...

Support Us

ބާޒާއި ކާޅު

ބާޒު އެއިނީ އައިސް ގަހަކު ގޮފިގަނޑުމަތީ ޖެހިގެން ދަލާސް
ރާޒު މި ކަމުގެ ފޮރުވިފައިވީ އަޑު އަހަން އެދެޔޭ ހަވާސް

ބާޒު އޮސޮރުގެ ގޮތްމަތީ އެ ގޮތަށް އެ ތާ އިންދާ އިނގޭ
ކާޅެކޭ އެ އިނީ އައިސް ވިސްނައި ނުލައި މި ކަމުގެ ހިރާސް

ކާޅު ފުންފުން ނަޒަރަކުން ބާޒަށް ބަލައިލިޔެ ވަގުވަގަށް
ބާޒު އިން މަޑުމޮޅިކަމުން ކާޅުގެ އަވަސްވިޔެ މާ ހުވާސް

ފިކުރުކޮށްކޮށް ބާޒު އިންދައި ކާޅު އެކި އަރިއަރިމަތީން
ފިކުރުވެސް ހަމަ ކޮށް ނުލައި ކޮށްޓަން ފަށަތްޕޭ ނުވެ ބިރާސް

ލާތުރާ އުނދަގޫ މި ޖެއްސުން ބޮޑުވެ ކަންބޮޑު ހަމަ ވިޔަސް
ބާޒު ހަމަ ހިރިވެސް ނުލާ ހީވޭ ބުނާހެން ހަމަ ޝަބާސް

ކާޅު ވީ ކަން މާ ގަޔާ އެނގުމާ އެކީ ފިޔަގަނޑުދަމައި
ބާޒު މައްޗަށް އުދުހުނޭ ފިލުމުން ކުރިން ހުރި ބޮޑު ކަފާސް

ބާޒު ފަހަތުން އުދެހުމުން ހަމަ އުދުހެމުން ބާރަށް ނިކަން
ކާޅު އެބަހަރަ އާދެޔޭ ދަހިވެތިކަމާ އެކު ލައިމެރާސް

މާ އުހަށް އަދި މާމަތީ އޮތް ބިޔަ ވިލާގަނޑަކުގެ ތެރަށް
ބާޒު ވަންކަން ކާޅު ދުށް- ދެން ހުއްޓުނީ ކާޅުގެ ހުވާސް

ބުއްދިވެރި ކަން އިސްކުރީ! ބާޒުގެ މި ހިކުމަތް ވިސްނަމާ!
މުއްތިވާން މި މަގުން ނުއެނގި ވާނީ ސަފުން ހަމަ އިންދިރާސް

ކާޅުހެން ފިކުރެއް ނުކޮށް އުޅުމުން ލިބޭ ދެރަ ދެކިބަލާ!
ބާޒު ދިން ކެހި ބުއްދިއިން ނިމުނީ! މި ވާހަކަ ވެސް – ޚަލާޞް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *