Support Us

ބަދުރުގެ މައިދާނުގައި

މަރުދެމުން ޝައުޤުގާ އެތުރިލީ ބަދުރުގާ ޙުރުމަތާއެކު ނަބިއްޔާގެ މާތް އަރިހުގާ
ދަރުމަޔާ ނަޞްރު ނޫން ނެތް ދިރޭ ޢަޒުމުގާ ޙުރުމަތާއެކު ނަބިއްޔާގެ މާތް އަރިހުގާ

ލަޝްކަރުގެ ބިޔަކަމާ މެދު ކިބުރުވެރި ވެފާ ޢަސްކަރުގެ ބާރު ހުރި ވަރު ހިތަށް ސިފަވެފާ
މުޝްރިކުން ސަފުހަދައިލީ ފަޚުރުވެރިވެފާ "މުސްލިމުންކޮޅު" ހަނާ ވާނެޔޭ ހީވެފާ
މުސްލިމުން ދަރުސެކޭ އާ ދިނީ ބަދަލުގާ ޙުރުމަތާއެކު ނަބިއްޔާގެ މާތް އަރިހުގާ

އެންމެ ފުރަތަމަ ދަރާ ލެއްވި ހަތިޔާރަކީ އެންމެހައި ދުޝްމިނުން ސިހުނު އިންޒާރަކީ
ދަންނަވާ ހެޔޮ ދުޢާފުޅުތަކޭ އަސްލަކީ ފަންވަރާ ބާރު އެއުރެންގެ މިލި ސިއްރަކީ
ކޮންމެ މުއުމިން ހިތެއް ފަރިވެލީ ރޫޙުގާ ޙުރުމަތާއެކު ނަބިއްޔާގެ މާތް އަރިހުގާ

ހިތުގެ އީމާނުގާ މުއުމިނުން ޖޯޝުގާ އަތުގެ ކުރިޔަށް އުފުއްލާލި ދުނި ތީރުގާ
ދަތުރުކޮށް އަސްމަތީ ވީ އެ ޤުރުބާނުގާ ހަތުރުނަށް ދެން އޮތީ ދުވެ ފިލުން ޙާލުގާ
އިތުރު މަދަދާއި ނަޞްރޭ އައީ ނިމުމުގާ ޙުރުމަތާއެކު ނަބިއްޔާގެ މާތް އަރިހުގާ

މުއުމިނުންކުރެ ޝަހީދުން ވެ ފިރުދައުސުގާ، ނިޢުމަތުގެވެރި އެ މާތް ޖަންނަތުލް ޚުލްދުގާ
މުޝްރިކުން މަރުވެ ދިޔަހައި ވެ ސިއްޖީނުގާ، ފުސްވުމެއް ނެތް މި ޢިބްރަތް ދިނީ އަޒަލުގައި
ޙުކުމަކީ މީ ހިނގާ ދިޔަ އެ މައިދާނުގާ، ޙުރުމަތާއެކު ނަބިއްޔާގެ މާތް އަރިހުގާ

ހައްޔަރުވި މީހުނޭ ދެން ތިބީ ރަކިވެފާ، ހައްދަވަނޭ ގޮތެއް ނޭނގި ބިރުހީވެފާ
ދެއްކެވީ ދުނިޔެ ސިއްސާލި ކުލުނާ ވަފާ، ކެތްތެރިވެ ރަޙުމު ޢަދުލުންނެ ދެއްވީ އުފާ
ހިތްތަކުން އޮހިގަތީ ޝުކުރު އީމާނުގާ، ޙުރުމަތާއެކު ނަބިއްޔާގެ މާތް އަރިހުގާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *