Support Us

މަންމައިންގެ އަގު

މަންމައިންގެ އަގު- އަގުހުރި ރަނާއި މުތަށް ވުރެން ވެސް މާ ބޮޑޭ
މަންމައިންގެ ހައްގުމެ ނިސްބަތުން އަދި ދަންނަވަންތޯ މާބޮޑޭ

ހެޔޮކަމުގެ ތިލަފަތުގައި ވިނަމަ މަންމަގެ ކޮޅޭ ބަރުކަން ބޮޑީ
ހެޔޮ ކަން ހިތުގެ މަންމާގެ ނިޔަނެތި އަދި އިނގޭތޯ މާަބޮޑޭ

ހިތްދަތިކަމެއް ވޭނެއް ތުރާލެއް ދަރިޔަކަށް ލިބުނަސް ތެދޭ
ހިތްދަތިވެ އެކަމާ ކެތް ކުރާ ވަރު ދަރިފުޅަށް ވުރެ މާބޮޑޭ

ފުރަތަމަ އެދުރުގެތަކީ އިނގޭ މަންމައިންގެ ލޮބުވެތި އުނގުތަކޭ
ފުރަމަތަ ތަލައްފުޒު ވެވުނު ލަފުޒީ «މަންމަ»އޭ މި އުފާ ބޮޑޭ

ތަރުބިއްޔަތުގެ މަގުތައް ކޮށައި ކަންކަން ދަރީންނަށް ކޮށް ދެމުން
ފަރުވާތެެރިވެ ހޭހަން ކުރާ މަންމައިންގެ ބުރަކަން މާ ބޮޑޭ

ނާނާގެ ލޮބުވެތި އަޑު ނުކެނޑި ނިދުމުގެ އަރާމަށް ތަން ދެމުން
ހާނައި ދަރިން ބައްޓަން ކުރާ މަންމައިންގެ ހައިބަތު މާބޮޑޭ

ކާނާއަކަށް މަންމަގެ ކެއުން އެވަރެއް ދަރިންނަަށް ނޯވެޔޭ
ކާނާ ލަވައިދީ މާތް އަތުން އެ އަތުގެ ގަދަރު އަދި މާބޮޑޭ

މަންމައިންގެ ދުވަހުގެ ހެޔޮ އެދުން އުފަލުން ކިޔާށޭ ހަރުއަޑުން
މަންމައިންގެ ލޯތްބާ ކުލުނައީ އުފަލެއް ލިބޭ- އެ އަސަރުބޮޑޭ

މަންމައިންގެ ހައްގު އަދާކުރޭ! އެ ދަރަނި އެނގޭތަ! ވަރަށް ބޮޑޭ
މަންމައިންގެ އިއްޒަތް ހައިބަތާ ޝަރަފާ ގަދަރު އަދި މާބޮޑޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *