...

Support Us

ފުރާޅެއް ނެތް ގެ

ކަނު އަނދިރިކަމުގައި އަހަރެންނަށް އަލިކަން ދެނީ ހަނދާއި ތަރިތަކެވެ.

ބަނަ ވިލާގަނޑުގައި އަހަންނަށް ހިމާޔަތް ދެނީ ބޯވާރޭގެ ތިކިތަކެވެ.

 

ހަޔާތް ދިން ކެހިތަކާއި މޮޅިތަކުން އާވާރާވެފައިވާ އަހަރެން އިސްދަށަށް ޖަހައިލީމެވެ.

ފުންނޭވާއެއް ލުމަށް ފަހު ދެލޯ ވެސް މަރައިލީމެވެ.

ފިކުރުގައި ގަނޑުވެފައިވާ އަހަރެންގެ ވާހަކަ އަހަރެންގެ ކުރިމަތީ ނަށަން ފެށި ކަހަލައެވެ.

 

"ކަލޭ ބިނާ ކުޅަ ގަނޑުވަރު ކޮބާ؟

ކަލޭގެ ދަތުރުތަކުގެ މަންޒިލް ކޮބާ؟

ކަލޭގެ ޖާދޫގެ ވޮށްގަނޑު ކޮބާ؟ ކަލޭގެ ޒީނަތްތެރިކަމުގެ ނަލަވަތި ކޮބާ؟

ކަލޭގެ ހެވަތުން ސާހިލްތަކުން އުފާ އަދު ހޯދަމުން ދާ މީހުން ކޮބާ؟

ކަލޭގެ ވަށައިގެން އިއްޔެ ތިބި ކަލޭގެ ރަހުމަތްތެރިންނާއި ރައްޓެހިން މިއަދު ކޮބާ؟

ކަލޭ ކަލޭގެ މައުސޫމްކަން އެހެންމީހުންނަށް ދެއްކި ފޮޓޯ މިއަދު އެ މީހުން ނުބަލަނީ ކީއްވެ؟"

 

ވާރޭގެ ބޯ ތިކިތައް އޮށްގާ ފަދައިން އޮހިގަތެވެ.

ހިތާއި ސިކުނޑީގައި އެތައްއެތައް ހާސް ކަމަކާ ހުރެ ވަޅުޖެހިފައިވާ ހުރި ކަރުނަތައް އޮހި ގަތެވެ.

ހޯސްލައިފައެވެ. ލެޔާއި އިހުސާސާ ވެސް އެކުގައެވެ.

އެހެނެއް ކަމަކު ވާރޭގެ މާނަވީ ފަރުދާއިން އަހަރެންގެ ކަރުނަ ފޮރުވިއެވެ.

ތެމި ފޯވަމުން ދިޔައެއް ކަަމަކު ބަނަ ވިލާގަނޑުގެ ބޯވާރޭ އަހަރެން ހިމާޔަތް ކުރެތެވެ.

ބަނަކަމެވެ. ހުސްކަމެވެ. ފަޅުކަމެވެ.

ހަޔާތް ދަސްކޮށް ދިނެވެ.

މި ވެސް ފިލާވަޅެކެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *