Support Us

ދިރާގުގެ ޚިދުމަތް ކަމުނުގޮސްގެން ޝަކުވާތައް އޮހެނީ

ދިރާގުގެ ބައެއް ޚިދުމަތްތައް ކަމުނުގޮސްގެން ޝަކުވާތައް ސޯޝަލް މީޑިއާގައި އަބަދުވެސް އޮހެމުންދެއެވެ. އިންޓަނެޓްގެ ސްޕީޑުގެ މައްސަލަ އެއް ބަޔަކަށް ކުރިމަތިވެގެން އުޅޭއިރު އަނެއް ބަޔަކަށް ކުރިމަތިވެގެން އުޅެނީ ކަސްޓަމަރ ސަރވިސްގެ ޚިދުމަތެވެ.

މުހައްމަދު އަމީން ކިޔާ މީހަކު ފޭސްބުކްގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ މަސް ދެބައިވިތަނާ ދިރާގު އަންލިމިޓެޑް ޕެކޭޖް ހުސްވެގެންނެވެ.

"މިއަދު އަދި މަސް ދެބައިވީ. ޑަމީ އަންލިމިޓެޑް ޕެކޭޖުތަކެއް ހަދައިގެން އެ ހުސްވަނީ މަހުގެ 15 ވަނަ ދުވަހު. ދެން ރައްޔިތުންނަށް އިންޒާރުގެ މެސެޖް ފޮނުވަނީ ޖީބުގަ ބާކީ ހުރި އެތިކޮޅު ދިނީމައޭ އިތުރަށް މި މީހުންގެ ސަރވިސް ބޭނުންކުރެވޭނީ. ރައްޔިތުންގެ ޖީބު ފެލައިގެން ފައިދާއޭ ކިޔާ ފޮނިކަނޑަން ލަދެއްވެސް ނުގަނެޔޭ."

އަމީނުގެ ޕޯސްޓަށް ރައްދުދީ މުހައްމަދު ރަޝީދު ބުނެފައިވެއެވެ. "ތިއޮތީ ރައްޔިތުންގެ ލޭ ބޮއެގެން ހަރާމް ލާރި ފައިދާގެ ގޮތުގައި ލިބިފައި. އިންޓަނެޓުގެ އަގުހެޔޮކުރޭ. ހަރާމް ލާރި ކެއުން ހުއްޓާލާ!"

ދިރާގުން ދޭ އިންޓަނެޓް ސްޕީޑުގެ މައްސަލައިގައި ގިނަ ބަޔަކު ޝަކުވާ ކުރަމުންދާއިރު، ހިދުމަތެއް ހޯދަން ހުށަހެޅިތާ 22 ދުވަސް ވީއިރުވެސް ހިދުމަތް ނުދީ، އެ ހިދުމަތަށް ބިލްކުރަން ފެށުމުން ރުޅިގަދަވެގެން ވެސް މީހަކު ވަނީ ޝަކުވާކޮށްފައެވެ.

"މި ހިދުމަތަށް އަހަރެން އެޕްލައިކޮށްގެން އުޅޭތާ 22 ދުވަސްވެއްޖެ. އެކަމަކު އެއްވެސް ހަބަރެއް ނުވެފައި ނުދޭ ހިދުމަތަކަށް ބިލްކުރަން ވަނީ ފަށައިފައި. ވދފ. ތިއުޅެނީ މަގޭ ރޯދަ ގެއްލުވާލަންތަ؟" ޔާމީން ވަލީދު އޭނާގެ ޓްވިޓަރގައި ބުނެފައިވެއެވެ.


އެހެން މީހަކު ވަނީ "އަމިއްލަ ޕޯސްޓްޕެއިޑް" އެއީ ބޮލުގައި ރިހުމެއް ކަމަށް ބުނެ، ޝަކުވާތައް އޮއްސާލައިފައެވެ.


ދިރާގުން ވަނީ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 219.7 މިލިއަން ރުފިޔާ ލިބުނު ކަމަށް އިއުލާންކޮށްފައެވެ. ސަރުކާރުގެ ހިއްސާވާ ކުންފުންޏަކަށް އެހާ ބޮޑު ފައިދާއެއް ވާއިރު، އިންޓަނެޓް އަގުހެޔޮނުކޮށް، ރައްޔިތުންގެ ޖީބުތައް ހުސްކުރަމުންދިއުން އެއީ އެންމެ ގިނަ މީހުންގެ ޝަކުވާއެވެ.


ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ފޯޖީއޭ، ފައިވްޖީއޭ ކިޔަސް، ބައެއް ހިސާބުތަކުގައި ގޭތެރެއަށް އިންޓަނެޓްގެ ހިދުމަތް ނުލިބުމަކީ ވެސް ބޮޑު މައްސަލައެކެވެ. އެ ޝަކުވާތައް ދިރާގަށް ހުށަހެޅި ނަމަވެސް، އެކަމަކަށް ހައްލެއް ނާދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
22
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *