Support Us

ސޯދުބޭ: "ތިޔަ ހުރިހައި ބޭފުޅުންގެ ހެޔޮ ދުޢާގެ އަސަރު. ވަރަށް ބޮޑުތަން ރަނގަޅު. ވަރަށް ލޯބިވޭ".

މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުުކުރު ތަކުރާރުކޮށް ކުރަމެވެ.

އަޅުގަނޑު ދާދި ދެންމެއަކު އަޅުގަނޑުގެ ލޮބުވެތި މުދައްރިސް، ނިޝާންޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، ޕްރޮފެސަރު ޢަބްދުﷲ ޞާދިޤުގެ ޙާލުކޮޅު ބަލައިލަން ފޯނުން ގުޅައިލީމެވެ. މުދައްރިސްގެ އަޑުފުޅު އިވުމުން ހިތް އުފަލުން ފޮޅުނު ފަދައެވެ. ވިދާޅުވިއެވެ، "ތިޔަ ހުރިހައި ބޭފުޅުންގެ ހެޔޮ ދުޢާގެ އަސަރު. އިރާދަ ކުރެއްވީތީ ވަރަށް ފަސޭހަ! ވަރަށް ބޮޑުތަން ރަނގަޅު. ހާދަ ރަނގަޅޭ! ވަރަށް ލޯބިވޭ".

މުދައްރިސްގެ "ވަރަށް ލޯބިވޭ" އަޑުު އިވުމުން ލޮލުން އޮހުނީ ނިހާޔަތުގެ އުފަލުގެ ކަރުނައެވެ. އަޅުގަނޑު ދެންނެވީމެވެ. "މުދައްރިސް! ހިތްވަރު ކުރައްވާތި! އަޅުގަނޑުމެން އެންމެންގެ ދުޢާ ވަނީ މުދައްރިސާ އެކު، އަޅުގަނޑުމެން ގާތުގައި ހުންނަވައިގެން "ވަރަށް ލޯބިވޭ" ވިދާޅުވާން އަވަހަށް ރަނގަޅުފުޅުވެގެން ވަޑައިގަންނަވާ! އަރާމު ކުރައްވާ! ހިތްވަރު ކުރައްވާ! ވަރަށް ލޯބިވޭ"

ލޯބިވާ މުދައްރިސެވެ! ހަގީގަތުގައި ވެސް މުދައްރިސް ދެކެ ވަރަށް ލޯބިވެއެވެ. އިންތިހާއަށް ލޯބިވެއެވެ. ހިތްވަރު ކުރައްވާށެވެ! ގަދަވެވަޑައިގެން ހަސްފަތާލުން އަވަހަށް ނުކުމެ ވަޑައިގަންނަވާށެވެ. މުދައްރިސާ ބައްދަލުކޮށް "ވަރަށް ލޯބިވޭ" އެތައް ފަހަރަކު ދަންނަވަން ބޭނުމެވެ.

އިންޝާއަﷲ މުދައްރިސްގެ ޙާލުކޮޅު އަދު ރަނގަޅެވެ! ހެޔޮ ދުޢާ ކުރައްވާށެވެ! އަވަސް ޝިފާއެއް ދެއްވާށިއެވެ. އާމީން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *