Support Us

ކުރު ވާހަކަ: ކަންބަޅީގެ އެންމެ ރަނގަޅު މަސްކޮޅާއި އެންމެ ނުބައި މަސްކޮޅު

ބުނެވޭ ގޮތުގައި ލުގުމާނު އަލްހަކީމަކީ ހަބަޝްކަރައިގެ އަޅެކެވެ. އެއްދުވަހު އޭނާގެ ސާހިބާ އޭނާ ކައިރީގައި ޅަ ކަންބަޅިއެއް ކަތިލަން ބުންޏެވެ. އަދި ކަތިލުމަށް ފަހު ކަންބަޅީގެ އެންމެ ރަނގަޅު މަސްކޮޅު ގެންނަން ވެސް ބުންޏެވެ.

ދެން، ސާހިބާ ވިދާޅުވި ފަދައިން ލުގުމާނު ޅަ ކަންބަޅިއެއް ކަތިލައިގެން، އޭގެ ދުލާއި ހިތް ސާހިބާއަށް އެރުވިއެވެ.

ދެން އެހެން ދުވަހަކު ސާހިބާ ލުގުމާނަށް ވިދާޅުވިއެވެ. ޅަ ކަންބަޅިއެއް ކަތިލައިގެން އޭނގެ އެންމެ ނުބައި މަސްކޮޅު ގެންނާށެވެ.

ދެން، ސާހިބާ ވިދާޅުވި ފަދައިން ލުގުމާނު ޅަ ކަންބަޅިއެއް ކަތިލައިގެން، އޭގެ ދުލާއި ހިތް ސާހިބާއަށް އެރުވިއެވެ.

ދެން ސާހިބާ ލުގުމާނު ގާތު ވިދާޅުވިއެވެ. ކުރީ ދުވަހު ކަންބަޅީގެ އެންމެ ރަނގަޅު މަސްކޮޅު ގެންނަން ބުނީމައި ގެނައީ އޭގެ ދުލާއި އޭގެ ހިތެވެ. މިއަދު ކަންބަޅީގެ އެންމެ ނުބައި މަސްކޮޅު ގެންނަން ބުނީމަވެސް ތި ގެނައީ ހަމަ އޭގެ ދުލާއި އޭގެ ހިތެވެ. މިއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟ އޭގެ ދުލާއި ހިތް އެންމެ ރަނގަޅު ވެފައި އަދި ހަމަ އެންމެ ނުބައިވުމެވެ؟

ދެން ލުގުމާނު އަލްހަކީމު ދެންނެވިއެވެ. މީގެ މިސާލަކީ އިންސާނާގެ މިސާލެވެ. އިންސާނާގެ ދުލާއި ހިތް ރަނގަޅުވެ، ދުލާއި ހިތުުގެ ބޭނުން އޭނާއަށް ރަނގަޅު ގޮތުަގައި ކުރެވުމުން އޭނާގެ ހުރިހާ އަމަލުތައް ރަނގަޅުވެ އޭނާ ސާލިހު މަލާއިކަތީ މީހަކަށް ވެދެއެވެ. ނަމަވެސް އޭނާގެ ދުލާއި ހިތް ނުބައިވެ، އޭނާގެ އަމަލުތައް ނުބައިވެއްޖެ ނަމަ، އޭނާއަކީ ނުބައި ނުލަފާ ޝައިތާނީ މީހަކަށްވެ ދެއެވެ. އިންސާނާ ރަނގަޅު މަގަށް އަނބުރާލަނީ އޭނާގެ ހިތެވެ. އަދި، އޭނާގެ ދޫ އެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރުމަށް ގޮވާލައި އޭނާއަށް ހިތްވަރު ދެއެވެ. ހަމަ އެހެންމެ، އޭނާ ނުބައި މަގަށް ވެސް އަނބުރާލަނީ އޭނާގެ ހިތެވެ. އަދި، ނުބައި މަގުގައި ދެމިހުރުމަށް ހިތްވަރުދީ އޭނާއަށް ގޮވަނީ އޭނާގެ ދުލެވެ.