Support Us

ކުރު ވާހަކަ: ފިރިޔަކު އޭނާގެ ގޭގެ މަސައްކަތުން ރެކުމަށް ހެދި އުކުޅެއްގެ ވާހަކަ

ފިރިމީހާ އޮފީހުގައި އިންދައި އަންހެނުން ފޯނުކުރިއެވެ.

އަންހެނުން: އޮފީސް ނިންމާފައި އަންނަމުން އަހަރެން ގަންނަން ބުނި ތަރުކާރީކޮޅު މާރުކޭޓުން ގަނެގެން އަންނައްޗެވެ. އަދި، ހަނދާން ވެއްޖެއެވެ. ފާތުން ސަލާން ވެސް ބުންނެވެ.

ފިރިމީހާ: ކޮން ފާތުންނެއް ހެއްޔެވެ؟

އަންހެނުން: އެއީ އެެހެން ބުނި އެއްޗެއް ނޫނެވެ! ތަރުކާރީ ގަންނަން ހަނދާން ކޮށްދިނުމުގެ ގޮތުން ބުނެލި އެއްޗެކެވެ!

ފިރިމީހާ: އަހަރެން މިހުރީ ފާތުންނެއް ކައިރީގައެވެ.

އަންހެނުން: ކޮންތާކު ހެއްޔެވެ؟

ފިރިމީހާ: ތަރުކާރީ މާރުކޭޓު ކައިރީގައެވެ.

އަންހެނުން: މަޑުކުރާށެވެ! މިއަންނަނީއެވެ.

(ދިހަ ވަރަކަށް މިނިޓު ފަހުން، އަންހެނުން ފިރިމީހާއަށް އަނެއްކާ ވެސް ފޯނުކުރިއެވެ.)

އަންހެނުން: އަހަރެން މިހުރީ ތަރުކާރީ މާރުކޭޓުގައެވެ. ތިހުރީ ކޮންތާކު ހެއްޔެވެ؟

ފިރިމީހާ: އަހަރެން މިއިނީ އޮފީހުގައެވެ. އަދި، މި އުޅެނީ ނިކުމެވޭ ގޮތް ނުވެގެންނެވެ. ދެން، ތިހުރީ މާރުކޭޓުގަ ނޫން ހެއްޔެވެ؟ އެހެންވެ، ގެއަށް ދާއިރު، ބޭނުން ތަރުކާރީއެއް ގަނެލައިގެން ގެއަށް ދައްޗެވެ!"