Support Us

ތަސްވީރެއް ކިޔައިދޭ ވާހަކަ

ތަސްވީރުން ފެންނަ މަންޒަރަށް ބަލައިލާށެވެ!

ރޭލު ދަތުރު ކުރަމުން ގޮސް އިސްޓޭޝަނަކަށް މަޑުކޮށްލި ތަނުން ރޭލުގެ ކުޑަދޮރު ކައިރިއަށް ކަރާ ވިއްކާ މީހަކު އައެވެ. ދެން، ރޭލުގަ އިން މީހަކު ކަރާ ގަތެވެ. ކަރާގެ އަގު ހެޔޮކަމުންނެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ރޭލު އޭގެ ދަތުރު ފެށިއެވެ. ކަރާ ގަތް މީހާއަށް ދެން އެނގުނީ ކުޑަ ދޮރުގެ ހުރަސް ތޭރިތަކުގެ ތެރެއިން ރޭލުގެ ތެރެއަށް ކަރާ ނުވެއްދޭނޭ ކަމެވެ. ދެން، އޭނާއަށް ޖެހުނީ، އެހެން އެއްވެސް ގޮތެއް ނެތި، ރޭލުގެ ދަތުރު ނިމޭ އިރެއް ވަންދެން ކަރާ ރޭލުން ބޭރަށްވާ ގޮތަށް އޭގައި ހިފައިގެން އިނުމެވެ.

އާދެ، ކަމެއް ކުރުމުގެ ކުރީގައި އެކަމާ ދޭތެރޭ ރަނގަޅަށް ވިސްނަން ޖެހެއެވެ. ދުރާލާ އެކަމަށް ތައްޔާރުވާން ޖެހެއެވެ. އެކަމުގެ ޒިންމާ އުފުލުމުގެ އެކަށޭނަކަން ތިމާގެ ކިބައިގައި އެބަ ހުރިތޯ ތިމާގެ ނަފްސާ ސުއާލުކޮށް އެކަން ދެނެގަންނަން ޖެހެއެވެ. އެކަމަކީ ތިމާގެ ބާރުގެ ދަށުގައިވާ ކަމެއްގެ ގޮތުގައި އެކަން ބޭއްވުމަށެވެ. އެހެން ނޫން ނަމަ، އެކަންތައް ތިމާ ކޮންޓުރޯލުކުރާ ކަމަކަށް ވެގެން ހިނގައިދާނެއެވެ! އަދި، އެކަމުގެ ސަބަބުން އުނދަގުލާއި ދަތިތަކާ ކުރިމަތިލާން ޖެހިދާނެއެވެ!