Support Us

ޝަލަބީގެ "ހިދާއީ ނޫރު- 4″ ނެރެފި. މަދަހަތައް އަޑުއަހައިލެވިދާނެ

މަޝްހޫރު ލަވަކިއުންތެރިޔާ ޝަލަބީ އިބްރާހިމްގެ މި އަހަރުގެ ރޯދަ މަހުގެ މަދަހަ އަލްބަމް ރޭ ނެރެފި އެވެ. ކުރީގެ ހަނދާންތަކެއް ހިމެނޭ "ހިދާއީ ނޫރު- 4″ ނެރެދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ޝަލަބީ ވަނީ މިދިޔަ އަހަރު ފިޔަވައި، އޭގެ ކުރީ ތިން ރޯދަ މަހު ވެސް މަދަހަ އަލްބަމް ނެރެފައެވެ. (ކޮވިޑް ލޮކްޑައުންއާ ހެދި މިދިޔަ އަހަރު ނުނެރެއެވެ.) އަދި އެ މަދަހަތައް ވެފައި ވަނީ ގިނަ ބަޔަކު ޝައުގުވެރިކުރުވި މަދަހަތަކަކަށެވެ.

ޝަލަބީ ބުނީ ކުރީ އަހަރުތަކާ ޚިލާފަށް މި ފަހަރުގެ މަދަހަ އަލްބަމް ޚާއްސަވާނީ ކުރީގެ މަޝްހޫރު ބައެއް މަދަހަކިއުންތެރިންގެ ހަނދާންތައް އާކޮށްދޭ ހަތަރު މަދަހައެއް މި ފަހަރުގެ އަލްބަމުގައި ހިމަނާފައިވާތީ ކަމަށެވެ.

އެ ގޮތުން މަރުހޫމު ހާޖަރާގޭ މުހައްމަދު ތައުފީގު ވިދާޅުވެފައިވާ "އޭ ސާހިބާ…" އާއި އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) ގެ "ރޯދައޭ ރޯދައޭ.." އާއި "އެމުނޭށިޔޭ ރަންހާރުތައް…" އާއި މަރިޔަމް ޝިފްނާގެ "އީމާނޭ ހިތުގައި ވަނީ…" ވަރަށް ތަފާތުވާނެ ކަމަށް ޝަލަބީ ބުންޏެވެ. ޖުމްލަ އަށް މަދަހަ ހިމެނޭ "ހިދާއީ ނޫރު- 4″ ގައި ދެން ހިމެނެނީ ޝަލަބީގެ އަމިއްލަ ރާގާއި ޅެމަށް ކިޔައިފައިވާ ހަތަރު މަދަހައެވެ.

މި ފަހަރުގެ މަދަހަތައް ޝަލަބީ ރެކޯޑުކޮށްފައި ވަނީ ކޮވިޑް ލޮކްޑައުންތެރޭގައި ކ. ގާފަރަށް ގޮސް އެ ރަށުގައި ހުރެގެން، "ނިހާން ސްޓޫޑިއޯ"ގައެވެ.

"ހިދާއީ ނޫރު- 4″ގެ މަދަހަތައް އަޕްލޯޑުކޮށްފައި ވަނީ ސައުންޑް ކްލައުޑުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް