Support Us

ހުޅުމާލޭ ފައިބަރ ނެޓްވޯކު ގާއިމުކުރުމުން އަބަދު މަގުކޮށްނަން ނުޖެހޭނެ: އެޗް.ޑީ.ސީ 

ހުޅުމާލޭގައި އަޅަމުން އަންނަ ފައިބަރ ކޭބަލް ނެޓްވޯކުން ގިނަ ބަޔަކަށް އެއްފަހަރާ ޚިދުމަތްދިނުމުގެ މަގުފަހިވެގެންދާނެ ކަމަށާއި އެފަދަ ބޭނުންތަކަށް އަބަދު މަގުކޮނުމަށް ހުއްޓުމެއް ގެނެވޭނެ ކަމަށް ހުޅުމާލެ ޑިވްލޮޕްމަންޓު ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ބުނެފިއެވެ.

އެޗް.ޑީ.ސީން ބުނީ ހުޅުމާލޭގައި ގާއިމު ކުރަމުން އަންނަ ފައިބަރ ކޭބަލް ނެޓްވޯކަކީ، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމާއި ޚިދުމަތުގެ އަގު ކުޑަކުރަން ބާރުއަޅައިދޭނެ ވަރަށް މުހިއްމު ބިންގަލެއް ކަމަށެވެ. ސަބަބަކީ އެ ނެޓްވޯކް ގާއިމްކުރަމުން ދަނީ އެޗް.ޑީ.ސީގެ އަމިއްލަ ޚަރަދުގައި ކަމަށް ވުމާއި، އެ ނެޓްވޯކްގެ އެންމެހާ ކަންތައްތައް ބަލަހައްޓާނީވެސް އެ ކުންފުނީގެ ހާއްޞަ ޔުނިޓަކުން ކަމަށް ވާތީ ކަމުގައި އެޗް.ޑީ.ސީން ބުނެއެވެ.

"މި ނެޓްވޯކްތައް ބިނާކުރަން ބޮޑެތި ޚަރަދުތައް ހިނގައެވެ. ސަބަބަކީ މި ނެޓްވޯކްތައް ބިނާކުރެވެނީ ގިނަ ފަހަރަށް ބިމުގެ އަޑީގައި ކަމަށްވެފައި، ކޭބަލްތައް އެޅުމުގެ ކުރިން ވަކި ހޮޅިލައިނެއް ނުވަތަ ޑަކްޓް ނެޓްވޯކެއް އަޅަންޖެހުމެވެ. މީގެ އިތުރުން، ނެޓްވޯކްގެ ބައިތައް އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށްޓަކައި، މޭންހޯލް، ހޭންހޯލެ އަދި ޓަރމިނޭޝަން ފޮށި އެކިއެކި ސަރަހައްދު ތަކުގައި ބަހައްޓަންޖެހެވެ. ހާއްސަކޮށް ރާއްޖޭގެ ރަށްތަކުގެ މަގުތަކަކީ ވަރަށް ކުދި އަދި  މަގުގެ ދެފާރާތަކީވެސް އެހެނިހެން ބޭނުންތަކަށް ބޭނުން ކުުރަންޖެހޭ މަގުތަކަކަށް ވެފައި ޖާގައިގެ ދަތިކަމަކީވެސް މި މަސައްކަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. އަދި މިއާއެކު، ނެޓްވޯރކް ބެލެހެއްޓުމާއި، ބޭނުންކުރެވޭ އާލާތްތަކަކީވެސް އަގުބޮޑު، އަދި މި މަސައްކަތަކީ ތަޖުރިބާ ހުރި މީހުން ބޭނުންވާ ދާއިރާއަކަށް ވުމީވެސް މިދާއިރާގެ ގޮންޖެހުން އިތުރަށް ފުޅާވެގެނ ދާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ." އެޗް.ޑީ.ސީން ބުނެއެވެ. "މިއާއެކު، މަގުތައް މިފަދަ ބޭނުންތަކަށް ކޮނުމަށް ހުއްޓުމެއް ގެނެވި ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކުން ވަކި ނެޓްވޯކެއް އެޅުމުގެ ބަދަލުގައި އެއް ނެޓްވޯކެއްގައި ގިނަ ބަޔަކަށް އެއްފަހަރާ ޚިދުމަތްދިނުމުގެ މަގު ފަހިވެގެންދާނެއެވެ. މިނެޓްވޯކްގެ ޒަރީއްޔާއިން، ތަފާތު ގިނަގުނަ ލުއިފަސޭހަތަކާއި، އެހެނިހެން ފައިދާތަކެއް ލިބިގެންދާނެ ކަމަށް މި ކުންފުނިން ޤަބޫލުކުރަމެވެ. މީގެ އިތުރުންވެސް، އަލަށް މާކެޓަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް މިނެޓްވޯރކް ބޭނުންކުރުމުގެ ފުރުޞަތު އޮތުމަކީ މުވާޞަލާތީ ގުޅުމާ ގުޅުންހުރި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ އާއްމު ރައްޔިތުންނަށް ގިނަ އައު ހިދުމަތްތަކެއް ލިބިގެންދާނެ ސަބަބެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *