚަރަދުކުރި މީހުންގެ ހޯދުމުގައި އެން.ސީ.ޓީ.ސީ އިން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް އަޅުގަނޑަށް އެބަ ޚަބަރު ލިބޭ" ކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2123
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް